Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޯހިމެނުން 2022

ނުވަ އަހަރުން އިތުރުވީ 44،000 ދިވެހީން، އާބާދީ އެންމެ އިތުރުވީ ހުޅުމާލޭގައި

ރާއްޖޭގައި 500 މީހުން ހަމަނުވާ 40 ށްވުރެ ގިނަ ރަށް އެބައޮތް

އާލިމް ޢަބްދުއްލަތީފް
އާލިމް ޢަބްދުއްލަތީފް, ރާއްޖެ އެމްވީ | 31 މާރިޗު 2023 | ހުކުރު 11:58
މަގުމަތީގައި މީހުންތަކެއް ހިނގަނީ --

މަގުމަތީގައި މީހުންތަކެއް ހިނގަނީ --

ނުވަ އަހަރުން ރާއްޖޭގެ އާބާދީއަށް 44،000 ދިވެހީން އިތުރުވެ އާބާދީ 382،000އަށް އަރައިފިއެވެ.

ރާއްޖޭގެ ބޯހިމެނުމުގެ ތަފާސްހިސާބު އެންމެ ފަހުން އާންމުކުރީ 2014 ވަނަ އަހަރު އެވެ. އޭގެ ނުވަ އަހަރު ފަހުން 2022ވަނަ އަހަރުގެ ބޯހިމެނުމުގެ ވަގުތީ ނަތީޖާ އާންމުކޮށްފައިވާއިރު އެ ނަތީޖާ ދައްކާ ގޮތުން ރާއްޖޭގައި އުޅޭ ދިވެހީންގެ އާބާދީއަކީ 382،751 އެވެ. އެ އަދަދަކީ 2014ވަނަ އަހަރުގެ އަދަދާ ބަލާއިރު 44،317 މީހުންގެ އިތުރުވުމެކެވެ.

Advertisement - newsAdvertisement

ބިދޭސީންނާއެކު ރާއްޖޭގެ އާބާދީ މިހާރު 515،122 އަށް އަރައެވެ. ރާއްޖޭގެ އާބާދީގެ 26 އިންސައްތައަކީ މިހާރު ބިދޭސީންނެވެ. އެއީ 132،000އަށް ވުރެ ގިނަ ބިދޭސީންނެވެ. މިއީ 2014ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާއަށްވުރެ ދެގުނަ ބޮޑު އަދަދެކެެވެ. އޭރު ބިދޭސީންގެ އާބާދީ އޮތީ 63،000ގައެވެ.

ރާއްޖޭގެ އާބާދީގެ 46 އިންސައްތަ މީހުން އުޅެނީ އަތޮޅުތެރޭގައެވެ. 10 ޕަސެންޓު މީހުން ރިސޯޓުތަކުގައި އުޅެއެވެ. މާލެ ނުހިމަނާ އެންމެ ބޮޑު އާބާދީއެއް އޮތީ އައްޑޫގައެވެ. އެ ސިޓީގައި 25،000ށްވުރެ ގިނަ މީހުން އުޅެއެވެ. ރާއްޖޭގައި 500 މީހުން ހަމަ ނުވާ 40ށްވުރެ ގިނަ ރަށް މިހާރު ވެސް އެބައޮތެވެ. އެންމެ މަދު މީހުން އުޅޭ ވ. ރަކީދޫގައި އުޅެނީ ބިދޭސީންނާއެކު 77 މީހުންނެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ އާބާދީގެ 41 އިންސައްތަމީހުން ދިރިއުޅެނީ މާލޭގައެވެ. މިއީ ވެސް 2014 ވަނަ އަހަރާ ބަލާއިރު އިތުރުވުމެކެވެ. އެ ގޮތުން 2014 ވަނަ އަހަަރު މާލޭގައި ދިރިއުޅުނީ އާބާދީގެ 39 އިންސައްތަ މީހުންނެވެ. ބިދޭސީންނާއެކު 212،000އަށް ވުރެ ގިނަ މީހުން މާލޭގައި އުޅޭއިރު އޭގެ ތެރެއިން 31 އިންސައްތަ އަކީ ހުޅުމާލޭގައި ދިރިއުޅޭ މީހުންނެވެ.

ރާއްޖޭގެ އާބާދީ އެންމެ ބޮޑަށް އިތުރުވެފައިވަނީ ވެސް ހުޅުމާލޭގައެވެ. އެއީ 16 އިންސައްތައިގެ އިތުރުވުމެކެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ކޮންމެ 100 އަންހެނަކަށް 104 ފިރިހެނުން އެބަތިއްބެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

14 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު