Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުވެމްކޯ

ކުނި ބިލުގައި ނުޖެހި ދެނެއް ނޫޅެވޭނެ

ވެމްކޯއަކީ ގެއްލުމުގައި ހިންގަމުން އަންނަ ކުންފުންޏެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 30 މާރިޗު 2023 | ބުރާސްފަތި 05:52
މާލޭ މަގުމައްޗަށް ޖަމާކޮށްފައިހުރި ކުނި

މާލޭ މަގުމައްޗަށް ޖަމާކޮށްފައިހުރި ކުނި

މާލެ ސަރަހައްދުގެ ގޭބީސީތަކުން ކުނި އުކުމާއި، އެ ކުނި މާލެއިން ބޭރުކުރުމުގެ ޒިންމާ އުފުލާ ފަރާތަކީ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)އެވެ. މާލެ ސަރަހައްދު ސާފުކޮށް ބޭއްވުމުގެ ޒިންމާވެސް ނަގާފައިވަނީ ހަމަ މިކުންފުނިންނެވެ. ކުންފުނިން މާލެ ސަރަހައްދުގައި މި ޚިދުމަތްތައް ދެމުންދާތާ އެތައް އަހަރެއް މިހާރު ވަނީ ވެފައެވެ. ގޭގެއިން ކުނި ނެގުމާއި އެ ކުނި ތިލަފުއްޓަށް ގެންދިއުމާއި، އިތުރަށް ކުނި މެނޭޖްކުރުމަށް ތިލަފުށީގައި ކުރަންޖެހޭ މަސައްކަތްތައް ހުއްޓުމެއްނެތި ކޮންމެ ދުވަހަކު ވެމްކޯއިން ކުރިއަށްގެންދެއެވެ.

އެހެންނަމަވެސް ފާހަގަކޮށްލަންޖެހޭ އެއް ކަމެއް އެބައޮތެވެ. 2015 ވަނަ އަހަރު އެ ކުންފުނި އުފެދުނީއްސުރެ މިހާތަނަށް އައިއިރު އެކުންފުންޏަށް ފައިދާއެއްވީ މަދު ފަހަރެއްގައޭ ބުނުން ދޮގަކަށް ނުވެދާނެއެވެ. މީގެ ސަބަބު ގިނަ މީހުންނަށް އެނގޭނެކަން ޔަގީނެވެ.

ވެމްކޯއިން ދޭ މި ޚިދުމަތަކީ ހިލޭ ސާބަހަށް ދޭ ޚިދުމަތެއް ނޫނެވެ. އަގު ނަގައިގެން މި ޚިދުމަތް ދޭއިރު މާލެ ސަރަހައްދުގެ 50،000 ގޭބީސީގެ ތެރެއިން އެކުންފުނީގެ މި ޚިދުމަތަށް ރަޖިސްޓްރީކޮށްފައިވަނީ 24،000 ގޭބީސީއެވެ. ރަޖިސްޓްރީކޮށްފައިވާ ގޭބީސީތަކުގެ ތެރޭގައިވެސް މި ޚިދުމަތަށް އަގު ނުދައްކާ މީހުން ހިމެނެއެވެ. އަދި ނުވިތާކަށް ރަޖިސްޓްރީނުކުރާ ގޭބީސީތަކުގެ ތެރެއިންވެސް ގިނަ ގޭބީސީތަކުން ގެންދަނީ ހިލޭ ސާބަހަށް މި ޚިދުމަތް ހޯދަމުންނެވެ. މަގުމައްޗަށް ކުނި ނެރުމުން އެ ކުނި ގެންދިއުން ނޫން އިތުރު ގޮތެއް ވެމްކޯއަށް އޮންނާނެހެއްޔެވެ؟

މިގޮތުގައި އެކުންފުނީގެ ހިންގުން އެތައް އަހަރަކަށް ހިންގުމުގެ ނަތީޖާއަކީ ކުންފުންޏަށް ވާންޖެހޭ މިންވަރަށް ފައިދާ ނުވުމެވެ. އެތައް މިލިއަނުން ގެއްލުމުގައި ކުންފުނި ހިންގަމުންދިޔަނަމަވެސް ޚިދުމަތަށް ލަސްކަމެއްވެސް އަދި ފެންވަރަށްވެސް ބަދަލެއް ނުގެނެއެވެ. އެހެންނަމަވެސް އޭޕްރިލް އެކަކުން ފެށިގެން އެކުންފުނީގެ ޚިދުމަތުގެ ބިލްކުރާ ގޮތަށް ބަދަލު ގެންނަން ވަނީ ނިންމާފައެވެ.

އޭޕްރީލް މަހުން ފެށިގެން ކުނި ބިލު ހިމެނިގެންދާނީ ކަރަންޓު ބިލުގެ ތެރޭގައެވެ. ކަރަންޓު މީޓަރުގެ ހިނގާ ކޮންމެ ގެއެއްގެ ކަރަންޓު ބިލުގެ ތެރޭގައި ކުނި ބިލު ހިމެނޭނެއެވެ. އެހެންނަމަވެސް ލިފްޓު ނުވަތަ މެއިންޓެނެންސް މީޓަރުތަކަށް ކުނި ބިލެއް ނުފޮނުވާނެއެވެ. ދެން ހިލޭ ސާބަހަށް ވެމްކޯގެ ޚިދުމަތް ހޯދުމުގެ ފުރުސަތެއް ނުލިބޭނެއެވެ. ބިލް ނުދައްކާނަމަ ކަރަންޓު ވެސް ކެނޑޭނެއެވެ.

މި ބަދަލާއެކު މާލޭގެ ހުރިހާ ގެއަކުން ވެމްކޯއިން ކުނި ނަގާނެއެވެ. އެކުންފުނީގައި ރަޖިސްޓްރީ ނުކުރާ ގޭބީސީތަކުންވެސް ކުނި ނަގާނެއެވެ. އަދި ކުނި ނަގާނީ ކޮންމެ ގެއެއްގެވެސް ތިރިން ކަމަށް ވެމްކޯއިން ބުނެއެވެ. އަދި މައްޗަށް އަރައިގެން ކުނި ނަގާނަމަ އެކަން ކުރާނީ ޕްރިމިއަމް ޕެކޭޖެއްގެ ތެރެއިން ކަމަށް ވެމްކޯއިން ބުނެއެވެ.

މި ބަދަލާއެކު އެކުންފުންޏަށް މަހަކު 7.5 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިގެންދާނެކަމަށް ވެމްކޯއިން ވަނީ އަންދާޒާކޮށްފައެވެ. އެއީ ކޮންމެ ގޭބީސީއަކުން 150 ރުފިޔާގެ ރޭޓުންނެވެ.

އިތުރަށް ކިޔާލަން

15 ސެޕްޓެމްބަރު 2019

ދ.ކުޑަހުވަދޫ - ކުނި މެނޭޖް ކުރުމުގައި ނަމޫނާ ރަށެއް!

15 ސެޕްޓެމްބަރު 2019
ދ.ކުޑަހުވަދޫ - ކުނި މެނޭޖް ކުރުމުގައި ނަމޫނާ ރަށެއް!
03 އެޕްރީލު 2019

ހިޔާނާތްތެރިންނޭވެ، ފޮރުވަން އުޅުނަސް ދެނެއް ނުފޮރުވޭނެ އެވެ.

03 އެޕްރީލު 2019
ހިޔާނާތްތެރިންނޭވެ، ފޮރުވަން އުޅުނަސް ދެނެއް ނުފޮރުވޭނެ އެވެ.
31 ޑިސެމްބަރު 2018

ކެނދިކުޅުދޫގެ ކުޅީގެ ރީތިކަން ގެއްލި، އެތަން ކުނިގޮނޑަކަށް!

31 ޑިސެމްބަރު 2018
ކެނދިކުޅުދޫގެ ކުޅީގެ ރީތިކަން ގެއްލި، އެތަން ކުނިގޮނޑަކަށް!
26 ނޮވެމްބަރު 2018

މެދު ޒިޔާރަތް ކުނި ގޮނޑަކަށް، ހުކުރު މިސްކިތުގައި އިތުރު ތަނބުތަކެއް!

26 ނޮވެމްބަރު 2018
މެދު ޒިޔާރަތް ކުނި ގޮނޑަކަށް، ހުކުރު މިސްކިތުގައި އިތުރު ތަނބުތަކެއް!
15 ސެޕްޓެމްބަރު 2018

ޓެކްސީގެ އަގާއިމެދު އާންމުން ހިތްހަމަނުޖެހި، އިތުރު ދަތިތަކެއް!

15 ސެޕްޓެމްބަރު 2018
ޓެކްސީގެ އަގާއިމެދު އާންމުން ހިތްހަމަނުޖެހި، އިތުރު ދަތިތަކެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު