Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސްކޭމްތައް ހިންގާ މައްސަލަ

"ނަހަމަގޮތުގައި ބޭނުންކުރާ ސިމްކާޑު ބްލޮކްކޮށް ސިމްކާޑު ނެގޭ މިންވަރު ލިމިޓްކުރަން މެއި މަހު ފަށަނީ"

އަހަރަކަށްވުރެ އަހަރެއް ސްކޭމްގެ މައްސަލަތައް ހުށަހެޅޭ މިންވަރު އިތުރުވަމުންދާކަމަށް ފުލުހުން ބުނޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 28 މާރިޗު 2023 | އަންގާރަ 09:44
މަޖިލީހުގެ ގަވާއިދު ކޮމީޓީ

މަޖިލީހުގެ ގަވާއިދު ކޮމީޓީ

އޮޅުވާލައިގެން ސްކޭމް ކޯލްތައް ކުރުމާއި، ބޭންކު އެކައުންޓުތަކުން ފައިސާ ވަގަށް ނެގުމުގެ މައްސަލަތައް ހުއްޓުވަން ކުރާ މަސައްކަތުގެ ތެރެއިން ސިމްކާޑުތައް ބްލޮކް ކުރުމާއި ސިމް ނެގޭ މިންވަރު ލިމިޓުކުރުމުގެ މަސައްކަތް އަންނަ މޭއި މަގު ފަށާނެ ކަަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ ކެމް އިން ބުނެފިއެވެ.

އެ އޮތޯރިޓީ އިން އެހެން ބުނެފައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓްތަކުން ގިނަ އަދަދެއްގެ ފައިސާ ގެއްލެމުންދާ މައްސަލައާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީއިން ކަމާ ގުޅުންހުރި އިދާރާތަކުގެ ބޭފުޅުންނާ އެކު ބޭއްވި ބައްދަލުވުކުރެއްވުމުގައެވެ. އެ ކޮމެޓީގައި ވާހަކަދައްކަވަމުން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދު ވިދާޅުވީ އެކަަކުގެ ނަން މަތީގައި ސިމްކާޑު ނެގޭ މިންވަރު ލިމިޓް ކުރުމުގެ މަސައްކަތް އެންމެ ލަސްވެގެން އަންނަ މޭއި މަހު ފަށާނެ ކަަމަށެވެ. މީގެ އިތުރުން އެކަގުގެ ނަންމަތީގައި ގިނަ ސިމްތަކެއް ނަގާފައިވާ ފަރާތްތައް ދެނެގަތުމަށް ފަހު އެ ލިސްޓުން ނަމްބަރުތައް އުނިކުރުމުގެ މަސައްކަތް ވެސް މޭއި މަހުގެ ތެރޭގައި ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެ އުސޫލަކީ ހަމަޖައްސާ އުސޫލެއް ކަަމަށައި އެ އުސޫލުގެ ސަބަބުން އެކަކުގެ ނަން މަތީގައި ގިނަ ނަމްބަރުތައް ގެންގުޅުމުގެ މައްސަލަ އަށް ހައްލު ލިބޭނެ ކަމަށް އިލްޔާސް ވަނީ ވިދާޅުވެފައެވެ. އަދި މޭއި މަހުން ފެށިގެން އެކަކުގެ ނަން މަތީގައި މާ ގިނަ ނަންބަރު ހުންނަ ނަމަ ނަމްބަރުތަކުގެ ޚިދުމަތް ކަނޑާލާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެ ކޮމިޓީގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ މުޙައްމަދު ޝަރީފް ވިދާޅުވީ ޑިޖިޓަލް އައިޑީ ނިޒާމްގެ ތެރެއިން ސިމް ދޫކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދާކަމަށެވެ. އެގޮތުން މިހާރު ކުރިއަށް ދަނީ ޓެސްޓް މަރުހަލާ ކަމަށާއި، އެ މަސައްކަތް ކުރަމުން ދަނީ މުވާސަލާތީ ޚިދުމަތްދޭ ކުންފުނިތަކާއި އެކުގައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ކުރިއަށް އޮތްތަނުގައި ޑިޖިޓަލް އައިޑީ އާއި ސިމްކާޑާއި ގުޅޭލެވޭނެ ކަމަށާއި އެ ނިޒާމްގެ ސަބަބުން އޯޓީޕީގެ ނިޒާމަށް ބަރޯސާވުން ނިމުމަކަށް ގެނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ސައިބަރ ސެކުއިޓީގެ މައްސަލަތަކަށް ވެސް ހައްލު ލިބިގެންދާނެ ކަމެއް ކަަމަށް އޭނާ ވިދާޅުވިއެވެ.

އަންގާރަ ދުވަހުގެ ކޮމިޓީ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވަނީ، ސްކޭމް ކޯލުތައް ހުއްޓުވަން ކަރެކްޝަންސް އިން ކުރާ މަސައްކަތްތަކާއި ގުޅުން ހުރި ވާހަކަތައް ދައްކާ އިރު ކޮމިޓީ ބައްދަލުވުން ސިއްރުކޮށްދިނުމަށް އެދިވަޑައިގެންފައެވެ. އެހެންކަމުން ކަރެކްޝަންސް އާއި ގުޅުން ހުރި ވާހަކަތަކުގެ ބައި ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.

އަހަރަކަށްވުރެ އަހަރެއް ސްކޭމްގެ މައްސަލަތައް ހުށަހެޅޭ މިންވަރު އިތުރުވަމުންދާކަމަށް ފުލުހުން ބުނެއެވެ. މިގޮތުން 2019 ވަނަ އަހަރު މިފަދަ 368 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، 2020 ވަނަ އަހަރު 226 މައްސަލަ، 2021 ވަނަ އަހަރު 601 މައްސަލަ އަދި މިއަހަރުގެ މިހާތަނަށް 998 މައްސަލަ ރިޕޯޓުކޮށްފައިވާކަމަށް އޭނާ ހާމަކުރެއްވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއެމްއޭގެ މުއައްޒަފުންނަށް ގެދޮރު ގަތުމަށް ލޯނު ނެގޭ ގޮތަށް ގަަވައިދު އާންމުކޮށްފި

އެމްއެމްއޭގެ މުއައްޒަފުންނަށް ގެދޮރު ގަތުމަށް ލޯނު ނެގޭ ގޮތަށް ގަަވައިދު އާންމުކޮށްފި

08 ޖުލައި 2017
ކާރިސާތަކުގައި ބޭނުންކުރާ 9.9 މިލިއަން ޑޮލަރުގެ ތަކެތި އެމްއެންޑީއެފަށް ދީފި

ކާރިސާތަކުގައި ބޭނުންކުރާ 9.9 މިލިއަން ޑޮލަރުގެ ތަކެތި އެމްއެންޑީއެފަށް ދީފި

14 ޖޫން 2017
ބިދޭސީ ޓީޗަރުން ރާއްޖެ ގެނައުމަށް ނަހަމަގޮތުގައި ފައިސާ ނަގާކަން ހާމަވެއްޖެ

ބިދޭސީ ޓީޗަރުން ރާއްޖެ ގެނައުމަށް ނަހަމަގޮތުގައި ފައިސާ ނަގާކަން ހާމަވެއްޖެ

17 މެއި 2017
އައިއެސް އިން ބޭނުންކުރާ ދިދަ މާލޭގައި ބެހެއްޓި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައިއެސް އިން ބޭނުންކުރާ ދިދަ މާލޭގައި ބެހެއްޓި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

09 މެއި 2017
ދީން ހަތިޔާރަކަށް ބޭނުންކުރާނަމަ ނުރައްކާވާނެ: ޝިފާ

ދީން ހަތިޔާރަކަށް ބޭނުންކުރާނަމަ ނުރައްކާވާނެ: ޝިފާ

26 އެޕްރީލު 2017

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު