Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް

28 މާރިޗު 2023 | އަންގާރަ 19:05

އެންމެ ފަހުން ދަގަނޑޭ ކުލަބް ފުޓުބޯޅައިގެ މެޗެއް ކުޅެފައި ވަނީ 2021 ވަނަ އަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 މާރިޗު 2023 | އަންގާރަ 19:05
ނިއު ރޭޑިއަންޓުގެ ވެރިންނާއެކު ދަގަނޑޭ

ނިއު ރޭޑިއަންޓުގެ ވެރިންނާއެކު ދަގަނޑޭ

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ބަދަލުވާން ނިންމައިފި ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

ދަގަނޑޭ އެންމެ ފަހުން ކުޅުނީ ކުލަބް ވެލެންސިއާ އަށެވެ. އެ ކުލަބަށް އޭނާ ބަދަލުވީ 2020 ވަނަ އަހަރު އެވެ. އެންމެ ފަހުން ދަގަނޑޭ ކުލަބް ފުޓުބޯޅައިގެ މެޗެއް ކުޅެފައި ވަނީ 2021 ވަނަ އަހަރު އެވެ. އޭގެ ފަހުން ދަގަނޑޭ ވަނީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރެފަ އެވެ. އަނިޔާ އަށް ފަހު އެނބުރި އައިސް ދަގަނޑޭ ވަނީ މިފަހުން ޤައުމީ ޓީމުގައި ވެސް ކުޅެފަ އެވެ. އެންމެ ފަހުން ޤައުމީ ޓީމުން ލ.ގަމުގައި ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ދަގަނޑޭ ވަނީ ކުޅެފަ އެވެ.

ދަގަނޑޭ ވަނީ މީގެ ކުރިން ވެސް ނިއު އަށް ކުޅެދީ، އެ ޓީމާއެކު ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ވެލެންސިއާގައި ހުރުމަށް ފަހު ދަގަނޑޭ ނިއު އަށް ބަދަލުވީ 2006 ވަނަ އަހަރު އެވެ. ނިއު އަށް ބަދަލުވި ސީޒަންގައި ދަގަނޑޭ ވަނީ އެ ޓީމާއެކު ދިވެހި ލީގު އަދި އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ. އެއަށްފަހު ދަގަނޑޭ ވަނީ ބުރުނާއީގެ ކުލަބަކަށް ވެސް ކުޅެފަ އެވެ. އަލުން ދިވެހި ކުލަބުން ދެން ދަގަނޑޭ ފެނުނީ ވީބީ އިންނެވެ. ހަތަރު އަހަރު އެ ޓީމަށް ކުޅެދިނުމަށް ފަހު، 2012 ވަނަ އަހަރު އަނެއްކާ ވެސް ދަގަނޑޭ ގުޅުނީ ނިއުއާ އެެވެ. ދަގަނޑޭ ވަނީ ނިއު އަށް ޖުމުލަ 123 ލަނޑު ޖަހައިދީފަ އެވެ. ނިއުގެ އިތުރުން ދަގަނޑޭ ވަނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ގިނަ ކުލަބުތަކަށް ކުޅެދީފަ އެވެ. އޭގެ ތެރޭގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ޓީސީ ސްޕޯޓްސް ކުލަބް އަދި ގްރީން ސްޓްރީޓްސް ހިމެނެ އެވެ. ދަގަނޑޭ އަކީ ޤައުމީ ފެންވަރުގައި ވެސް އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިޔެކެވެ.

ނިއު އިން އެ ކުލަބަށް ދަގަނޑޭ ގެންގޮސްފައިވަނީ، އަލުން އަނބުރާ އެއް ވަނަ ޑިވިޝަނަށް ޕްރޮމޯޓުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިންނެވެ. ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ ނުދެވުމުގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޝަންގައި އޮތުމަށް ފަހު، ނިއު އަށް އަލުން އަނބުރާ ފުޓުބޯޅަ އަށް އާދެވުނީ މިދިޔަ އަހަރު އެވެ. ނަމަވެސް އެ އަހަރުގެ ދެ ވަނަ ޑިވިޝަންގެ ފުޓުބޯޅަ މުބާރާތުގައި ވާދަކޮށް ނިއު އަށް ވަނީ ނާކާމިޔާބާ ކުރިމަތިލާން ޖެހިފަ އެވެ. އެހެންކަމުން އަލުން އެއް ވަނަ ޑިވިޝަނަށް ދެވެން އޮތީ މިއަހަރުގެ ދެ ވަނަ ޑިވިޝަންގައި ވާދަކޮށްގެންނެވެ.

އެންމެ ހިނގާ

1

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

2

އެއް މާއްދާއެއްގެ ދަށުން ތަފާތު ދެ އަދަބެއް ދިނުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟

3

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

4

ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި

5

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
16 ޖެނުއަރީ 2017

ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

16 ޖެނުއަރީ 2017
ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު
14 ޖެނުއަރީ 2017

ކީޕަރު ޒިޔަޒަން ނިއުރޭޑިއެންޓާ ގުޅިއްޖެ

14 ޖެނުއަރީ 2017
ކީޕަރު ޒިޔަޒަން ނިއުރޭޑިއެންޓާ ގުޅިއްޖެ
11 ޖެނުއަރީ 2017

ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ
11 ޖެނުއަރީ 2017

ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
07 ޖެނުއަރީ 2017

ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި

07 ޖެނުއަރީ 2017
ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި
04 ޖެނުއަރީ 2017

ފެންނާނެ ކްލަބް ވަރަށް އަވަހަށް އިއުލާންކުރާނަން: ދަގަނޑޭ

04 ޖެނުއަރީ 2017
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް