Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބްރޯޑްކާސްޓިންގ ކޮމިޝަން

ބްރޯޑްކޮމްއަށް އައްޔަން ކުރަން ޝިހާމް އާއި ސަފާއަށް ރުހުން ދީފި

ޝިހާމް އާއި ސަފާގެ ތެރެއިން ބްރޯޑްކޮމްއަށް މެމްބަރަކު އައްޔަން ކުރާނީ ކޮމިޓީ ރިޕޯޓް މަޖިލީހަށް ހުށަހެޅުމަށްފަހު ތަޅުމުގައި ނަގާ ވޯޓަކުން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 2 އެޕްރީލު 2023 | އާދީއްތަ 12:25
ބްރޯޑްކޮމްއަށް އައްޔަން ކުރުމަށް ކޮމިޓީން ރުހުން ދިން ދެ ބޭފުޅުން

ބްރޯޑްކޮމްއަށް އައްޔަން ކުރުމަށް ކޮމިޓީން ރުހުން ދިން ދެ ބޭފުޅުން

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އަށް މެމްބަރަކު އައްޔަން ކުރުމަށް ފޮނުވަފައިވާ ނަންތަކުގެ ތެރެއިން ދެ ބޭފުޅަކަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ބްރޯޑްކޮމްއަށް މެމްބަރަކު އައްޔަން ކުރައްވަން މަޖިލީހަށް ހަތަރު ނަމެއް ފޮނުއްވެވިއެވެ. އެ ނަންތަކުގެ ތެރެއިން ކޮމިޓީން ރުހުން ދީފައިވަނީ ދަފްތަރު ނަންބަރު 5143 ޝިހާމް މުޙައްމަދު ވަހީދު އާއި  ދ. މީދޫ ބިއްލޫރިވިލާ ޞަފާ ޝަފީގުއަށެވެ.

Advertisement - newsAdvertisement

އެ ކޮމިޓީން މި ގޮތަށް ފާސްކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންތައް ދިރާސާ ކުރުމަށް ފަހު އެ ބޭފުޅުންނަށް ގާނޫނު އެނގިވަޑައިގަންނަވާ މިންވަރު ބެލުމުގެ ޓެސްޓު ކުރުމުގެ އިތުރުން އިންޓަވިއު ކުރުމަށް ފަހުގައެވެ. މި ދެ ބޭފުޅުންނަށް ރުހުން ދިނުމަށް ފާސްކޮށްފައިވަނީ ކޮމިޓީގައި ތިއްބެވި ނުވަ މެމްބަރުންގެ އިއްތިފާގުންނެވެ.

ބްރޯޑްކޮމްއަށް މެމްބަރަކު އައްޔަން ކުރުމަށް ނަން ފޮނުއްވާފައިވަނީ އެކޮމިޝަނުގެ މެމްބަރު އަމްޖަދު އިބްރާހީމްގެ މެމްބަރުކަމުގެ މުއްދަތު މާރޗް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހަމަވެފައިވާތީއެވެ. އެ މަގާމަށް ރައީސް ފޮނުއްވި ހަތަރު ނަމުގެ ތެރޭގައި ޝިހާމް އާއި ސަފާގެ އިތުރުން ހިމެނެނީ ދ. ކުޑަހުވަދޫ، ފިނިވާދީގެ ޝާން ސޯލިހް މުހައްމަދު އާއި ވ. ރޯޝަން ހުސައިން އަމްރުއެވެ.

ޝިހާމް އާއި ސަފާގެ ނަން ކޮމިޓީން ފާސްކޮށްފައިވާއިރު އެ ދެ ބޭފުޅުންގެ ތެރެއިން ބްރޯޑްކޮމްއަށް މެމްބަރަކު އައްޔަން ކުރާނީ ކޮމިޓީ ރިޕޯޓް މަޖިލީހަށް ހުށަހެޅުމަށްފަހު ތަޅުމުގައި ނަގާ ވޯޓަކުންނެވެ.

ބްރޯޑްކޮމްގެ މެމްބަރެއްގެ މުއްދަތު ހަމަވުމާ ގުޅިގެން އެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމުގެ މަސައްކަތް މަޖިލީހުގައި މިހާރު ކުރިއަށްދާއިރު ކުރިން އެ ކޮމިޝަންގެ ނައިބުރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ގައިސް، މިއަހަރު ޖެނުއަރީ މަހު އިސްތިއުފާ ދެއްވުމާ ގުޅިގެން އިތުރު މެމްބަރަކު ހޮވުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ރައީސް ފޮނުވި ފަސް ނަމުގެ ތެރެއިން ތިން ބޭފުޅެއްގެ ނަން ފާސްކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ހއ. ހޯރަފުށި، ރިވޯޑް، އައިމިނަތު ނުޒުހާ އާއި ވ. ރޯޝަން ހުސެއިން އަމްރު އާއި ގދ. ތިނަދޫ، މުޝްތަރީގެ، މަރިޔަމް ނަރީމާން ޝަރީފްއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަކީ ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. ބްރޯޑްކޮމްގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާއާއި އައިމިނަތު އަމީނާއާއި އަލީ ޔޫސުފާއި މުހައްމަދު ފަޒީނާއި ޝިފްލާ އިބްރާހިމްއެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

11 ފެބުރުއަރީ 2017
މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި
07 ފެބުރުއަރީ 2017

ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި

07 ފެބުރުއަރީ 2017
ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު