Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަނު ލީގު

ފްރެއިބާގް އަތުން ބަޔާނަށް އުނދަގޫ މޮޅެއް

ޖަރުމަނު ލީގުގެ އެއް ވަނައިގައި ބަޔާން އޮތީ ދެ ޕޮއިންޓުގެ ލީޑަކުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 އެޕްރީލު 2023 | އާދީއްތަ 05:37
މެޗުގައި ލަނޑު ޖެހުމަށް ފަހު ޑި ލިޓް އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ޑި ލިޓް އުފާ ފާޅު ކުރަނީ

ޖަރުމަނު ލީގުގައި ފްރެއިބާގާ ދެކޮޅަށް ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކަށް އުނދަގޫ މޮޅެއް ލިބިއްޖެ އެވެ.

އެ މެޗަށް ކުރިމަތިލީއިރު އެންމެ ފަހުން ޖަރުމަނު ކަޕްގެ ކުއާޓާ ފައިނަލްގައި ވެސް ފްރެއިބާގް އަތުން ބަލިވެ ބަޔާން ވަނީ ކަޓައިފަ އެވެ. އެހެންކަމުން ޕްރެޝަރު އޮތް މެޗުން ބަޔާނަށް ހޯދުނީ އުނދަގޫ މޮޅެކެވެ. މެޗުގައި ބަޔާނާއި ފްރެއިބާގުން ވެސް ވަނީ ލަނޑު ޖެހުމަށް ހަމަލާތަކެއް އުފައްދައިފަ އެވެ. މެޗުގައި ބަޔާންގެ ގޯލް ކީޕަރު ޔެން ސޮމާ ވަނީ މޮޅު ސޭވްތަކެއް ވެސް ކޮށްފަ އެވެ. މެޗުން ބަޔާން މޮޅުވީ ދެ ވަނަ ހާފުގައި ޑިފެންޑަރު މަތައިސް ޑި ލިޓް ޖަހައިދިން ލަނޑުންނެވެ. މެޗުގެ 51 ވަނަ މިނެޓުގައި ޑި ލިޓް ލަނޑު ޖެހީ ޖަމާލް މުސިއާލާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

ޖަރުމަނު ލީގުގައި ބޮރޫޝިއާ ޑޯޓްމަންޑުން ވަނީ ޔޫނިއަން ބާލިންއާ ދެކޮޅަށް ކުޅުނު މެޗުން 2-1 އިން މޮޅުވެފަ އެވެ. މެޗުގައި ޑޯޓްމަންޑުގެ ދެ ލަނޑު ޖެހީ ޑޮންޔެލް މާލެން އާއި ޔޫސެފާ މުކޯކޯ އެވެ. ޔޫނިއަން ބާލިންގެ ލަނޑު ޖެހީ ކެވިން ބޭރެންސް އެވެ. މުކޯކޯ ޑޯޓްމަންޑުގެ ދެ ވަނަ ލަނޑު ޖަހައި މޮޅުކޮށްދިނީ ބާލިން އިން އެއްވަރުކޮށްފައި ވަނިކޮށެވެ.

ޖަރުމަނު ލީގުގެ އެއް ވަނައިގައި ބަޔާން އޮތީ ދެ ޕޮއިންޓުގެ ލީޑަކުންނެވެ. ކުޅުނު 27 މެޗުން އެ ޓީމަށް ލިބެނީ 58 ޕޮއިންޓެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި 56 ޕޮއިންޓާއެކު ޑޯޓްމަންޑު އޮތްއިރު، ތިން ވަނައިގައި ބާލިން އޮތީ 51 ޕޮއިންޓާއެކު އެވެ.

ޖަރުމަން ލީގުބުންޑެސްލީގާބަޔާން މިއުނިކްފްރެއިގާބް

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
07 އޮކްޓޯބަރު 2025

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް
27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު