Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފިތުރު ޒަކާތް ބަލައިގަތުން

ރޯދަ މަހުގެ ފުރަތަމަ 10 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 1.3 މިލިއަން ރުފިޔާ

ޒަކާތް ބަލައިގަންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00ން 13:00ށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 5 އެޕްރީލު 2023 | ބުދަ 04:52
ފިޠުރު ޒަކާތް ދެއްކުން

ފިޠުރު ޒަކާތް ދެއްކުން

1444 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ފާއިތުވި 4 އަހަރު ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާގެ އަދަދު ހާމަކޮށްފައެވެ. އެގޮތުން މިހިނގާ 1444 ވަނަ އަހަރު ފިތުރު ޒަކާތުގެ ގޮތުގައި 1،310،160 ރުފިޔާ ވަނީ ލިބިފައެވެ.

Advertisement - newsAdvertisement

ފާއިތުވި 4 އަހަރަށް ބަލާއިރު، ރޯދަ މަހުގެ ފުރަތަމަ 10 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބިފައިވަނީ 1441 ވަނަ އަހަރުއެވެ. އެގޮތުން އެ އަހަރު 1.5 މިލިއަން ރުފިޔާ ލިބިފައިވާއިރު، 1442 ވަނަ އަހަރު 9 ލައްކައަށްވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ.

އޭގެ އިތުރުން، 1443 ވަނަ އަހަރު ލިބިފައިވަނީ 1 މިލިއަން ރުފިޔާއެވެ.

މިނިސްޓްރީން ފިތުރު ޒަކާތް ބަލައިގަންނަން ފަށާފައިވާއިރު އޭޕްރީލް މަހުގެ 18 ވަނަ ދުވަހާ ހަމައަށް ޒަކާތް ބަލައިގަންނަމުން ގެންދާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އުމުރުން ދުވަސްވީ ފަރާތްތަކާއި އޮންލައިންކޮށް ޒަކާތްދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ހާއްސަކޮށް މިނިސްޓްރީގެ ހޯލުގައި ޒަކާތް ބަލައިގަންނާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިިނިސްޓްރީން ބުނާގޮތުގައި ޒަކާތް ބަލައިގަންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00ން 13:00ށެވެ. އަދި ކައުންސިލްތަކުން ފިތުރު ޒަކާތް ބަލައިގަންނަން ފަށާނީ ރަމަޟާން މަހުގެ ހަތަރުވަނަ ދުވަހުން ފަަށައިގެން ކަމަށްވެސް ބުނެފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނާގޮތުގައި ދިރާގު، އުރީދޫ، މޯލްޑިވްސް އިސްލާމިކް ބޭންކް، ބޭންކް އޮފް މޯލްޑިވްސް، މިނިސްޓްރީ އޮފް ފިނޭންސް އިތުރުން، ފަހިޕޭ މެދުވެރިކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވެއެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ރާއްޖެއިން ބަލައިގަންނަ ބާވަތްތަކާއި އަގުތައްވެސް އެ މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ. އާދައިގެ ހަނޑުލުން ޒަކާތް ނެރޭނަމަ، ދައްކަންޖެހެނީ 12 ރުފިޔާގެ ރޭޓުންނެވެ.

އަދި ތައިލެންޑް ހުދުހަނޑުލުން 84 ރުފިޔާ، ރަތް ހަނޑުލުން 99 ރުފިޔާ ދައްކަންޖެހޭއިރު، އާދައިގެ ބާސްމަތީ ހަނޑުލުން ދައްކަން ޖެހެނީ 84 ރުފިޔާއެވެ. ހަމައެހެންމެ މޮޅު ބާސްމަތީ ހަނޑުލުން 100 ރުފިޔާގެ މަގުން، އަދި އެންމެ މޮޅު ބާސްމަތީ ހަނޑުލުން ދައްކަންޖެހެނީ 125 ރުފިޔާއެވެ.

މީގެ އިތުރުން ފުށުން ޒަކާތް ނެރެންޖެހޭ ފައިސާގެ އަދަދަށް ބަލާއިރު، އާދައިގެ ފުށުން ނަމަ ދައްކަންޖެހެނީ 12 ރުފިޔާއެވެ. އަދި އާޓާ ފުށުން ދައްކަންޖެހެނީ 75 ރުފިޔާއެވެ.

ފިތުރު ޒަކާތްއިސްލާމިކް މިނިސްޓްރީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

25 ނޮވެމްބަރު 2025
އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

10 ނޮވެމްބަރު 2025
މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

30 އޮކްޓޯބަރު 2025
ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

30 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު