Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ދައުލަތުގެ ރިޒަރވް

މާޗް މަހުގެ ނިޔަލަށް ރާއްޖޭގެ ރިޒަރވް ދަށަށް

ފިނޭންސް މިނިސްޓްރީން ވަނީ މި ހިނގާ 2023 ވަނަ އަހަރު ނިމޭއިރު ރަސްމީ ރިޒާވްގައި 606.3 މިލިއަން ޑޮލަރު ހުންނާނެ ކަމަށް ލަފާކޮށްފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 9 އެޕްރީލު 2023 | އާދީއްތަ 07:27
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)

ރާއްޖޭގެ ރަސްމީ ރިޒަރވް ދަަށަށް ގޮސްފިއެވެ.

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުން ފާއިތުވި މާޗް މަހުގެ ނިޔަލަށް ދައުލަތުގެ ރިޒަރވް ވަނީ 764.63 މިލިއަން ޑޮލަރަށް ދަށްވެފައެވެ. އެމްއެމްއޭގެ ތަފާސްހިސާބުތަކުގައިވާ ގޮތުން ފެބްރުއަރީ މަހާއި މާރޗް މަހާއި އަޅައި ކިޔާނަމަ، މާޗް މަހު ރަސްމީ ރިޒާވުން 31.2 މިލިއަން ޑޮލަރު ވަނީ މަދުވެފައެވެ. އަދި ރަސްމީ ރިޒާވްގައި ފާއިތުވި ފެބްރުއަރީ މަހުގެ ނިޔަލަށް ހުރީ 795.83 މިލިއަން ޑޮލަރެވެ.

މީގެ އިތުރުން ޖެނުއަރީ މަހުގެ ނިޔަލަށް ރަސްމީ ރިޒާވްގެ ގޮތުގައި ހުރީ 789.97 މިލިއަން ޑޮލަރެވެ. އެމްއެމްއޭގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުން މިދިޔަ މާރޗް މަހު ކުރު މުއްދަތުގެ ދަރަނި 564.44 މިލިއަން ޑޮލަރުރަށް އަރައެވެ. އަދި ކުރު މުއްދަތުގެ ދަރަނި ރަސްމީ ރިޒާވުން އުނިކުރުން އެ މަހު ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި ހުރީ 200 މިލިއަން ޑޮލަރެވެ. ހަމައެހެންމެ ކުރު މުއްދަތުގެ ދަރަނި އުނިކުރުމުން ފެބްރުއަރީ މަހު ބޭނުން ކުރެވޭ ރިޒާވް ހުރީ 235.48 މިލިއަން ޑޮލަރުގައެވެ.

ދައުލަތުގެ ޚަރަދުތަކުގެ ތަފްސީލަށް ބަލާ ނަމަ މި އަހަރުގެ ފުރަތަމަ 3 މަސް ނިމުނުއިރު ދައުލަތުގެ ޚަރަދު 11 ބިލިއަނަށްވުރެ މައްޗަށް ވަނީ އަރާފައެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދޭހަވާ ގޮތުން، މި އަހަރުގެ މިހާތަނަށް ދައުލަތުން ކުރި ޚަރަދު، ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ވަނީ އިތުރުވެފައެވެ. އަދި މާރޗް 30 ގެ ނިޔަލަށް މިއަހަރު 11.1 ބިލިއަން ރުފިޔާ ޚަރަދުގެ ގޮތުގައި ހިނގާފައިވެއެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުގެ ގޮތުގައި ހިނގާފައިވަނީ 9.8 ބިލިއަން ރުފިޔާއެވެ.

މިއަހަރު ހިނގާފައިވާ ޚަރަދުގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ރިކަރަންޓް ޚަރަދުކަން ފާހަގަކޮށްލެވެއެވެ. އެ ތަފާސްހިސާބުތަކުގައި ވާގޮތުން ރިކަރަންޓް ޚަރަދުގެ ގޮތުގައި 7.6 ބިލިއަން ރުފިޔާ ހިނގާފައިވެއެވެ. މިއީވެސް މިދިޔަ އަހަރުގެ މި މުއްދަތާ އަލާ ބަލާއިރު 1 ބިލިއަން އިތުރު އަދަދެކެވެ. މިގޮތުން މުސާރައާއި ޕެންޝަނަށް 2.8 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

މީގެ އިތުރުން އެޑްމިނިސްޓްރޭޓިވް އަދި އޮޕަރޭޝަނަލް ޚަރަދުގެ ގޮތުގައި 4.7 ބިލިއަން ރުފިޔާ ހިނގާފައިވެއެވެ. އޭގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ހިލޭ އެހީއާއި ސަބްސިޑީ ދިނުމަށެވެ. މިކަމަށް 2.6 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިގޮތުން ސަބްސިޑީއަށް 1.2 ބިލިއަން ރުފިޔާ ވަނީ ހިނގާފައެވެ. ރިކަރަންޓް ޚަރަދުގެ ގޮތުގައި 3.4 ބިލިއަން ރުފިޔާ ވަނީ ހިނގާފައެވެ. މިގޮތުން އިންފްރާސްޓްރަކްޗަރ އެސެޓަށް 2.6 ބިލިއަން ރުފިޔާ ހިނގާފައިވެއެވެ.

މީގެ އިތުރުން ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 2.69 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ތަފާސްހިސާބުން ދައްކައެވެ. އަދި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް 278.4 މިލިއަން ރުފިޔާ ފޮނުވާފައިވާއިރު، 788.9 މިލިއަން ރުފިޔާ ލޯނު އަނބުރާ ދެއްކުމަށް ހޭދަކޮށްފައިވެއެވެ. ފިނޭންސް މިނިސްޓްރީން ވަނީ މި ހިނގާ 2023 ވަނަ އަހަރު ނިމޭއިރު ރަސްމީ ރިޒާވްގައި 606.3 މިލިއަން ޑޮލަރު ހުންނާނެ ކަމަށް ލަފާކޮށްފައެވެ.

އެމްއެމްއޭފިނޭންސް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު