Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަރުޝަދުގެ ޑްރަޑް ނެޓްވޯކު

އަރުޝަދުގެ ޑްރަޑް ނެޓްވޯކުގައި ހިމެނޭ ޒަހީންގެ މައްޗަށް ކުށް ސާބިތުވީ ރަނގަޅަށް: ހައިކޯޓު

އެ އަދަދަށް އޭނާ އަތުގައި މަސްތުވާތަކެތި ހުރީ ކިހިނެއްކަން ބުނެދެވިފައިނުވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 4 އެޕްރީލު 2023 | އަންގާރަ 07:53
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައިގައި ހައްޔަރުކުރި ހުސައިން ޒަހީން

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައިގައި ހައްޔަރުކުރި ހުސައިން ޒަހީން

މާލޭގެ ފަސް ގެއެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައިގައި ކުށް ސާބިތުވި، ހުސައިން ޒަހީންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ އޭނާއާ ދެކޮޅަށް ނިމިއްޖެއެވެ.

އަންގާރަ ދުވަހު އޮތީ މި މައްސަލައިގެ ޙުކުމް ކުރުމުގެ އަޑުއެހުމެވެ.

Advertisement - newsAdvertisement

މިއީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ފުލުހުންގެ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މާލޭގެ ފަސް ގެއެއް ބަލައި ފާސްކުރުމުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައެކެވެ.

މަސްތުވާތަކެތީގެ މި މައްސަލައިގައި، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާކުރީ މި ނެޓްވޯކުގެ އިސްމީހާކަމަށް ބުނާ ގދ. ހޯނޑެއްދޫ އަލޯރާ، އަރުޝަދު ޚާލިދުގެ އިތުރުން، އެރަށު ގުލޭނޫރަންމާގޭ، އަލީ ޒުބައިރާއި އެރަށު އިރުމަތީގޭ އަހުމަދު ސުނައިނާއި ލ. ކަޅައިދޫ މަތަރެސްމާގޭ، ހުސައިން ޒަހީންގެ އިތުރުން މއ. ވައިލެޓްމާގޭ، އަސްލަމް ނާޒިމްގެ މައްޗަށެވެ.

އެހެންނަމަވެސް، މި މައްސަލަ ނިމިގެން ދިޔައިރު ކުށް ސާބިތުވީ ހުސައިން ޒަހީން އާއި އަސްލަމް ނާޒިމްގެ މައްޗަށެވެ. ދެން ތިބި މީހުން ދޫވިއިރު، އޭގެ ތެރޭގައި މައްސަލައިގައި އިސްކޮށް އުޅުނު ކަމަށްބުނާ އަރުޝަދުވެސް ހިމެނެއެވެ. އެއީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހެވެ.

ޒަހީންގެ ވަކީލު ވިދާޅުވި ގޮތުގައި މި މައްސަލައިގައި ހިމެނޭ މަސްތުވާތަކެއްޗާއި ޒަހީނާއި ގުޅުވާދެނީ ހަމައެކަނި އޭނާއާއި ގުޅުންހުރިކަމަށް ބުނާ ތަޅުދަނޑިއެއްގެ ސަބަބުންނެވެ. އެ ތަޅުދަނޑިއަކީ ޒަހީން އޭރު އުޅެމުންދިޔަ ގޭގައި ހުރި ކޮޓަރިއެއްގެ ކަބަޑު ހުޅުވުމަށް ބޭނުންކުރާ ތަޅުދަނޑިއެއް ނަމަވެސް، އެއީ އެހެން ބަޔަކު އުޅެމުންދިޔަ ކޮޓަރިއެއްކަމަށް ވަކީލު ވިދާޅުވެއެވެ.

ވުމާއެކު، ޒަހީންއަށްވުރެ ބޮޑަށް އެ ކޮޓަރީގައި ދިރިއުޅޭ މީހުންގެ ހިޔާޒަތު އެ ތަޅުދަނޑީގެ މައްޗަށް އޮންނާނެކަން ވަކީލު ނޫރުއްސަލާމް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ތަޅުދަނޑި ފެނުނު ގޮތާއި ގުޅޭގޮތުން ހެކިވެރިން ދައްކާފައިވާ ވާހަކަތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުރިކަމަށް ވަކީލު ވިދާޅުވިއެވެ.

ބައެއް ހެކިން ބުނެފައިވާ ގޮތުގައި ތަޅުދަނޑި ފެނުނީ އޭނާގެ އަންނައުނުތަކެއްގެ ދަށުންނެވެ. އަނެއްބައި ހެކިން ބުނެފައިވާ ގޮތުގައި އެ ތަޅުދަނޑިއަކީ އަބަދުވެސް އޭނާގެ ފަޓުލޫނުގައި އަޅުވާފައި އޮންނަ ތަޅުދަނޑިއެކެވެ.

ހަމައެއާއެކު، އޭނާ ހައްޔަރުކުރި ވަގުތު އޭނާގެ އަތުން ތަޅުދަނޑިއެއް ފެނިފައިނުވާކަމަށް ބައެއް ހެކިން ވަނީ ބުނެފައެވެ.

އެހެންނަމަވެސް ހެކިބަސް ދީފައިވާ މީހުންގެ ހެކިބަހަށް ބަލާއިރު، ހެކިބަހަށް އަސަރު ކުރުވާނެފަދަ ތަފާތުތަކެއް ފާހަގަވެފައި ނުވާކަަމަށްވެސް ހައިކޯޓުން ފާހަގަކޮށްފައިވެއެވެ.

ވީއިރު ކުށުގެ މައުނަވީ ރުކުން ސާބިތު ކުރުމަށް ދައުލަތުން ހުށައަޅާފައިވާ ހެކިތަކުގައި ޝައްކުތަކެއް އުފެދިފައިވާކަމަށް ނުދެކޭކަމަށްވެސް ޙުކުމުގައި ބުނެފައިވެއެވެ.

މި މައްސަލައިގެ އިސްތިއުނާފުގައި ޒަހީނުގެ ވަކީލު ދެން ފާހަގަކުރައްވާފައިވާ އަނެއް ނުކުތާއަކީ މި މައްސަލައިގެ ތަހުލީލު ރިޕޯޓަށް ބަލާއިރު، ފެނިފައިވާ މަސްތުވާތަކެތީގެ ޖުމުލަ ބަރުދަންވެސް ދިމާނުވާ ކަމަށެވެ.

އެ ނުކުތާގައި ހައިކޯޓުން ބުނެފައިވަނީ، މި މައްސަލައިގައި ދެ ބާވަތެއްގެ މަސްތުވާތަކެތި ފެނިފައިވާކަން ތަހުލީލު ރިޕޯޓުން އެނގޭ ކަމަށާއި، އޭގެ ތެރެއިން ގިނައިން ހުރީ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ބާވަތުގެ މަސްތުވާތަކެތި ކަމަށެވެ.

އޭނާގެ މައްޗަށް އުުފުލީ ޖަލުވަލު 2 ގައިވާ މަސްތުވާ އެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ.

މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގައި ބުނެފައިވަނީ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ މަސްތުވާ އެއްޗެއް މީހެއްގެ އަތުގައި ހުރީ ބޭސް ސިޓީ އެއް ނެތިކަމަށް ވެފައި، އަދި އެއީ ޑޮކްޓަރަކު އާންމުކޮށް އެއް ފަހަރު ލިޔެދޭ މިންވަރަށް ވުރެ ގިނައިން ކަމުގައިވާނަމަ، އޭނާ އެހެން ގޮތަކަށް ސާބިތުކޮށް ނުދޭހާ ހިނދަކު އެ އެއްޗެއް އަތުގައި ހުރީ ޓްރެފިކް ކުރުމަށް ކަމަށް ބެލެވޭނެކަމަށެވެ.

އޭނާގެ ފަރާތުން ފާހަގަކޮށްފައިވާ ގޮތުގައި އެއީ އޭނާ ބޭނުން ކުރުމަށް ގެންގުޅުނު މަސްތުވާތަކެއްޗެވެ. ނަމަވެސް އެއި ޑޮކްޓަރަކު އާންމުކޮށް ލިޔެދޭ މިންވަރަށްވުރެ ގިނަ އަދަދެއްކަމަށާއި، އެ އަދަދަށް އޭނާ އަތުގައި މަސްތުވާތަކެތި ހުރީ ކިހިނެއްކަން ބުނެދެވިފައިނުވާކަމަށް ޙުކުމުގައި ބުނެއެވެ.

އޭނާއަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްކަން އެނގެން ނެތުމުން، އޭނާގެ އަމަލަކީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ އަމަލެއްކަން އެނގޭކަމަށްވެސް ޙުކުމުގައި ބުނެއެވެ.  

ފަނޑިޔާރުންގެ އިއްތިފާޤުން ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅުއްވާފައެވެ. އެ ޙުކުމް ބާތިލު ކުރަންޖެހޭ ފަދަ ޝަރުއީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ޙުކުމުގައި ބުނެފައިވެއެވެ.

ހައިކޯޓުގައި މި މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހުސައިން ޝަހީދެވެ. އޭގެ އިތުރުން ފަނޑިޔާރު މުހައްމަދު ނިޔާޒު އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާވެސް ބެންޗުގައި ހިމެނިވަޑައިގަންނަވައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަނަސްގެ މަރުގެ މައްސަލައިގައި ހިމެނޭ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފި

އަނަސްގެ މަރުގެ މައްސަލައިގައި ހިމެނޭ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފި

16 އޮކްޓޯބަރު 2017
މާލޭގެ ނަރުދަމާގެ ނިޒާމަކީ ހައުސިންގ މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަމެއް ނޫން:ޑރ މުއިއްޒު

މާލޭގެ ނަރުދަމާގެ ނިޒާމަކީ ހައުސިންގ މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަމެއް ނޫން:ޑރ މުއިއްޒު

03 ސެޕްޓެމްބަރު 2017
ނަސަންދުރަ ދިނުމުގައި ޚިޔާނާތް ހިމެނޭ ކަމަށް ބުނެ އަދީބަށް ދައުވާކުރަން ފޮނުވި މައްސަލަ "ގެއްލިއްޖެ"!

ނަސަންދުރަ ދިނުމުގައި ޚިޔާނާތް ހިމެނޭ ކަމަށް ބުނެ އަދީބަށް ދައުވާކުރަން ފޮނުވި މައްސަލަ "ގެއްލިއްޖެ"!

26 އޯގަސްޓު 2017
ފާރިސްގެ ޝަރީއަތް: ޝަރީއަތް މެދުކަނޑާލުމުގެ އަމުރެއް ހިމެނޭ ގޮތަށް ޖުމްލަ ހަ ކަމެއް ހުށަހަޅައިފި

ފާރިސްގެ ޝަރީއަތް: ޝަރީއަތް މެދުކަނޑާލުމުގެ އަމުރެއް ހިމެނޭ ގޮތަށް ޖުމްލަ ހަ ކަމެއް ހުށަހަޅައިފި

17 އޯގަސްޓު 2017
2018 ވަނަ އަހަރުގެ މެނިފެސްޓޯގައިވެސް ހިމެނޭނީ ފަސް ވަރަކަށް ވައުދު: އަލީ ނިޔާޒް

2018 ވަނަ އަހަރުގެ މެނިފެސްޓޯގައިވެސް ހިމެނޭނީ ފަސް ވަރަކަށް ވައުދު: އަލީ ނިޔާޒް

25 ޖޫން 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު