Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާފުށިން ގޯތި ދޫކުރުން

މާފުށީގެ ރައްޔިތުންނަށް ފުރުސަތު ބޮޑުވާގޮތަށް ގޯތި ދޫކުރުމުގެ އުސޫލު އިސްލާހު ކޮށްފި

އުމުރުން 40 އަހަރު ފުރިފައިވާ ނުވަތަ އެއަށްވުރެ ދޮށީ މީހުންނަށް 20 ޕޮއިންޓު ދޭނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 5 އެޕްރީލު 2023 | ބުދަ 12:43
މާފުށީގެ ގޮނޑުދޮށް ހިމާޔަތްކޮށް، ބިމުގެ ދަތިކަމަށް ހައްލު ހޯދައިދީފި

މާފުށީގެ ގޮނޑުދޮށް ހިމާޔަތްކޮށް، ބިމުގެ ދަތިކަމަށް ހައްލު ހޯދައިދީފި

ކ. މާފުށީގައި އަލަށް ހިއްކި ބިމުން ދޫކުރާ ގޯތިތައް އެ ރަށުގެ ރައްޔިތުންނަށް ފުރުސަތު ބޮޑުވާ ގޮތަށް، ގޯތި ދޫކުރުމުގެ އުސޫލު އިސްލާހުކޮށްފިއެވެ.

މާފުށިން ދޫކުރަން ނިންމާފައިވަނީ 2000 އަކަފޫޓުގެ 308 ބަންޑާރަ ގޯއްޗެވެ.

Advertisement - newsAdvertisement

މާފުށި ހިއްކި ބިމުން ގޯއްޗަށް އެދުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ މާޗު މަހުގެ 30 ވަނަ ދުވަހުއެވެ. އޭރު އާންމު ކުރި އުސޫލަށް ބަދަލުތަކެއް ގެނައުމާ ގުޅިގެން އެ އިއުލާން ކައުންސިލުން މިހާރު ވަނީ ބާތިލު ކޮށްފައެވެ. އެގޮތުން އުސޫލަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ އުމުރުން 40 އަހަރު ފުރިފައިވާ ނުވަތަ އެއަށްވުރެ ދޮށީ މީހުންނަށް 20 ޕޮއިންޓު ދޭނެ ކަމަށާއި އަދި މާފުށީ ރަށްވެއްސަކަށް ނުވާނަމަ 30 ޕޮއިންޓު އުނިކުރާނެ ކަމަށެވެ.

އުސޫލަށް ގެނައި ބަދަލުތަކާއެކު މިހާރު މާފުށިން ބިމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަލުން ވަނީ ހުޅުވާލައިފައެވެ.

މާފުށީ ހިއްކި ބިމުން ގޯތި ބޭނުންވާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ އެފަދަ ގޯއްޗަކުން 600 އަކަ ފޫޓަށްވުރެ ބޮޑު ބައެއް ލިބިފައިވާ މީހަކަށް ނުވުމާއި ސަރުކާރުން ހަދާފައިވާ އިމާރާތެއް ނުވަތަ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައިވާ ފަރާތަކަށް ނުވުމާއި، އެފަދަ ތަނެއް އަމިއްލަ ނަމުގައި އޮތްނަމަ އެތަން ދޫކޮށްލާ ނުވަތަ ވިއްކާލާފައިވާތާ 2 އަހަރު ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވާ ފަރާތަކަށްވުން ހިމެނެއެވެ.

މާފުށިން ގޯއްޗަށް އެދި ހުށަހެޅުމަށް ބޭނުންވާ ފޯމް ސަރުކާރުގެ ގެޒެޓުން މިހާރު ޑައުންލޯޑް ކުރެވޭނެއެވެ. އަދި މާފުށި ކައުންސިލްގެ އިދާރާއިން، 15 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:30 އިން 12:30 އަށް އެ ފޯމް ލިބެން ހުންނާނެ ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ. ފޯމު ބަލައިގަންނާނީ އޭޕްރީލް 9 ވަނަ ދުވަހުން ފެށިގެން ޖޫން 15 ވަނަ ދުވަހާ ހަމައަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:30 އިން 13:00 އާ ހަމައަށެވެ.

މާފުށީގައި އަލަށް ހިއްކާފައިވަނީ 25 ހެކްޓަރުގެ ބިމެވެ. އެއީ މާފުއްޓާ ކައިރިން އެ ރަށު ފަޅުން ހިއްކި ބިމެކެވެ. މި ބިމާ މާފުއްޓާ ގުޅުވާލާނީ ކޯޒްވޭއަކުންނެވެ.

މާފުށި

ކޮމެންޓް

އިތުރަށް ކިޔާލަން

މުޒާހަރާތައް ހުއްޓުވޭނެ ގޮތެއް މާފުށީ ކައުންސިލު ރައިސް ސަލާހު ރައީސް މުއިއްޒު އަށް ކިޔައިދެއްވައިފިިި

މުޒާހަރާތައް ހުއްޓުވޭނެ ގޮތެއް މާފުށީ ކައުންސިލު ރައިސް ސަލާހު ރައީސް މުއިއްޒު އަށް ކިޔައިދެއްވައިފިިި

24 އޮކްޓޯބަރު 2025
މިނިސްޓަރު އިހްސާނަށް ކުރެވޭނެ ކަމަކީ ޒުވާން ކުދިންގެ ފޯނު ހިފެހެއްޓުން: ޒިޔާދު

މިނިސްޓަރު އިހްސާނަށް ކުރެވޭނެ ކަމަކީ ޒުވާން ކުދިންގެ ފޯނު ހިފެހެއްޓުން: ޒިޔާދު

11 އޮކްޓޯބަރު 2025
މާފުށީ ހިއްކި ބިމުން ގޯތި ވިއްކަނީ، އަކަފޫޓެއް 2000 ރުފިޔާއަށް

މާފުށީ ހިއްކި ބިމުން ގޯތި ވިއްކަނީ، އަކަފޫޓެއް 2000 ރުފިޔާއަށް

23 މާރިޗު 2024
މާފުށީ ބޭރުގައި އޮތް ސަފާރީއަކުން ގިނަ އަދަދެއްގެ ބަނގުރަލާއެކު 3 މީހުން ހައްޔަރު ކޮށްފި

މާފުށީ ބޭރުގައި އޮތް ސަފާރީއަކުން ގިނަ އަދަދެއްގެ ބަނގުރަލާއެކު 3 މީހުން ހައްޔަރު ކޮށްފި

04 ޑިސެމްބަރު 2023
މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު ނިޔާވި މައްސަލަ އެޗްއާރްސީއެމުން ބަލަނީ

މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު ނިޔާވި މައްސަލަ އެޗްއާރްސީއެމުން ބަލަނީ

27 ސެޕްޓެމްބަރު 2022

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު