Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ11 ވަނަ އިޙްޔާ ފޯރަމް

އިސްލާމްދީނުގެ މަގުބޫލުކަން އިތުރުވަމުންދަނީ މި ދީނަކީ ހައްގުގެދީނަށް ވާތީ: ޑރ. ޢަލީ ޒާހިރު

10 އެޕްރީލު 2023 | ހޯމަ 07:29

ދީނެއް ނެތި މީހާ އުޅެންފަށައިފިނަމަ ހެވާއި ނުބައި، ހައްގާއި ބާތިލް ވަކިނުކުރެވޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 10 އެޕްރީލު 2023 | ހޯމަ 07:29
އިހްޔާ ފޯރަމްތަކުގެ 11 ވަނަ ފޯރަމްގައި ތަގްރީރުކުރައްވަނީ

އިހްޔާ ފޯރަމްތަކުގެ 11 ވަނަ ފޯރަމްގައި ތަގްރީރުކުރައްވަނީ

އިސްލާމްދީނުގެ މަގުބޫލުކަން އިތުރުވަމުންދަނީ މި ދީނަކީ ހައްގުގެދީނަށް ވާތީކަމަށް ޑރ. ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ޑރ. ޢަލީ ޒާހިރު މިހެން ވިދާޅުވީ އިސްލާމްދީނުގެ މަޤްބޫލުކަން އިތުރުވަނީ ކީއްވެ'' މި މައުޟޫއަށް އިހްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ.

Advertisement - newsAdvertisement

އިހްޔާ ފޯރަމްތަކުގެ 11 ވަނަ ފޯރަމްގައި ތަގްރީރުކުރައްވާފައިވަނީ ޑރ. ޢަލީ ޒާހިރާއި އައްޝައިޚް ނަޞްރުﷲ ޢަލީއެވެ.

މި ފޯރަމްގައި ތަޤްރީރުކުރައްވަމުން ޑރ. ޢަލީ ޒާހިރު ވިދާޅުވީ އިންސާނުންގެ ތެރެއިން ކޮންމެ މީހަކުވެސް އެމީހާގެ ފިތުރަތު ނިޔާކުރާގޮތުން ދީނަކަށް ބޭނުންވާކަމަށެވެ. އެނޫން ގޮތަކަށް އުޅޭނަމަ ވަރަށް ބޮޑެތި މައްސަލަތަކެއް ދިމާވާނެކަމަށާއި ދީނެއް ނެތި މީހާ އުޅެންފަށައިފިނަމަ ހެވާއި ނުބައި، ހައްގާއި ބާތިލް ވަކިނުކުރެވޭނެކަމަށް ވިދާޅުވިއެވެ.

މާތްﷲގެ ވަޙީ ބަސްފުޅަށް ބައްލަވަމުން، އިސްލާމްދީން ފިޔަވާ އެހެން ދީނެއް ހޯދައިގެންފި މީހާގެ ކިބައިން ހަމަހިލާ އެކަން ގަބޫލު ނުކުރައްވާނެ ކަމަށާއި މާތްﷲގެ ހަޟްރަތުގައި ދީނަކީ އިސްލާމްދީންކަމަށް ވިދާޅުވިއެވެ.

ބައެއް މީހުން ދީން ގަބޫލު ނުކުރާކަމަށް ދައްކާ ވާހަކަތަކަށް ބައްލަވަމުން ޑރ. ޢަލީ ޒާހިރު ވިދާޅުވީ އެފަދަ މީހުން އެ ހަދަނީ ދޮގުކަމަށެވެ. ސަބަބަކީ ކޮންމެ މީހަކީވެސް ރުހުމުގައިވެސް، އަދި ނުރުހުމުގައިވެސް ކޮންމެވެސް ދީނަކަށް ތަބައަވާ މީހަކަށް ވާތީކަމަށް ވިދާޅުވިއެވެ. އަދި ދެދުނިޔޭގެ ބާއްޖަވެރިކަމަށް މާތްﷲ ލައްވަވާފައިވާ ދީނަކީ އިސްލާމްދީންކަމަށް ވެސް ވިދާޅުވިއެވެ.

ޑރ. ޢަލީ ޒާހިރުވަނީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ހަދާފައިވާ ދިރާސާތަކަށް ވެސް މި ފޯރަމްގައި ބައްލަވާލައްވާފައެވެ. އެގޮތުން ޣައިރު މުސްލިމުންގެ ބަޔަކު، 2015 އިން 2060 ވަނަ އަހަރަށް ދުނިޔޭގެ އާބާދީއާއި ގުޅޭގޮތުން ހަދާފައިވާ ދިރާސާއަށް ބައްލަވަމުން، އެ ދިރާސާގައި ހުރިހާ ދީންތަކެއްގެ މައްޗަށް ކުރިހޯދާނެ ދީނަކީ އިސްލާމްދީން ކަމަށް ފާހަގަކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

އިސްލާމްދީން މިހާ ބާރުމިނެއްގައި ފެތުރެމުންދަނީ، މި ދީން މީހުންނަށް މިހާ މަގުބޫލުދީނަކަށް ވެގެންދަނީ މިއީ ހައްގުގެ ދީންކަމުގައިވާތީއާއި މި ދީނުގައިވާ ލުއިފަސޭހަކަމާއި، ހަމަހަމަކަމާއި، މިއީ އުންމީދު ގެނެސްދޭ ދީނަކަށްވާތީއާއި، އިޖުތިމާއީ، ދީނީ ރޫހުއާލާވާ، ޢަދުލުވެރި ދީނަކަށް ވާތީކަމަށް ވިދާޅުވިއެވެ.

އިސްލާމްދީނުގެ މަގުބޫލުކަން އިތުރުވަމުންދާ ސަބަބުތަކާއި ގުޅޭގޮތުން މި ފޯރަމްގައި ތަޤްރީރުކުރައްވަމުން އައްޝައިޚް ނަޞްރުﷲ ޢަލީ ވިދާޅުވީ މާތްﷲގެ ހަޟްރަތުގައި ގިޔާމަތާހަމައަށްވެސް ރުހިވޮޑިގަންނަވާ ދީނަކީ އިސްލާމްދީންކަމަށެވެ.

އެހެންކަމުން މާތްﷲ އަންގަވާފައިވާ ގޮތަށް އިސްލާމްދީނުގައި ސާބިތުވެ ތިބެންޖެހޭކަމަށާއި މިފަދައިން އަމަލުތައް ބެހެއްޓުމުން ޣައިރު މުސްލިމުންނަށް ފެނިގެންދަނީ ނަމޫނާ ދީނެއްގައި މުސްލިމުން އުޅެމުންދާތަން ކަމަށް ވިދާޅުވިއެވެ. އެކަމުގެ ސަބަބުން އިސްލާމްދީނަކީ މަގުބޫލު ދީނަކަށްވެގެންދާކަންވެސް ފާހަގަކުރެއްވިއެވެ. އިސްލާމްދީނަކީ ހުރިހާ އެންމެންނަށް އޮތް ދީނެއްކަމަށް ވިދާޅުވެ، ރަސޫލާ ﷺގެ ޒަމާނުގައި ހިނގައިދިޔަ އިބްރަތްތެރި ހާދިސާތަކަށް ބައްލަވާލެއްވިއެވެ. މި ދީނަކީ އިންސާނާއަށް ހިތްހަމަޖެހުން ގެނުވާ، ދީނެއްކަން ފާހަގަކުރައްވާ މި ދީނުގައި އިންސާނުންނަށް ލުއި ފަސޭހަކަން ދެއްވާފައިވަނީ ވަކި އުސޫލުތަކަކާއި އިންތަކަކާއިއެކުގައިކަމަށް ވިދާޅުވިއެވެ.

މި ފޯރަމްގައި، ޣައިރު މުސްލިމުންގެ މެދުގައި އިސްލާމްދީން މަޤްބޫލު ދީނަކަށްވާ ސަބަބުތަކާއި، ދީން އެހާބޮޑަށް ފެތުރެނީ ކީއްވެކަންކަމާއި، މި ދީނުގެ ހުރި ފުރިހަމަކަމާއި ރަނގަޅުކަމާ ގުޅޭ ގޮތުން ދެ ބޭފުޅުން ވަނީ ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2021

އިސްލާމްދީނުގެ އަސްލަކާ ޚިލާފު ވާހަކައެއް މަޖިލީހުގައި ނުދެއްކޭނެ، އެފަދަ ވާހަކައެއް ނުދައްކާ: ރައީސް ނަޝީދު

09 ފެބުރުއަރީ 2021
އިސްލާމްދީނުގެ އަސްލަކާ ޚިލާފު ވާހަކައެއް މަޖިލީހުގައި ނުދެއްކޭނެ، އެފަދަ ވާހަކައެއް ނުދައްކާ: ރައީސް ނަޝީދު
19 އޮކްޓޯބަރު 2019

ދިވެހިންގެ ކާމިޔާބީގެ އަޞްލަކީ އިސްލާމްދީނުގެ ޞައްޙަ އަޤީދާގެ މަތީގައި ދެމިތިބޭ އެކުވެރި ބަޔަކަށްވުން: ނައިބު ރައީސް

19 އޮކްޓޯބަރު 2019
ދިވެހިންގެ ކާމިޔާބީގެ އަޞްލަކީ އިސްލާމްދީނުގެ ޞައްޙަ އަޤީދާގެ މަތީގައި ދެމިތިބޭ އެކުވެރި ބަޔަކަށްވުން: ނައިބު ރައީސް
31 އޯގަސްޓު 2019

އިސްލާމްދީނުގެ އަސްލުތަކާ ޚިލާފަށް ލިޔެވިފައި ހުރި ފޮތްތަކެއް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ނަގައިފި

31 އޯގަސްޓު 2019
އިސްލާމްދީނުގެ އަސްލުތަކާ ޚިލާފަށް ލިޔެވިފައި ހުރި ފޮތްތަކެއް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ނަގައިފި
10 މާރިޗު 2019

އިސްލާމްދީނުގެ އުސޫލުތަކަށް ފާޑުކިޔާ ބަޔަކާއެކު ހިތާ ހިތުގެ ގުޅުމެއް ނުބޭއްވޭނެ: އިލިޔާސް

10 މާރިޗު 2019
އިސްލާމްދީނުގެ އުސޫލުތަކަށް ފާޑުކިޔާ ބަޔަކާއެކު ހިތާ ހިތުގެ ގުޅުމެއް ނުބޭއްވޭނެ: އިލިޔާސް
08 ޑިސެމްބަރު 2018

ޅަދަރީންގެ ހިތްތަކުގައި އިސްލާމްދީނުގެ ރަނގަޅު މަޢުލޫމާތު ހަރުލައްވައިދިނުމަށް ރައީސް އިލްތިމާސް ކުރައްވައިފި

08 ޑިސެމްބަރު 2018
ޅަދަރީންގެ ހިތްތަކުގައި އިސްލާމްދީނުގެ ރަނގަޅު މަޢުލޫމާތު ހަރުލައްވައިދިނުމަށް ރައީސް އިލްތިމާސް ކުރައްވައިފި
08 ޖުލައި 2018

އިސްލާމް ދީނަކީ ވަކި ސިޔާސީ ފިކުރެއްގެ އަމިއްލަ މިލްކެއް ނޫން: އަބްދުﷲ ޝާހިދު

08 ޖުލައި 2018
އިސްލާމް ދީނަކީ ވަކި ސިޔާސީ ފިކުރެއްގެ އަމިއްލަ މިލްކެއް ނޫން: އަބްދުﷲ ޝާހިދު
11 ޖެނުއަރީ 2018

މި ސަރުކާރުން އެބުނާ އިސްލާމްދީނަކީ ކޮބައިކަމެއް ނޭނގެ: ޑރ. މަޖީދު

11 ޖެނުއަރީ 2018
މި ސަރުކާރުން އެބުނާ އިސްލާމްދީނަކީ ކޮބައިކަމެއް ނޭނގެ: ޑރ. މަޖީދު
21 ޖޫން 2017

އިސްލާމްދީނުގެ ހަގީގަތް ދެނެގަތުމަށް ސުވާލު ކުރަންޖެހޭ: ރައީސް މައުމޫން

21 ޖޫން 2017
އިސްލާމްދީނުގެ ހަގީގަތް ދެނެގަތުމަށް ސުވާލު ކުރަންޖެހޭ: ރައީސް މައުމޫން
20 ޖޫން 2017

ލީޑަރުން ހައްޔަރުކުރާވަރަކަށް ޔާމީންގެ މަގުބޫލުކަން ދާނީ ފަނޑުވަމުން، އިދިކޮޅުން ރޭސް ނިންމައިފި: އަމީން

20 ޖޫން 2017
ލީޑަރުން ހައްޔަރުކުރާވަރަކަށް ޔާމީންގެ މަގުބޫލުކަން ދާނީ ފަނޑުވަމުން، އިދިކޮޅުން ރޭސް ނިންމައިފި: އަމީން
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް