Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އެސްޓީޢޯ

އެސްޓީއޯ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް އާއްމު ހިއްސާދާރުންނަށް ހުޅުވާލައިފި

އަންހެނުން މި މަގާމަށް ކުރިމަތިލުމަށް ބާރުއަޅާ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 1 އެޕްރީލު 2023 | ހޮނިހިރު 07:18
އެސްޓީއޯގެ 4 ވަނަ ކުއާޓަރުގެ ޖުމްލަ އާމްދަނީގެގޮތުގައި 3.3 ބިލިއަން ރުފިޔާ ލިބިފައިވޭ

އެސްޓީއޯގެ 4 ވަނަ ކުއާޓަރުގެ ޖުމްލަ އާމްދަނީގެގޮތުގައި 3.3 ބިލިއަން ރުފިޔާ ލިބިފައިވޭ

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު އާއްމު ހިއްސާދާރުންނަށް ހުޅުވާލައިފިއެވެ.

އެސްޓީއޯގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުންނާއި, ކުންފުނީގެ ހިއްސާ ބެހިފައިވާ ނިސްބަތުން, ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ތެރެއިން އެއް ޑިރެކްޓަރަކު އައްޔަންކުރާނެއެވެ. އެ ބޯޑުގައި ޖުމްލަ ހަތް ޑިރެކްޓަރުން ތިއްބަވާއިރު, ބާކީ ހަ ޑިރެކްޓަރުން އައްޔަންކުރާނީ ކުންފުނީގެ މައި ހިއްސާދާރުންނެވެ. އެސްޓީއޯއަކީ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. އެހެންކަމުން އާންމު ހިއްސާދާރުންގެ ތެރެއިން ހޮވާ ޑިރެކްޓަރު ނޫން އެހެން ޑިރެކްޓަރުން އައްޔަންކުރާނީ ސަރުކާރުންނެވެ.

Advertisement - businessAdvertisement

އެ ކުންފުނީގެ ގަވާއިދުގައި، ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރާ އަދި އިންތިޚާބުކުރާ ހުރިހާ ޑިރެކްޓަރުންނަކީވެސް، ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަކަށް ވުމަށް ބާރުއަޅައެވެ. އަދި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގައި ބާރުއަޅާފަދައިން، ކުންފުނީގެ ބޯޑަށް ވީހާވެސް ގިނަ އަންހެނުން ކުރިމަތިލުމަށާއި، އިންތިޚާބުގައި ވާދަކުރުމަކީވެސް އެ ކުންފުނިން ބާރުއަޅާ ކަމެކެވެ.

އާންމު ހިއްސާދާރުންގެ ތެރެއިން ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާ ފަރާތަކީ، އުމުރުން 30 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ވާންޖެހޭނެއެވެ. އަދި ވިޔަފާރިއާ ގުޅުންހުރި ދާއިރާއަކުން ބައިނަލްއަގުވާމީ ޔުނިވަރސިޓީއަކުން، ދަށްވެގެން ފުރަތަމަ ޑިގްރީ ފެންވަރުގެ ސަނަދަކާއެކު ފަސް އަހަރުގެ އަމަލީ ތަޖުރިބާ، ނުވަތަ ޑިޕްލޮމާ ފެންވަރުގެ ސަނަދަކާއެކު މަދުވެގެން 10 އަހަރުގެ އަމަލީ ތަޖުރިބާ ލިބިފައި ހުންނަންޖެހޭނެއެވެ.

އެސްޓީއޯއިން އެ ކުންފުނީގެ އާންމު ހިއްސާދާރުންނަށް މި ފުރުސަތު ހުޅުވާލާފައިވަނީ 24 އޭޕްރިލް 2023ވާ ހޯމަ ދުވަހުގެ ހެނދުނު 10:00އާ ހަމައަށެވެ. އެ މުއްދަތުގެ ކުރިން އީމެއިލް މެދުވެރިކޮށް ނުވަތަ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް ވަނީ އެދިފައެވެ.

ފޯމު ހުށަހެޅުމުގެ ސުންގަޑި ހަމަވާއިރު ލިބިފައިވާ ފޯމުތަކުގެ ތެރެއިން، ބޯޑު ޑިރެކްޓަރުކަމަށް ޝަރުތު ހަމަވާ ފަރާތްތައް، "ބޯޑު ކެނޑިޑަސީ ގައިޑްލައިން" އަދި ސީއެމްޑީއޭގެ ކޯޕަރޭޓް ގަވަރނަންސް ކޯޑާއި ސީއެމްޑީއޭގެ ފިޓް އެންޑް ޕްރޮޕަރ ގައިޑްލައިނާ އެއްގޮތަށް ކުންފުނީގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީން އިވޭލުއޭޓްކޮށް، އިންޓަރވިއުކުރާނެއެވެ. އެއަށްފަހު ޑިރެކްޓަރުންގެ ބޯޑަށް ރިޕޯޓު ހުށަހެޅުމުން ބޯޑުން އެ މަގާމަށް ކުރިމަތިލެވޭނެ ފަރާތްތައް ކަނޑައަޅާނެއެވެ. ޑިރެކްޓަރުންގެ ބޯޑަށް މެމްބަރަކު އައްޔަންކުރާނީ އަހަރީ އާއްމު ޖަލްސާގައި އެ ކުންފުނީގެ ހިއްސާދާރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

އެސްޓީއޯއިން އެ ކުންފުނީގެ ބޯޑަށް އާންމު ހިއްސާދާރުންގެ ތެރެއިން މެމްބަރަކު އައްޔަންކުރަން އިއުލާންކޮށްފައިވާއިރު، އެ ކުންފުނީގެ އެންމެ މުހިންމު އެއް މަގާމު އޮތީ ހުސްކޮށެވެ. އެއީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސައިން އަމްރު އެ މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ. އެ މަގާމަށް މޯލްޑިވްސް ސްޓޭޓް ޝިޕިންގގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ސައީދު ހަމަޖައްސަން ޕީސީބީއަށް މިހާރު ވަނީ ފޮނުވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ

ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ

02 އޯގަސްޓު 2017
އާއްމުންނަށް ވިއްކި ހިއްސާ އެކަށައަޅައި އަންނަ އާދިއްތަދުވަހު އިއުލާނުކުރާނަން: އުރީދޫ

އާއްމުންނަށް ވިއްކި ހިއްސާ އެކަށައަޅައި އަންނަ އާދިއްތަދުވަހު އިއުލާނުކުރާނަން: އުރީދޫ

16 ޖޫން 2017
ޚަޒާނާ މޯލްޑިވްސް ލިމިޓެޑްގެ ޝަރީޢާ ބޯޑަށް މެމްބަރުން ހޯދަނީ

ޚަޒާނާ މޯލްޑިވްސް ލިމިޓެޑްގެ ޝަރީޢާ ބޯޑަށް މެމްބަރުން ހޯދަނީ

07 ޖޫން 2017
ހިއްސާއަކަށް 51ރ. ބަހަން އެސްޓީއޯއިން ނިންމައިފި

ހިއްސާއަކަށް 51ރ. ބަހަން އެސްޓީއޯއިން ނިންމައިފި

31 މެއި 2017
އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި

އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި

28 މެއި 2017

އަހަރުތަކުން މިއަދު

3 އެޕްރީލު
ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟
20251 އަހަރު ކުރިން
ރިޕޯޓު

ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި
20242 އަހަރު ކުރިން
ރާއްޖެ

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި

ގެރިކިރު ބޯކިބާ
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ގެރިކިރު ބޯކިބާ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު
20215 އަހަރު ކުރިން
ރާއްޖެ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު