ކ އަތޮޅުންފެށިގެން ވ އަތޮޅަށް ވައިޓް އެލަރޓް ނެރެފި
1 އެޕްރީލު 2023 | ހޮނިހިރު 03:16އެލަރޓް ނެރެފައިވަނީ މިއަދު ހެނދުނު 8:00ން މެންދުރު 12:00އާ ހަމައަށް


މޫސުން - މާލެއަށް ބޯކޮށް ވާރޭވެހެނީ
ކ އަތޮޅުން ފެށިގެން ވ އަތޮޅާ ހަމައަށް ވައިޓް އެލަރޓް ނެރެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން މި އެލަރޓް ނެރެފައިވަނީ މިއަދު ހެނދުނު 8:00ން ފެށިގެން މެންދުރު 12:00އާ ހަމައަށެވެ.
އެ އިދާރާއިން ބުނެފައިވާގޮތުގައި އެލަރޓުގެ މުއްދަތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށް ލަފާކުރެވެއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައިވާގޮތުގައި، މިއަދު މެދުރާއްޖެތެރެއާއި ދެކުނުގެ ރަށްތަކަށް ކެރީގެ އަސަރު ފޯރައި ގުގުރިނަމަވެސް، އެހެން ސަރަހައްދުތަކަށް އާއްމުގޮތެއްގައި މޫސުން ރަނގަޅުވާނެއެވެ. އަދި ވައި ޖެހޭނީ ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 3 މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.





