Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާރުޓީއެލް

އާރުޓީއެލް ދަތުރުތައް ޖުލައި މަހު ހުވަދޫގައި ފަށަނީ

ހުވަދޫއާއެކު އައްޑުއާއި ފުވައްމުލަކު ވެސް ގުޅާލާނެ

އާލިމް ޢަބްދުއްލަތީފް
އާލިމް ޢަބްދުއްލަތީފް, ރާއްޖެ އެމްވީ | 5 އެޕްރީލު 2023 | ބުދަ 12:38
އާރުޓީއެލްގެ ހުވަދޫ އަތޮޅުގައި ބޭނުންކުރާނެ ފުރަތަމަ ފެރީ މޫދަށް ބައިލައިފައި

އާރުޓީއެލްގެ ހުވަދޫ އަތޮޅުގައި ބޭނުންކުރާނެ ފުރަތަމަ ފެރީ މޫދަށް ބައިލައިފައި

އާރުޓީއެލްގެ ދަތުރުތައް ޖުލައި މަހުގެ ތެރޭގައި ހުވަދުއަތޮޅުގައި ފެށުމަށް މަސައްކަތްކުރަމުންދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

ދިވެހިރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން، ހުވަދު އަތޮޅަށް ބޭނުންވާ ލޯންޗުތަކުގެ ތެރެއިން ފުރަތަމަ ލޯންޗާ މިއަދު ވަނީ އެމްޓީސީސީން ހަވާލުވެފައެވެ. އެ ލޯންޗު މިއަދު ވަނީ ތިލަފުށީ ބޯޓްޔާޑުން މޫދަށް ބާލައިފައެވެ.

ތިލަފުށީގައި ހުންނަވާ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ޓްރާންސްޕޯޓް ޑިވިޝަންގެ ޖެނެރަލް މެނޭޖަރު އިސްމާއިލް ފާރިގް ވިދާޅުވީ މި ލޯންޗަކީ ވެސް އާރުޓީއެލްގެ ފުރަތަމަ ފިޔަވަހީގައި ބޭނުންކުރި ލޯންޗުތައް ފަދައިން ކޮންޑިޝަން ރަނގަޅު، ރީތި ލޯންޗުތަކެއް ކަމަށެވެ. އަދި ކުރީގެ ލޯންޗުތަކަށްވުރެ ޖާގަ ތަނަވަސް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިތުރަށް ފާރިގް ވިދާޅުވީ ޖުލައި މަހާ ހަމައަށް ހަ ލޯންޗު ހުވަދު އަތޮޅުގައި ބޭނުންކުރުމަށް ޓަކައި ނިންމާލެވޭނެ ކަމަށެވެ. އަދި ފުރަތަމަ ފިޔަވަހީގެ ދަތުރުތައް ހުވަދު އަތޮޅަށް ފަށާނީ ހަ ލޯންޗާ އެކު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހުވަދު އަތޮޅާއެކު އައްޑު އާއި ފުވައްމުލަކު ވެސް އާރުޓީއެލްގެ ދަށުން ގުޅައިލެވޭނެ ކަމަށް ވެސް ފާރިގް ވިދާޅުވިއެވެ

ފާރިގް ވިދާޅުވީ މި ލޯންޗަކީ އާރުޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ލޯންޗުތައް ފަދައިން 50 ސީޓުގެ ލޯންޗަކަށް ވީ ނަމަވެސް، އެތެރޭގައި ޖާގަ ތަނަވަސް ވާނެ ކަމަށެވެ. އަދި ވީލް ޗެއާރ އާއި ސްޓްރެޗާ ބަހައްޓާ ސަރަހައްދުތައް ޖާގަ ބޮޑުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ފޭސް 1 ގެ ދަށުން، ޒޯން 1 ގެ ހއ. ހދ. އަދި ށ. އަތޮޅަށް މިހާރުވަނީ ރާއްޖެ ޓްރާންސްޕޯޓް ލިންކް ސްޕީޑް ފެރީގެ ޙިދުމަތް ދޭން ފެށިފައެވެ. މީގެ އިތުރުން ޅ އަތޮޅުގައި ވެސް މި ހިދުމަތްވަނީ ދޭން ފަށާފައެވެ.

މުޅި ރާއްޖެ ކަނޑުމަގުން ގުޅާލެވޭ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ހައި ސްޕީޑް ފެރީ ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހުގެ ވަޢުދުފުޅެކެވެ. މިގޮތުގެ މަތިން، "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރީ 17 ޖެނުއަރީ 2021 ވަނަ ދުވަހުއެވެ.

އާރްޓީއެލް

ކޮމެންޓް

އިތުރަށް ކިޔާލަން

އާރުޓީއެލް ފެރީގެ އަގު ބޮޑުކުރަނީ

އާރުޓީއެލް ފެރީގެ އަގު ބޮޑުކުރަނީ

29 އޮކްޓޯބަރު 2024
އާރުޓީއެލްގެ މޮޅު ވާހަކަ މިސަރުކާރުގެ ވެރިން ދައްކަމުން އެންމެ ފަހުން ނ. އަތޮޅުގައި އާރްޓީއެލް ޚިދުމަތް ފަށައިފި

އާރުޓީއެލްގެ މޮޅު ވާހަކަ މިސަރުކާރުގެ ވެރިން ދައްކަމުން އެންމެ ފަހުން ނ. އަތޮޅުގައި އާރްޓީއެލް ޚިދުމަތް ފަށައިފި

25 ޖުލައި 2024
އާރްޓީއެލްގެ ނަމާއި ލޯގޯ ބަދަލުކުރަން އުޅޭކަމުގެ އަޑުގަދަވެފައި ވަނިކޮށް ސަރުކާރުން އެކަން ދޮގުކޮށްފި

އާރްޓީއެލްގެ ނަމާއި ލޯގޯ ބަދަލުކުރަން އުޅޭކަމުގެ އަޑުގަދަވެފައި ވަނިކޮށް ސަރުކާރުން އެކަން ދޮގުކޮށްފި

20 މެއި 2024
ބަހުގެ ޚިދުމަތް ފަސޭހަކޮށްދިނުމަށް ވިނަރެސް ސަރަހައްދުގައި އާރްޓީއެލްގެ ބަސްހުއްޓިއެއް ހަދައިފި

ބަހުގެ ޚިދުމަތް ފަސޭހަކޮށްދިނުމަށް ވިނަރެސް ސަރަހައްދުގައި އާރްޓީއެލްގެ ބަސްހުއްޓިއެއް ހަދައިފި

01 ފެބުރުއަރީ 2024
އަމީނީ މަގުގެ ބައެއް ބަންދު ކުރުމުން ބަސް ދަތުރުތަކަށް ބަދަލު ގެނެސްފި

އަމީނީ މަގުގެ ބައެއް ބަންދު ކުރުމުން ބަސް ދަތުރުތަކަށް ބަދަލު ގެނެސްފި

10 ޑިސެމްބަރު 2023

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު