Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެންޗެސްޓަރ ޔުނައިޓެޑު

ޔުނައިޓެޑުން ލޫކް ޝޯގެ އެއްބަސްވުން އައުކޮށްފި

އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 އެޕްރީލު 2023 | އަންގާރަ 20:13
މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޑިފެންޑަރު ލޫކް ޝޯ

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޑިފެންޑަރު ލޫކް ޝޯ

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޑިފެންޑަރު ލޫކް ޝޯގެ އެއްބަސްވުން އެ ކުލަބުން އައުކޮށްފި އެވެ.

ސައުތުހެމްޓަން ދޫކޮށް ޝޯ ޔުނައިޓެޑަށް ބަދަލުވީ 2014 ވަނަ އަހަރު އެވެ. އެއަހަރު އެ ކުލަބަށް އޭނާ ގުޅުނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ޔުނައިޓެޑުން ވަނީ އޭނާގެ އެއްބަސްވުން އައުކޮށްފަ އެވެ. އެފަހަރު އޭނާ ވަނީ އިތުރު ފަސް އަހަރަށް އެކުލަބުގައި މަޑުކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު އޮތީ މިއަހަރުގެ ޖޫން މަހަށް ހަމަވާ ގޮތަށެވެ. އެހެން ނަމަވެސް ޝޯ އާއި ޔުނައިޓެޑާ ދެމެދު ކުރިއަށް ދިޔަ މަޝްވަރާތަކަށް ފަހު މިހާރު ވަނީ އައު އެއްބަސްވުމުގައި ސޮއި ވެސް ކޮށްފަ އެވެ. ޔުނައިޓެޑާއެކު ޝޯ ހަދާފައިވާ އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ވާހަކަ ދައްކަމުން ޝޯ ބުނީ، ޔުނައިޓެޑު މިހާރު އޮތީ ކޯޗާއި އޭނާގެ އެހެނިހެން ސްޓާފުންނާއެކު ދާން ބޭނުންވާ އަމާޒަށް މިސްރާބު ހިފާފައި ކަމަށެވެ. އޭނާ ބުނީ މިހާރު ލިބިފައިވާ ފުރުސަތަކީ ވަރަށް ޚާއްސަ ކަންތައްތަކެއް ހާސިލްކުރުމަށް ލިބިފައިވާ ރަނުގެ ފުރުސަތެއް ކަމަށެވެ. އެކަމާ ގުޅިގެން ވާހަކަ ދައްކަމުން ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް ބުނީ، ޝޯގެ އެއްބަސްވުން އައު ކުރުމަކީ ލިބުނު ރަނގަޅު މެސެޖެއް ކަމަށެވެ. އަދި އިންގްލެންޑުގެ ޤައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ޝޯ ވަނީ މި ސީޒަންގައި ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ. މީގެ އިތުރުން ޓެން ހާގް ބުނީ ޝޯ އަކީ މިޒަމާނަށް ފިޓުވާ ޑިފެންޑަރެެއް ކަމަށާއި، އެހެން މަގާމުތަކަށް ކުޅުމުގެ ޤާބިލުކަން ވެސް އޭނާގެ ހުރި ކަމަށެވެ.

އުމުރުން 27 އަހަރުގެ އެ ކުޅުންތެރިޔާ ވަނީ މިހާތަނަށް ޔުނައިޓެޑަށް ކުޅެދިން 249 މެޗުގައި ހަތަރު ލަނޑު ޖަހައިފަ އެވެ. ޔުނައިޓެޑަށް ބަދަލުވި ފަހުން ޝޯ އަންނަނީ އެ ޓީމުގެ ޑިފެންސްގައި މުހިންމު ދަައުރެއް އަދާކުރަމުންނެވެ. އޭނާ ވަނީ ޔުނައިޓެޑާއެކު ތިން ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އެއީ 2016 ވަނަ އަހަރުގެ އެފްއޭ ކޮމިއުނިޓީ ޝީލްޑާއި، ޔުއެފާ ޔޫރޮޕާ ލީގު އަދި ސީޒަންގައި ކާމިޔާބު ކުރި ކަރަބޯ ކަޕެވެ. މީގެ އިތުރުން 21-2020 ވަނަ ސީޒަންގެ ޔޫރޮޕާ ލީގުގެ ފައިނަލްގައި ވެސް އޭނާ ވަނީ ޔުނައިޓެޑާއެކު ކުޅެފަ އެވެ.

ޝޯ އަންނަނީ 2014 ވަނަ އަހަރުން ފެށިގެން އިންގްލެންޑުގެ ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. މިހާތަނަށް ޤައުމީ ޓީމަށް 29 މެޗު ކުޅެދީފައިވާއިރު، އޭނާ ވަނީ ތިން ލަނޑު ޖަހައިފަ އެވެ. ޤައުމީ ޓީމާއެކު ޝޯ އަށް ހޯދުނު އެންމެ ބޮޑު ކާމިޔާބަކީ 2020 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ ފައިނަލްގައި ކުޅެ، ދެ ވަނަ ހޯދުމެވެ. ފައިނަލްގައި އިންގްލެންޑު ބަލިވީ އިޓަލީ އަތުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޮރީނިއޯއާ އެކު ޔުނައިޓެޑުން ފުރަތަމަ ތަށި އުފުލާލައިފި

މޮރީނިއޯއާ އެކު ޔުނައިޓެޑުން ފުރަތަމަ ތަށި އުފުލާލައިފި

27 ފެބުރުއަރީ 2017
ގްރީޒްމަން ދެން ފެނުން އެންމެ ގާތީ ޔުނައިޓެޑުން: ޕެޓިޓް

ގްރީޒްމަން ދެން ފެނުން އެންމެ ގާތީ ޔުނައިޓެޑުން: ޕެޓިޓް

24 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު