Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލެ ސިޓީ ކައުންސިލް

ޔޫތު މިނިސްޓްރީގެ ގުދަނެއްގެ ތަޅު ހަލާކުކޮށްލައި، ސިޓީ ކައުންސިލުން އެތަނުގައި ހުރި މުދާ ގެންގޮސްފި

އެތަނަށް ނުވަންނަން އެންގެވިކަމަށް މިނިސްޓަރ ވިދާޅުވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 1 އެޕްރީލު 2023 | ހޮނިހިރު 01:07
މާލެ ސިޓީ ކައުންސިލުގެ މުވައްޒަފުން، ހުއްދަ ނެތި ޔޫތު މިނިސްޓްރީގެ މުދާ ގެންދަނީ

މާލެ ސިޓީ ކައުންސިލުގެ މުވައްޒަފުން، ހުއްދަ ނެތި ޔޫތު މިނިސްޓްރީގެ މުދާ ގެންދަނީ

ޔޫތު މިނިސްޓްރީގެ ބިމެއްގައި ހުރި އެ މިނިސްޓްރީގެ ގުދަނެއްގެ ތަޅު ހަލާކުކުރުމަށްފަހު އެތަނުގައި ހުރި އަގުބޮޑެތި މުދާ، މާލެ ސިޓީ ކައުންސިލުން ގެންގޮސްފިއެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަޚުލޫފު ހުކުރު ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ، ސިޓީ ކައުންސިލުން އެކަން ކުރަނިކޮށް ފޮޓޯނަންގަވައި އާއްމުކުރައްވާފައެވެ. ފޮޓޯތަކުން ފެންނަގޮތުގައި މާލެ ސިޓީ ކައުންސިލުގެ ޔުނިފޯމުގައި ތިބި މުވައްޒަފުންތަކެއް، އެކި ސާމާނު އަޅާފައި ހުރި ފޮށިގަނޑުތަކެއް ޕިކަޕަކަށް ލައިގެން ގެންދެއެވެ.

Advertisement - newsAdvertisement

މިކަމާ ގުޅޭގޮތުން "ރާއްޖެ އެމްވީ"އަށް މިނިސްޓަރު ވިދާޅުވީ، ކުރިން ރުމާލު ދޭއް ޖަގަހަ ހުރި ތަނަކީ ޕްލޭނިންގ މިނިސްޓްރީން މީގެ ހަތަރު އަހަރު ކުރިން ޔޫތު މިނިސްޓްރީއަށް ދީފައިވާ ބިމެއް ކަމަށެވެ. އެ ބިން މިނިސްޓްރީއާ ހަވާލުކުރީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ގާއިމްކުރާ ކުޅިވަރު ވަސީލަތްތަކުގެ ތެރޭގައި ހިމެނޭ އިންޑޯރ ވޮލީ ކޯޓު ތަރައްގީކުރުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މިކަމުގެ ހުރިހާ އެއްބަސްވުމެއް ނިމިފައިވާކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ހުކުރު ދުވަހު ސިޓީ ކައުންސިލުން އެ މިނިސްޓްރީގެ ބޭފުޅަކަށް ގުޅައި އެތަން ހުސްކުރަން އެންގިކަމަށެވެ. ނަމަވެސް އެއީ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ތަނެއް ކަމަށާއި، ހުއްދަނެތި ނުވަނުމަށް އަންގަވާފައި ވާނެކަމަށްވެސް ވިދާޅުވިއެވެ.

އެގޮތަށް މިނިސްޓްރީން އަންގާފައިވަނިކޮށް، ހުކުރު ދުވަހުގެ ރޭ ދަންވަރު 12:50 ހާއިރު ކައުންސިލުގެ މުވައްޒަފުން ފޮނުވައިގެން އެ ބިމުގައި ހުރި ގުދަނުގެ ތަޅު ހަލާކުކޮށް، އެތަނުގައި ހުރި މުދާ ގެންގޮސްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އެތަނުގައި ހުރި ތަކެތީގެ ތެރޭގައި؛ ލައިޓާއި ސައުންޑު ފަދަ އަގުބޮޑު ސާމާނު ހިމެނޭ ކަމަށާއި, އަގު ބޮޑު އެއްޗެއް ނެތްނަމަވެސް ވެރިފަރާތުގެ ހުއްދައާނުލައި ތަނަކަށް ވަދެ އެފަދަ އަމަލެއް ހިންގައިގެން ނުވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ، މާލެ ސިޓީ ކައުންސިލުން ހުއްދައަކާ ނުލައި ގެންގޮސްފައިވާ ތަކެއްޗަށް ގެއްލުމެއް ލިބިއްޖެނަމަ އެ ގެއްލުމުގެ ޒިންމާ ނަގަންޖެހޭނެ ކަމަށްވެސް ވިދާޅުވެފައެވެ.

މި މައްސަލަ މިހާރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އުސޫލުގެ ތެރެއިން ކަންކަން ކުރެއްވުމަށް މާލެ ސިޓީ ކައުންސިލަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

އިތުރަށް ކިޔާލަން

27 އެޕްރީލު 2017

ފިނޭންސް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ބޭފުޅަކު ހަމަޖައްސަވައިފި

27 އެޕްރީލު 2017
ފިނޭންސް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ބޭފުޅަކު ހަމަޖައްސަވައިފި
15 އެޕްރީލު 2017

އިންޓަރނޭޝަން ޔޫތު ފޯރަމްގައި ރާއްޖެ ތަމްސީލުކުރުމަށް ސަފާތު ޗައިނާއަށް ފުރައިފި

15 އެޕްރީލު 2017
އިންޓަރނޭޝަން ޔޫތު ފޯރަމްގައި ރާއްޖެ ތަމްސީލުކުރުމަށް ސަފާތު ޗައިނާއަށް ފުރައިފި
31 މާރިޗު 2017

ތަޅު ހަލާކުކޮށްލުމަށް ފަހު، ރައީސް މައުމޫނުގެ އޮފީހުގެ ނަން ބޯޑާއި ދިދަ ފުލުހުން ނަގައިފި

31 މާރިޗު 2017
ތަޅު ހަލާކުކޮށްލުމަށް ފަހު، ރައީސް މައުމޫނުގެ އޮފީހުގެ ނަން ބޯޑާއި ދިދަ ފުލުހުން ނަގައިފި
30 މާރިޗު 2017

ފިނޭންސް މިނިސްޓްރީގެ ހޮޓްލައިން 1617 ތާޢާރަފުކޮށްފި

30 މާރިޗު 2017
ފިނޭންސް މިނިސްޓްރީގެ ހޮޓްލައިން 1617 ތާޢާރަފުކޮށްފި
14 މާރިޗު 2017

އެންވަޔަރމެންޓް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ވަސީމާ ހަަމަޖައްސައިފި

14 މާރިޗު 2017
އެންވަޔަރމެންޓް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ވަސީމާ ހަަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު