Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް ކަރެކްޝަނަލް ސަރވިސް

ހާފިޒަކަށް ވާ ޤައިދީންގެ ހުކުމަށް ލުއިތަކެއް ލިބޭނެ އިންތިޒާމެއް ޤާނޫނުގެ ތެރެއިން ހޯދަން މަސައްކަތް ކުރާނަން: ސީޕީ

10 އެޕްރީލު 2023 | ހޯމަ 10:32

މި މުބާރާތުގައި 14 ފިރިހެން ޤައިދީންނާއި 13 އަންހެން ޤައިދީން ވަނީ ބައިވެރިވެފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 އެޕްރީލު 2023 | ހޯމަ 10:32
ޖަލުގެ ޤައިދީންނަށް ފެށި ޤުރުއާން މުބާރާތުގެ ނިމުމުގެ ރަސްމިއްޔާތު

ޖަލުގެ ޤައިދީންނަށް ފެށި ޤުރުއާން މުބާރާތުގެ ނިމުމުގެ ރަސްމިއްޔާތު

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ރިހެބިލިޓޭޝަން ފްރޭމްވަރކްގައި ބައިވެރިވެފައިވާ ޤައިދީންނަށް، ރަމަޟާން މަހަށް ޚާއްސަކޮށް ފެށި ޤުރުއާން މުބާރާތުގެ ނިމުމުގެ ރަސްމިއްޔާތު މާފުށީ ޖަލުގައި ބާއްވައިފިއެވެ.

މި މުބާރާތް ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅުއެވެ.

Advertisement - newsAdvertisement

30 މާރޗް 2023 ން 3 އޭޕްރިލް 2023 ށް ކުރިއަށްދިޔަ މި މުބާރާތުގައި 14 ފިރިހެން ޤައިދީންނާއި 13 އަންހެން ޤައިދީން ވަނީ ބައިވެރިވެފައެވެ.

މި މުބާރާތުގައި ބަލައިގެން ކިޔުމުން އަންހެން ގޮފިންނާއި އަދި ފިރިހެންނުން ގޮފިން އެންމެ މޮޅު ތިން ވަނަތައް ހޮވުމުގެ އިތުރުން އެންމެ މޮޅު ދިހަ ކިޔުންތެރިން ހޮވާފައިވެއެވެ.

މި މުބާރާތުން އެކި ވަނަތައް ހާސިލު ކުރި ބައިވެރިންނަށް ކޮމިޝަނަރ ވަނީ މަރުހަބާއި ތަހުނިޔާ ވިދާޅުވެފައެވެ.

އަދި މުބާރާތުގެ ބައިވެރިންނާއި ވާހަކަ ދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ ކީރިތި ޤުރުޢާން ކިއެވުމުގެ މުބާރާތެއް ރަމަޟާން މަހާއި ދިމާކޮށް ބޭއްވޭކަމަކީ ވަރަށް ހިތްހަމަޖެހުން ލިބިގެންދާކަމެއްކަމަށާއި، އެ ސަރވިސްއިން ޤާއިދީން ރިހެބިލިޓޭޝަން އަށް ކުރާ މަސައްކަތުގެ އަސާސްތައް ބިނާވާންވާނީ އިސްލާމްދީނުގެ ސައްޙަ އަޤީދާ އާއި ދިވެހިންގެ އާދަކާދައާއި ސަޤާފަތުގެ މައްޗަށް ކަމުގައެވެ.

ކޮމިޝަނަރ ވިދާޅުވީ މިހާރުވެސް ބައެއް ޤައިދީން ގުރުއާން ހިތުދަސްކުރުމުގެ މަސައްކަތްވެސް ޖަލުގައި ތިބެގެން ކުރާކަމަށާއި، އަދި އެކަން ރަސްމީ ސިފައެއްގައި ވަޒަން ކުރަންޖެހޭ ކަމަށެވެ. އެގޮތުން ޤައިދީންގެ ތެރެއިން ހާފިޒުންނަށް ވެވޭނެ ފުރުޞަތު ފަހިކުރުމާއިއެކު ހާފިޒަކަށްވާ ޤައިދީންނަށް އެމީހުންގެ ހުކުމަށް ލުއިތަކެއް ލިބޭނެ އިންތިޒާމެއް ޤާނޫނުގެ ތެރެއިން ހޯއްދަވަން މަސައްކަތް ކުރައްވާނެކަމުގައި ކޮމިޝަނަރ ވިދާޅުވިއެވެ.

ކޮމިޝަނަރގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، ރިހެބިލިޓޭޝަން އެންޑް ރީއިންޓެގްރޭޝަން ކޮމާންޑް ހެޑް އެސްޕީ އިބްރާހިމް ނާޝިދު، މާފުށީ ޖަލުގެ ޑައިރެކްޓަރ އޭއެސްޕީ އަޙްމަދު ޖާދުﷲ  އާއި މާފުށީ ޖަލުގެ ސީނިއަރ މެނޭޖްމަންޓް އަދި މުބާރާތުގެ ބައިވެރިންގެ އާއިލާތައް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. 

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

25 އެޕްރީލު 2017

ދިރިހުއްޓައި ހިމާޔަތް ނުދެވުނަސް، ޔާމީންގެ މަރަށް އިންސާފު ލިބޭނެ ކަމަށް އުއްމީދު ކުރަން: އާއިލާ

25 އެޕްރީލު 2017
ދިރިހުއްޓައި ހިމާޔަތް ނުދެވުނަސް، ޔާމީންގެ މަރަށް އިންސާފު ލިބޭނެ ކަމަށް އުއްމީދު ކުރަން: އާއިލާ
24 އެޕްރީލު 2017

ފިސްތޯލަ ގެންގުޅުއްވި ކަމަށް ބުނެ އަދީބުގެ މައްޗަށް އިއްވި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި

24 އެޕްރީލު 2017
ފިސްތޯލަ ގެންގުޅުއްވި ކަމަށް ބުނެ އަދީބުގެ މައްޗަށް އިއްވި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި
23 އެޕްރީލު 2017

އިމްރާންގެ 12 އަހަރުގެ ހުކުމަށް ހައި ކޯޓުން ތާއިދުކޮށްފި

23 އެޕްރީލު 2017
އިމްރާންގެ 12 އަހަރުގެ ހުކުމަށް ހައި ކޯޓުން ތާއިދުކޮށްފި
15 އެޕްރީލު 2017

ރައީސް ޔާމީނަށް ކެރިވަޑައިގަންނަވާނަމަ އިސްތިއުފާ ދެއްވާފަ ކުރިމަތިލައްވާ، އެއް ޕަސެންޓްވެސް ނުލިބޭނެ: ޑރ ޑީޑީ

15 އެޕްރީލު 2017
ރައީސް ޔާމީނަށް ކެރިވަޑައިގަންނަވާނަމަ އިސްތިއުފާ ދެއްވާފަ ކުރިމަތިލައްވާ، އެއް ޕަސެންޓްވެސް ނުލިބޭނެ: ޑރ ޑީޑީ
09 އެޕްރީލު 2017

އިންސާފެވެރި އިންތިޚާބެއް ބާއްވައިފިނަމަ 3 ޕަސެންޓްވެސް ރައީސް ޔާމީނަށް ނުލިބޭނެ: ނާޒިމް

09 އެޕްރީލު 2017
އިންސާފެވެރި އިންތިޚާބެއް ބާއްވައިފިނަމަ 3 ޕަސެންޓްވެސް ރައީސް ޔާމީނަށް ނުލިބޭނެ: ނާޒިމް
17 މާރިޗު 2017

ކައުންސިލް އިންތިހާބު ފަސްކުރީ ރައީސް ޔާމީނަށް ކާމިޔާބު ނުލިބޭނެކަން ޔަގީން ވާތީ: ރައީސް ނަޝީދު

17 މާރިޗު 2017
ކައުންސިލް އިންތިހާބު ފަސްކުރީ ރައީސް ޔާމީނަށް ކާމިޔާބު ނުލިބޭނެކަން ޔަގީން ވާތީ: ރައީސް ނަޝީދު
16 މާރިޗު 2017

އެޗްވަންއެންވަން ރޯގާއާ ގުޅިގެން އެޗްއާރްސީއެމްގެ މުވައްޒަފުންނަށް ލުއިތަކެއް ހަމަޖައްސައިދީފި

16 މާރިޗު 2017
އެޗްވަންއެންވަން ރޯގާއާ ގުޅިގެން އެޗްއާރްސީއެމްގެ މުވައްޒަފުންނަށް ލުއިތަކެއް ހަމަޖައްސައިދީފި
24 ފެބުރުއަރީ 2017

އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު

24 ފެބުރުއަރީ 2017
އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު
08 ފެބުރުއަރީ 2017

ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު

08 ފެބުރުއަރީ 2017
ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް