Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާނުގައި އަންހެނުން މޫނުއަޅަން މަޖުބޫރުކުރުން

މޫނު ބުރުގާ ނާޅާ މީހުން ދެނެގަނެ އަދަބު ދިނުމަށް އީރާނުގެ އާންމު ތަންތަނުގައި ކެމެރާ ހަރުކުރަނީ

8 އެޕްރީލު 2023 | ހޮނިހިރު 18:27

އިންޒާރުދޭ ޓެކްސްޓް މެސެޖުތައް ލިބޭނެކަމަށް ފުލުހުން ވަނީ ބުނެފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 އެޕްރީލު 2023 | ހޮނިހިރު 18:27
އީރާނުގައި މޫނު ބުރުގާ ނާޅާ އުޅޭ މީހުންނަށް އަދަބު ދެނީ

އީރާނުގައި މޫނު ބުރުގާ ނާޅާ އުޅޭ މީހުންނަށް އަދަބު ދެނީ

މޫނު ނިވާނުކުރާ މީހުން ދެނެގަނެ އަދަބު ދިނުމަށް އީރާނުގެ އާންމު ތަންތަނުގައި ކެމެރާ ހަރުކުރަން ނިންމައިފިއެވެ.

ރޮއިޓަރސްގައި ބުނެފައިވަނީ މަޖުބޫރު ހެދުން އެޅުމުގެ އުސޫލަށް ފުރައްސާރަކުރާ އަންހެނުން އިތުރުވަމުންދާ މިންވަރު ހުއްޓުވުމުގެ އިތުރު މަސައްކަތެއްގެ ގޮތުން އީރާނުގެ ކަމާބެހޭ ފަރާތްތަކުން އާންމު ތަންތަނާއި މަގުތަކުގައި ކެމެރާ ހަރުކޮށް، މޫނު ނިވާ ނުކުރާ އަންހެނުން ދެނެގަނެ އަދަބު ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް، އެގައުމުގެ ފުލުހުން ހޮނިހިރު ދުވަހު އިއުލާންކޮށްފައިވާ ކަމަށެވެ.

ރޮއިޓަރސްގައި ބުނެފައިވަނީ އެފަދަ މީހުން ދެނެގަތުމަށްފަހު ގަވާއިދާ ހިލާފުވާ ފަރާތްތަކަށް "އޭގެ ނަތީޖާއާ ބެހޭ ގޮތުން އިންޒާރުދޭ ޓެކްސްޓް މެސެޖުތައް" ލިބޭނެ ކަމަށް ފުލުހުންގެ ބަޔާނުގައިވާ ކަމަށެވެ.

މި ފިޔަވަޅަކީ "ހިޖާބު ގާނޫނާ ހިލާފުވާ ފަރާތްތައް ހުއްޓުވުން" ކަމަށް މިޒާން ނޫސް އެޖެންސީ އާއި ދައުލަތުގެ އެހެން މީޑިއާތަކުން ބުނެފައިވެއެވެ. މި ބަޔާނުގައި ބުނެފައިވާ ގޮތުގައި އެފަދަ ދެކޮޅުވެރިކަމަކީ ގައުމުގެ ރޫހާނީ ސޫރަ ހަލާކުވެ، އަމާންކަން ނެތްކަން ފެތުރޭ ކަމެއް ކަމަށެވެ.

މިދިޔަ ސެޕްޓެމްބަރު މަހު، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އުމުރުން 22 އަހަރުގެ ކުރުދީ އަންހެނަކު މަރުވި ފަހުން އީރާނުގައި މޫނު ނާޅާ އަންހެނުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މަހްސާ އަމީނީ ބަންދުކޮށްފައި ވަނީ ހިޖާބު އުސޫލާ ހިލާފުވި ކަމަށް ބުނެއެވެ. ސަލާމަތީ ބާރުތަކުން، ބާރުގެ ބޭނުންކޮށްގެން މިކަމާއި ދެކޮޅަށް ބޭއްވި މުޒާހަރާތައް އެއިރު ރޫޅާލާފައިވެއެވެ.

އަދިވެސް މަޖުބޫރު ހެދުން އެޅުމުގެ އުސޫލަށް ފުރައްސާރަކޮށްގެން ހައްޔަރުކުރުމުގެ ނުރައްކާ ކުރިމަތިވެފައިވާއިރު، އެގައުމުގެ މޯލްތަކާއި ރެސްޓޯރެންޓްތަކާއި ފިހާރަތަކާއި މަގުތަކުގައި އަންހެނުން މޫނު ދައްކައިގެން، އަދިވެސް ފާޅުކަން ބޮޑުކޮށް އުޅޭތަން ފެނެއެވެ.

ހޮނިހިރު ދުވަހު ނެރުނު ފުލުހުންގެ ބަޔާނުގައި ވިޔަފާރިތަކުގެ ވެރިންނަށް ގޮވާލާފައި ވަނީ، އެމީހުންގެ އިންސްޕެކްޝަންތަކާއެކު މުޖުތަމައުގެ އުސޫލުތަކަށް އަމަލުކުރާ މިންވަރު ސީރިއަސްކޮށް މޮނިޓަރ ކުރުމަށެވެ.

1979 ވަނަ އަހަރުގެ އިންގިލާބަށް ފަހު ލާޒިމުކުރި އީރާނުގެ އިސްލާމީ ޝަރީއަތުގެ ގާނޫނުގެ ދަށުން އަންހެނުންނަށް ލާޒިމުވަނީ އިސްތަށިގަނޑު ނިވާކޮށް ދިގު ލުއި ހެދުމެއް ލައިގެން ހަށިގަނޑު ފޮރުވުމެވެ. ގަވާއިދާ ހިލާފުވާ ފަރާތްތަކަށް އާންމުންގެ ފާޑުކިޔުމާއި ޖޫރިމަނާ ނުވަތަ ހައްޔަރުކުރުމުގެ ފުރުސަތު ވަނީ ކުރިމަތިވެފައެވެ.

މޫނު ނިވާކުރުމަކީ "އީރާނުގެ ގައުމުގެ ތަހުޒީބީ ބިންގަލެއް" އަދި "އިސްލާމީ ޖުމްހޫރިއްޔާގެ އަމަލީ އުސޫލެއް" ކަމަށް ސިފަކޮށް، މާޗް 30 ވަނަ ދުވަހު އިންޓީރިއާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އެގޮތުން ނިވާނުވާ އަންހެނުންނާ ކުރިމަތިލުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައިވެއެވެ. މިފަދަ އިރުޝާދުތަކުގެ ސަބަބުން ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި އަންހެނުންނަށް ހަމަލާދިނުމަށް ހަރުކަށި ފިކުރުގެ މީހުންނަށް ހިތްވަރު ލިބިފައިވެއެވެ. މިދިޔަ ހަފްތާގައި ވައިރަލްވި ވީޑިއޯއަކުން ފެންނަ ގޮތުގައި ފިހާރައެއްގައި ތިބި ފިރިހެނަކު މޫނު ނިވާނުކޮށްތިބި ދެ އަންހެނެއްގެ ގަޔަށް ޔޯގަޓް އުކާލަތަން ފެނެއެވެ.

އީރާންމޫނު ބުރުގާ އަޅާ އަންހެނުން

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!
27 ނޮވެމްބަރު 2025

އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި

27 ނޮވެމްބަރު 2025
އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި
25 ނޮވެމްބަރު 2025

އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

25 ނޮވެމްބަރު 2025
އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ
19 ނޮވެމްބަރު 2025

އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު

19 ނޮވެމްބަރު 2025
އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު
13 ނޮވެމްބަރު 2025

އީރާނުގެ މިސައިލް އަދި ޑްރޯން ޕްރޮގްރާމަށް އެހީތެރިވެދޭ ކަމަށް ބުނެ އެމެރިކާ އިން 32 ފަރާތަކަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި

13 ނޮވެމްބަރު 2025
އީރާނުގެ މިސައިލް އަދި ޑްރޯން ޕްރޮގްރާމަށް އެހީތެރިވެދޭ ކަމަށް ބުނެ އެމެރިކާ އިން 32 ފަރާތަކަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި
11 ނޮވެމްބަރު 2025

އީރާނުގައި ޑޮކްޓަރަކު މަރާލުމުގެ ކުށް ސާބިތުވި މީހަކު ދަންޖައްސާ މަރާލައިފި

11 ނޮވެމްބަރު 2025
އީރާނުގައި ޑޮކްޓަރަކު މަރާލުމުގެ ކުށް ސާބިތުވި މީހަކު ދަންޖައްސާ މަރާލައިފި
10 ނޮވެމްބަރު 2025

ހުސްވި ހަފްތާގައި އދ.ގެ ނިއުކްލިއާ ވޯޗްޑޯގް ގެ އިންސްޕެކްޓަރުން އީރާނުގެ ނިއުކްލިއާ ސައިޓްތަކަށް ޒިޔާރަތް ކޮށްފި

10 ނޮވެމްބަރު 2025
ހުސްވި ހަފްތާގައި އދ.ގެ ނިއުކްލިއާ ވޯޗްޑޯގް ގެ އިންސްޕެކްޓަރުން އީރާނުގެ ނިއުކްލިއާ ސައިޓްތަކަށް ޒިޔާރަތް ކޮށްފި
07 ނޮވެމްބަރު 2025

ލުބުނާން އާ ދެކޮޅަށް ދެމުންދާ ހަމަލާތައް އިތުރު ކުރަމުން ގެންދާތީ އިޒްރޭލަށް ފިޔަވަޅު އަޅާ އަދަބު ދިނުމަށް އީރާނުން ގޮވާލައިފި

07 ނޮވެމްބަރު 2025
ލުބުނާން އާ ދެކޮޅަށް ދެމުންދާ ހަމަލާތައް އިތުރު ކުރަމުން ގެންދާތީ އިޒްރޭލަށް ފިޔަވަޅު އަޅާ އަދަބު ދިނުމަށް އީރާނުން ގޮވާލައިފި
04 އޯގަސްޓު 2025

އީރާން އިން ޤައުމީ ދިފާއީ ކައުންސިލެއް އުފައްދައިފި

04 އޯގަސްޓު 2025
އީރާން އިން ޤައުމީ ދިފާއީ ކައުންސިލެއް އުފައްދައިފި
17 ޖުލައި 2025

އީރާނަށް ޖާސޫސު ކޮށްދިނުމުގެ ކުށުގެ ދައުވާ އިސްރާއީލު ސިފައިންގެ މީހެއްގެ މައްޗަށް އުފުލައިފި

17 ޖުލައި 2025
އީރާނަށް ޖާސޫސު ކޮށްދިނުމުގެ ކުށުގެ ދައުވާ އިސްރާއީލު ސިފައިންގެ މީހެއްގެ މައްޗަށް އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް