Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އީގަލްސް

ލިބުނީ ރަނގަޅު މެސެޖެއް، ކުރިއަށް އޮތް ތަނުގައި ޓީމު ރަނގަޅު ވާނެ: ސާންތީ

ސީޒަންގެ ކުރިން އީގަލްސް އަށް ވާދަވެރި މެޗުތަކެއް ކުޅެން ލިބިފައި ނެތުމުގެ ކަންބޮޑުވުން މީގެ ކުރިން ވެސް ސާންތީ ވަނީ ފާޅުކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 އެޕްރީލު 2023 | އަންގާރަ 06:13
މީގެ ކުރިން ބޭއްވި ޕްރެސްއެއްގައި ސާންތީ ވާހަކަ ދައްކަނީ

މީގެ ކުރިން ބޭއްވި ޕްރެސްއެއްގައި ސާންތީ ވާހަކަ ދައްކަނީ

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާ ދެކޮޅަށް ކުޅުނު ޗެރިޓީ ޝީލްޑު މެޗުގައި ކުލަބް އީގަލްސްގެ ކުޅުންތެރިން ދިނީ ރަނގަޅު މެސެޖެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ޓީމު ވަރުގަދަވާނެ ކަމަށް އެ ޓީމުގެ ކޯޗު އިޙުސާން ޢަބްދުލް ޣަނީ (ސާންތީ) ބުނެފި އެވެ.

މިއަހަރުގެ ފުޓުބޯޅަ ސީޒަން ފެށުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑު މެޗުގައި އީގަލްސް ވަނީ 2-1 އިން މާޒިޔާ އަތުން ބަލިވެފަ އެވެ. އެ މެޗަށްފަހު ވާހަކަ ދައްކަމުން ސާންތީ ބުނީ، މެޗުގެ ނަތީޖާއާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ. އޭނާ ބުނީ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުރިން ފަރިތަކުރުންތައް ފެށީ ވެސް މާޒިޔާ އިން ކަމަށާއި، އެ ކުލަބުން ސައުދީ އަރަބިޔާގައި ކޭމްޕެއްކޮށް، ވާދަވެރި މެޗުތަކެއް ވެސް ކުޅެފައިވާ ކަމަށެވެ. ސާންތީ ބުނީ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވެސް ބުނި ފަދައިން، އީގަލްސް އަށް އޮންނާނެ ހަމައެކަނި އުނދަގުލަކީ ވަރުގަދަ މެޗެއް ކުއްލިއަކަށް ކުޅެން ޖެހުން ކަމަށެވެ. މެޗުގެ ފުރަތަމަ 15 މިނެޓުގައި އެކަން ފެނުނު ކަަމަށް ވެސް ސާންތީ ބުންޏެވެ. ނަމަވެސް އޭނާ ބުނީ މެޗުގައި އީގަލްސްގެ ކުޅުންތެރިން ކުރި މަސައްކަތާމެދު ކޯޗުގެ ހައިސިއްޔަތުން ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ. ސާންތީ ބުނީ ކުޅުންތެރިން އޭނާ އަށް ދިނީ ވަރަށް ރަނގަޅު މެސެޖެއް ކަމަށާއި، ސީޒަން އަދި ކުރިއަށް އޮތީ ކަމަށެވެ. އޭނާ ބުނީ އީގަލްސް އިން ކުރިއަށް އޮތްތަނުގައި ފެންނާނީ މިއަށްވުރެ ރަނގަޅަށް ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން ސާންތީ ބުނީ މާޒިޔާާގައި ތިބި ކުޅުންތެރިންނަކީ ވަރަށް ހުނަރުވެރި ބައެއް ކަމަށެވެ. އެ ޓީމުގައި ތިބި ބިދޭސީ ކުޅުންތެރިންނަށް ބެލި ނަމަވެސް، ތަފާތުތަކެއް ފެންނާނެ ކަމަށެވެ. ސާންތީ ބުނީ އެ ފެންވަރުގެ ކުޅުންތެރިންތަކެއް ތިބޭއިރު ކޮންމެވެސް ގޮތަކަށް ނަތީޖާ ނިކުންނާނެ ކަމަށެވެ. ނަމަވެސް އެ މެޗުގައި މާޒިޔާ އިން އީގަލްސް ކޮޅަށް ޖެހި ދެ ލަނޑަކީ ވެސް މާ ރޭވުންތެރިކަމާއެކު ޖެހި ލަނޑުތަކެއް ނޫން ކަމަށާއި، އެއީ އީގަލްސް އަށް ހެދުނު ކުދިކުދި ގޯސްތަކެއްގެ ސަބަބުން ޖެހުނު ދެ ލަނޑު ކަމަށެވެ. އެކަން ފާހަގަ ކުރަމުން ސާންތީ ބުނީ ކުރިއަށް އޮތް ތަނުގައި އީގަލްސް އިން ޑިފެންސް ވެސް ވަރަށް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. އޭނާ ބުނީ އެ މެޗުގައި ފެނުނު ކުޅުމާއެކު އީގަލްސްގެ ކުޅުންތެރިންނާމެދު އޭނާގެ އިތުބާރު ބޮޑުވެއްޖެ ކަމަށެވެ.

މީގެ އިތުރުން ސާންތީ ބުނީ މިހާރު ކަލަންޑަރުގައި އޮތް ގޮތުން އަށް ވަނަ ދުވަހު ޕްރެޒިޑެންޓްސް ކަޕް ފަށާނެ އެވެ. އޭނާ ބުނީ އުންމީދު ކުރަނީ ކަލަންޑަރުގައި އޮތް ގޮތަށް އެ ތާރީޚުގައި މުބާރާތް ފަށާނެ ކަމަށެވެ. މުބާރާތް ތާރީޚަށް ނުފަށައިފި ނަމަ އެއީ އީގަލްސްގެ އިތުރުން މާޒިޔާ އަށް ވެސް ލިބޭނެ ގެއްލުމެއް ކަމަށް ވެސް ސާންތީ ބުންޏެވެ.

އީގަލްސް އަކީ މާޒިޔާ އަށް ފަހު ސީޒަނަށް ފަރިތަކުރުންތައް ފަށައިގެން ކުރިއަށް ގެންދިޔަ ދެ ވަނަ ޓީމެވެ. ސީޒަންގެ ކުރިން އީގަލްސް އަށް ވާދަވެރި މެޗުތަކެއް ކުޅެން ލިބިފައި ނެތުމުގެ ކަންބޮޑުވުން މީގެ ކުރިން ވެސް ސާންތީ ވަނީ ފާޅުކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

11 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު