Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާފުށީ ޖަލުގައި ހުރި މީހަކު ނިޔާވުން

މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު ނިޔާވެއްޖެ

ސީޕީއާރު އަށް ފަހުވެސް ނޭވާ ނުލުމުން، ޑޮކްޓަރު ވަނީ އޭނާ ނިޔާވިކަމަށް ކަނޑައަޅާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 16 ސެޕްޓެމްބަރު 2022 | ހުކުރު 02:00
މާފުށި ޖަލު

މާފުށި ޖަލު

މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު ނިޔާވެއްޖެއެވެ.

އެކަމާއި ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނީ ނިޔާވެފައިވަނީ މ. މުލި ހުދުފިނިފެންމާގޭ އުމުރުން 43 އަހަރުގެ މުޙައްމަދު ނަޝީދު ކަމަށެވެ.

މުޙައްމަދު ނަޝީދު ނޭވާ ނުލާތީ އޭނާގެ ގޮޅީގައި ހުންނަ ބަންދުމީހަކު ޕްރިޒަން އޮފިސަރުންނަށް އެންގުމުން، އޭނާ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ވަނީ ސީޕީއާރް ދީފައިވާކަމަށް ކަރެކްޝަންސް އިން ބުނެއެވެ. ސީޕީއާރު އަށް ފަހުވެސް ނޭވާ ނުލުމުން، ޑޮކްޓަރު ވަނީ ބުރާސްފަތި ދުވަހުގެ ހަވީރު 17:26 ހާއިރު އޭނާ ނިޔާވިކަމަށް ކަނޑައަޅާފައެވެ.

މުޙައްމަދު ނަޝީދަކީ މަސްތުވާތަކެއްޗާ ބެހޭ މައްސަލައެއްގެ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.

މުޙައްމަދު ނަޝީދު ނިޔާވުމާ ގުޅިގެން ކަރެކްޝަންސް އިން ވަނީ ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައިކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

މާފުށި

އިތުރަށް ކިޔާލަން

24 އޮކްޓޯބަރު 2025

މުޒާހަރާތައް ހުއްޓުވޭނެ ގޮތެއް މާފުށީ ކައުންސިލު ރައިސް ސަލާހު ރައީސް މުއިއްޒު އަށް ކިޔައިދެއްވައިފިިި

24 އޮކްޓޯބަރު 2025
މުޒާހަރާތައް ހުއްޓުވޭނެ ގޮތެއް މާފުށީ ކައުންސިލު ރައިސް ސަލާހު ރައީސް މުއިއްޒު އަށް ކިޔައިދެއްވައިފިިި
11 އޮކްޓޯބަރު 2025

މިނިސްޓަރު އިހްސާނަށް ކުރެވޭނެ ކަމަކީ ޒުވާން ކުދިންގެ ފޯނު ހިފެހެއްޓުން: ޒިޔާދު

11 އޮކްޓޯބަރު 2025
މިނިސްޓަރު އިހްސާނަށް ކުރެވޭނެ ކަމަކީ ޒުވާން ކުދިންގެ ފޯނު ހިފެހެއްޓުން: ޒިޔާދު
23 މާރިޗު 2024

މާފުށީ ހިއްކި ބިމުން ގޯތި ވިއްކަނީ، އަކަފޫޓެއް 2000 ރުފިޔާއަށް

23 މާރިޗު 2024
މާފުށީ ހިއްކި ބިމުން ގޯތި ވިއްކަނީ، އަކަފޫޓެއް 2000 ރުފިޔާއަށް
04 ޑިސެމްބަރު 2023

މާފުށީ ބޭރުގައި އޮތް ސަފާރީއަކުން ގިނަ އަދަދެއްގެ ބަނގުރަލާއެކު 3 މީހުން ހައްޔަރު ކޮށްފި

04 ޑިސެމްބަރު 2023
މާފުށީ ބޭރުގައި އޮތް ސަފާރީއަކުން ގިނަ އަދަދެއްގެ ބަނގުރަލާއެކު 3 މީހުން ހައްޔަރު ކޮށްފި
05 އެޕްރީލު 2023

މާފުށީގެ ރައްޔިތުންނަށް ފުރުސަތު ބޮޑުވާގޮތަށް ގޯތި ދޫކުރުމުގެ އުސޫލު އިސްލާހު ކޮށްފި

05 އެޕްރީލު 2023
މާފުށީގެ ރައްޔިތުންނަށް ފުރުސަތު ބޮޑުވާގޮތަށް ގޯތި ދޫކުރުމުގެ އުސޫލު އިސްލާހު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު