Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރެންޑްލީ މެޗު

ބެލްޖިއަމްއިން ޖަރމަނީ ބަލިކޮށް ތާރީޚީ މޮޅެއް!

29 މާރިޗު 2023 | ބުދަ 03:22

ބެލްޖިއަމް މެޗު ކާމިޔާބުކުރީ 3-2 ން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 29 މާރިޗު 2023 | ބުދަ 03:22
ބެލްޖިއަމްގެ ތިންވަނަ ލަނޑުޖެހުމަށްފަހު ޑިބުރޭނާ

ބެލްޖިއަމްގެ ތިންވަނަ ލަނޑުޖެހުމަށްފަހު ޑިބުރޭނާ

ބެލްޖިއަމްއިން ޖަރމަނީ ބަލިކޮށް, ތާރީޚީ މޮޅެއް ހޯދައިފިއެވެ.

ބައިނަލްއަޤްވާމީ ރަހުމަތްތެރިކަމުގެ މެޗެއްގައި ބެލްޖިއަމްއިން މިހޯދި މޮޅަކީ 69 އަހަރުގެ ތެރޭގައި ޖަރމަނީ އަތުން ހޯދި ފުރަތަމަ މޮޅެވެ. މެޗު ބެލްޖިއަމްއިން ކާމިޔާބުކުރީ 3-2 ނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާ ބެލްޖިއަމްއަށް ކުރިހޯދައިދިނީ ހަވަނަ މިނިޓްގައި ޔަނިކް ކަރާސްކޯއެވެ. އޭގެ ދެމިނިޓްފަހުން ޑި ބުރޭނާ ތަނަވަސްކޮށްދިން ފުރުޞަތަކުން ލުކާކޫ ދެވަނަ ލަނޑު ޖެހިއެވެ. އެކަމަކު ފުރަތަމަ ހާފްގެ ފަހު މިނިޓްގައި ނިކްލަސް ފުލްކްރޫގް ލަނޑެއްޖަހާ ޖަރމަނީއަށް އުއްމީދެއް ހޯދައިދިނެވެ. އެއީ ލުކާކޫ އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ. އެއުއްމީދަށް ހިޔަނި އެޅީ ދެވަނަ ހާފްގައި ކެވިން ޑެ ބުރޭނާއެވެ. އެކަމަކު ހިތްވަރުކޮށް ޖަރމަނީ އިތުރު ލަނޑެއް ޖަހާ ފަރަގު ކުޑަކުރިއެވެ. ޖަރމަނީގެ ދެވަނަ ލަނޑުޖެހީ ސާޖް ގްނާބްރީއެވެ.

މިއީ ބެލްޖިއަމްގެ އާ ކޯޗު ޑޮމެނިކޯ ޓެޑެސްކޯގެ އިރުޝާދުގެ ދަށުން ހޯދި ދެވަނަ މޮޅެވެ. ވަރލްޑްކަޕަށްފަހު ޓީމާ ހަވާލުވި ކޯޗުގެ އިރުޝާދުގެ ދަށުން ކުޅުނީވެސް ދެމެޗެވެ. ފުރަތަމަ މެޗަކީ މިހަފްތާގައި ކުޅުނު ޔޫރޯ ކޮލިފައިންގ މެޗެވެ. އެމެޗު ސްވިޑުން އަތުން މޮޅުވީ ލުކަކޫގެ ހެޓްރިކުންނެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް
30 ޖެނުއަރީ 2017

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް