Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

ޑޯޓްމަންޑް މެޗަކީ ބަޔާނަށް ބޮޑު ޗެލެންޖެއް، ކުރިއަށް ދިޔުމުގެ އުންމީދު އޮތް މެޗް

ބަޔާންގެ ކުޅުންތެރިންނަކީ މިފަދަ ވަގުތުތަކަށް ފަރިތަބައެއް، މީގެ ކުރިންވެސް ވަނީ އެކަން ސާބިތުކޮށްދީފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 އެޕްރީލު 2023 | ހޮނިހިރު 05:57
ޑޯޓްމަންޑު މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ޓުޗެލް

ޑޯޓްމަންޑު މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ޓުޗެލް

ޖަރުމަނު ލީގުގައި ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅޭ މެޗަކީ ޗެމްޕިއަން ބަޔާން މިއުނިކަށް ބޮޑު ޗެލެންޖެއްކަމަށާއި، ލީގުގައި ކުރިއަށްދިޔުމުގެ އުންމީދު އޮތީ އެ މެޗާ ގުޅިފައިކަމަށް ބަޔާންގެ އައު ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.

ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ކުޅޭ މެޗަކީ ބަޔާންގެ ކޯޗުކަމާ ޓުޗެލް ހަވާލުވިފަހުން އެ ޓީމުން ކުޅޭނެ އެންމެ ފުރަތަމަ މެޗެވެ. އެމެޗަށް ކުރިމަތިލާއިރު، އެއް ޕޮއިންޓުގެ ލީޑަކުން އެއްވަނާގައި އޮތީ، ޓުޗެލް ކުރިން އިރުޝާދުވެސް ދީފައިވާ ޑޯޓްމަންޑެވެ. އެ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަމުން ޓުޗެލް ބުނީ، އެއީ ވަރަށް ބޮޑު މެޗެއް ކަމަށާއި، ޚާއްޞަކޮށް ބަޔާންއިން އަލުން ލީގު ތާވަލްގެ އެއްވަނައަށް އަރަން މަސައްކަތްކުރާއިރު، އެއީ ޗެލެންޖިންގ މެޗެއް ކަމަށެވެ. އޭނާ ބުނީ އެ މެޗުން މޮޅުވިނަމަވެސް އަދި ލީގު ޗެމްޕިއަނުންނަށް ނުވާނެކަމަށެވެ. އޭނާ ބުނީ ބަޔާނަށް އޮތީ ވަރަށް މަދު ވަގުތުކޮޅެއް ކަމަށާއި، ޓީމުގެ ފަރާތުން އުންމީދުކުރާ ކަންތައްތަކާއި، ސަޕޯޓަރުންގެ ފަރާތުން އުންމީދުކުރާ ކަންތައްތައް ހުންނާނެކަމަށެވެ.

ޓުޗެލް ބުނީ އޭނާ ހުރީ ޓީމާމެދު ވަރަށް ބޮޑު އިތުބާރެއްގައި ކަމަށެވެ. ޚާއްޞަކޮށް ބަޔާންގައި ތިބި ކުޅުންތެރިންނަކީ މިފަދަ ހާލަތްތަކަށް ފަރިތަ ބައެއްކަން ފާހަގަކުރަމުން ޓުޗެލް ބުނީ، އެފަދަ ވަގުތުގައި ކުޅުންތެރިން މިހާތަނަށްވެސް އެމީހުންގެ ފެންވަރު ދައްކައިދީފައި އޮތްކަމަށެވެ. ޓުޗެލް ބުނީ މިހާރު އޮތް ހާލަތަށް އޭނާވެސް ބިރު ނުގަންނަ ކަމަށާއި، ކުޅުންތެރިންނާއި، ކޯޗިންގ މުވައްޒަފުން، ކުލަބުގެ ވެރިން، އަދި ސަޕޯޓަރުންނަށްވެސް މިއީ އައު ހާލަތެއް ނޫންކަމަށެވެ. އޭނާ ބުނީ ޑޯޓްމަންޑް މެޗަކީ ބަޔާންއިން ބިނާކުރަން ބޭނުންވާ ކަންކަމުގެ ފެށުމެއް ކަމަށެވެ. ނަމަވެސް އެއީ ބޮޑު މެޗެއް ކަމަށާއި، އެ ޗެލެންޖަށް ކުރިމަތިލާން އެންމެ ފުރިހަމައަށް ތައްޔާރަށް ތިބިކަމަށްވެސް ޓުޗެލް ބުންޏެވެ.

މީގެ އިތުރުން ޓުޗެލް ބުނީ، އެންމެ ފުރަތަމަ ފަރިތަކުރުންތައް ކުރިއަށްދިޔައީ އެކަކު އަނެކަކު ރަނގަޅަށް ދެނެގަތުމަށް ކަމަށާއި، އެއަށްފަހު ޓީމެއްގެގޮތުގައި ކުރިއަށްދާން ބޭނުންވާ ކަަންކަން ހިއްސާކުރެވުނު ކަމަށެވެ. ގެންނަން ބޭނުންވާ ބަދަލާއި، ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމުގައި ކުޅުންތެރިންގެ ފުޅާ ދައުރު އޮންނާނެ ކަމަށްވެސް އޭނާ ބުންޏެވެ.

ޖަރުމަނު ލީގުގައި ބަޔާންގެ ދަނޑުގައި އެ ޓީމުން ޑޯޓްމަންޑާ ދެކޮޅަށް ނުކުންނާނީ ހޮނިހިރު ދުވަހުގެ ރޭ ރާއްޖޭ ގަޑިން 21:30ގައެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު