Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފުޓްބޯޅަ

ނިޒާމްބެއާ ހުރެ ބައްސާމަށް މާބޮޑު ފަސޭހައެއް ވާން ފަށައިފި

ނިޒާމް އަންހެން ޓީމު ތަރައްގީކުރުމާމެދު ރަނގަޅު ވިސްނުންތަކެއް ގެންގުޅޭ: ބައްސާމް

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 9 އެޕްރީލު 2023 | އާދީއްތަ 10:12
މުޙައްމަދު ނިޒާމް

މުޙައްމަދު ނިޒާމް

ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމާ ދާދި ފަހުން ހަވާލުވީ ތަޖުރިބާކާރު ކޯޗު މުހައްމަދު ނިޒާމް ނުވަތަ ފުޓްބޯޅަ ދަނޑުގައި އާއްމުކޮށް ކިޔައި އުޅޭގޮތުންނަމަ ނިޒާމްބެ އެވެ. އަދި އޭނާގެ ސަބަބުން އެފްއޭއެމަށް ވަރަށް ގިނަ ކަންކަމުގައި ފަސޭހަތަކެއް ހުރި ކަމަށް އެ އިދާރާއިން ބުނަން ފަށައިފި އެވެ.

އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މިހެންނެވެ. "އަޅުގަނޑަށް އަންހެން ޓީމުގެ ކަންކަމާ އެންމެ އެކަށީގެންވާ ވަރަށް ނޫޅެވޭ. އެކަމަކު ނިޒާމްބެ އައުމާއެކު ވަރަށް ގިނަ ކަންކަމަށް ފަސޭހަވެއްޖެ،" ކަމަށެވެ.

ކ. ގުރައިދު އާއި ވިޔަންސާ އަދި ޓީސީ އަށް ވެސް ކޯޗުކޮށްދިން ބުރު ސްޕޯޓްސްގެ މިހާރުގެ ކޯޗު ނިޒާމް އަންހެން ޓީމު ތަރައްގީކުރުމާމެދު ރަނގަޅު ވިސްނުންތަކެއް ގެންގުޅޭ ކަމަށް ބައްސާމް ވިދާޅުވި އެވެ.

ޓީސީ އަށް ދިވެހި ޕްރެމިއާ ލީގާއި ބަނގްލަދޭޝްގައި ބޭއްވި ޝައިހް ކަމާލް އިންވިޓޭޝަނަލް މުބާރާތް ކާމިޔާބުކޮށްދިން ނިޒާމަކީ ކުރީގެ މަޝްހޫރު ކަނާތު ބެކެކެވެ. ލެގޫންސާއި ވެލެންސިއާ އާއި ޔޫތާއި އައިއެފްސީގައި ކުޅުމަށްފަހު އެ ބޫޓު ބާލައި، އޭނާ ކޯޗެއްގެ ބޫޓަށް އެރީ 2002ގަ އެވެ. އޭގެ ފަހުން އޭނާގެ ކުޅުމުގެ ހުނަރު ފެނިގެންދަނީ ކުރީގެ ކުޅުންތެރިން ބައިވެރިވާ ވެޓަރަންސް މުބާރާތްތަކުންނެވެ. އެކަމަކު އެފްއޭއެމުން ހޮވި އެންމެ މޮޅު ކޯޗުގެ މަގާމު ވިދިވިދިގެން ދެ ފަހަރު ހޯދި ކޯޗު ހުރީ މިފަހަރު މުބާރާތް އިންތިޒާމް ކުރުމަށް ދަނޑުން ބޭރުގަ އެވެ.

ބައްސާމް ވިދާޅުވީ އަންހެން ޓީމުގެ ކަންކަން އިންތިޒާމް ކުރުމަށް އެފްއޭއެމުގެ އެކްސްކޯއިން ހާއްސަ މީހަކު ހަމަޖައްސާފައިވާނެ ކަމަށެވެ.

ގައުމީ އަންހެން ޓީމު އެންމެ ރަނގަޅު ކާމިޔާބީތަކެއް ހޯދީ ކޮވިޑްގެ ކުރިން 2020ގަ އެވެ. އެއީ ސައުތު އޭޝިއަން ގޭމްސް 2019 އިން ލޯ މެޑަލް އަދި 2018 ވަނަ އަހަރު ސިންގަޕޫރުގައި އޮތް އިންޓަނޭޝަނަލް ވިމެންސް ކުއަޑްރަންގިއުލާ މުބާރާތުގެ ތިން ވަނަ މަގާމުވެސް ހޯދުމެވެ. ނަމަވެސް މި މަހު އޮތް އޮލިމްޕިކް ކޮލިފައިންގައި އަންހެން ޓީމު ބައިވެރިނުވެ އެވެ.

ޤައުމީ އަންހެން ޓީމު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
25 އޮކްޓޯބަރު 2025

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން
25 އޮކްޓޯބަރު 2025

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި
23 އޮކްޓޯބަރު 2025

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ
22 އޮކްޓޯބަރު 2025

ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ

22 އޮކްޓޯބަރު 2025
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ
19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް
12 އޮކްޓޯބަރު 2025

"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި

12 އޮކްޓޯބަރު 2025
"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި
11 އޮކްޓޯބަރު 2025

ފީފާގެ މިއުޒިއަމްގައި ރާއްޖޭގެ ޤައުމީ ޓީމުގެ ޖާޒީ

11 އޮކްޓޯބަރު 2025
ފީފާގެ މިއުޒިއަމްގައި ރާއްޖޭގެ ޤައުމީ ޓީމުގެ ޖާޒީ
11 އޮކްޓޯބަރު 2025

ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމެޓީ އަށް ރާއްޖޭގެ ޓޮމް

11 އޮކްޓޯބަރު 2025
ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމެޓީ އަށް ރާއްޖޭގެ ޓޮމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު