Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރުކާރުގެ ކުންފުނިތައް ރެގިއުލޭޓްކުރުން

ސަރުކާރު ހިއްސާވާ ކުންފުނިތައް ރެގިއުލޭޓްކުރުން ކުޑަކަމަށް ބުނެ މެންބަރުންގެ ކަންބޮޑުވުން

3 އެޕްރީލު 2023 | ހޯމަ 08:16

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމަށް ބަދަލުގެންނަން ޖެހޭ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 3 އެޕްރީލު 2023 | ހޯމަ 08:16
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ސަރުކާރު ހިއްސާވާ ކުންފުނިތައް ރެގިއުލޭޓްކުރުން ކުޑަކަމަށް ފާހަގަކޮށް މަޖިލީހުގެ މެންބަރުންގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މެމްބަރުން މި މޭރުމުން ވާހަކަދައްކާފައި ވަނީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ، ސަރުކާރު ހިއްސާވާ ކުންފުނިތައް އުފެއްދުމާއި، އުވާލުމާއި އަދި ރެގިއުލޭޓްކޮށް މޮނިޓަރކުރެވޭނެ ޤާނޫނެއް އެކުލަވާލުމަށް އެދި ގޮވާލާ ޤަރާރުގެ ބަހުސް މަރުހަލާގައެވެ. ހޯމަ ދުވަހު އެ ޤަރާރުގެ ބަހުސް ވަނީ ނިންމާލާފައެވެ. މެމްބަރުން ވަނީ ޤަރާރަށް ބަހުސް ކުރަން ކަނޑައެޅިފައިވާ ވަގުތު ހަމަވަންދެން ބަހުސްކުރައްވާފައެވެ.

Advertisement - newsAdvertisement

ބިލަށް ބަހުސްކުރެއްވި ސަރުކާރަށް ތާއީދުކުރާ މެންބަރުން ވަނީ ކުންފުނިތައް މެނޭޖްކުރުމުގައި ހުރި ދަތިތަކަކީ މި ސަރުކާރަށް އެކަނި ދިމާވާ ގޮންޖެހުމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ކުންފުނިތަކުގެ މެނޭޖްކުރުން ހަރުދަނާކުރުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ސަރުކާރުން މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށް އެ މެމްބަރުން ވަނީ ވިދާޅުވެފައެވެ. އަދި މަޖިލީހުގައި މިހާރު ހުރި ޤާނޫނުތަކުގެ ތެރޭގައި ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ހުށަހަޅާފައިވާ ބިލުތައް ހުރި ކަމަށް ވެސް މެންބަރުން ވިދާޅުވެފައިވެއެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި އެ ގަރާރު ހުށަހެޅުއްވި މެންބަރު އިލްޔާސް ވަނީ ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގައި އެކަށީގެންވާ ޕްލޭނެއް ނެތް ކަމަށާއި ކޮރަޕްޝަން ބޮޑު ކަމަށް ވިދާޅުވެފައެވެ. އަދި ކުންފުނީގެ މަގްސަދުތައް ހާސިލްކުރުމަށް ރަނގަޅަށް މަސައްކަތް ނުކުރެވޭ ކަމަށް އިލްޔާސް ވަނީ ވިދާޅުވެފައެވެ. އިލްޔާސް ވަނީ ކުންފުނިތަކުގެ ޕްރޮކިއުމެންޓް، ފައިނޭންޝަލް ޕޮލިސީ، ބަޖެޓަރީ ޕޮލިސީ ފަދަ ކަންކަން ރަނގަޅަށް ބެލެހެއްޓެމުން ނުދާ ކަމަށް ފާހަގަކުރައްވާ އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެ ގަރާރުގެ ބަހުސް އަށް ފަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕޭރޯލްގައި ސިވިލް ސަރވިސްގެ މުސާރަ އަށް ވުރެ ގިނައިން ފައިސާ ހުންނަން ޖެހޭ ކަމަށެވެ. ބަޖެޓަށް ވުރެ އިތުރަށް އެ ކުންފުނިތަކަށް ޚަރަދު ކުރަން ޖެހުމާއި، ލޯނުތައް ދައްކަން، ދަރަނި ފޫބައްދަން ސަރުކާރުން ބޮޑުވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމަށް ބަދަލުގެންނަން ޖެހޭ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް