Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

ކޯޗު ވަކިކުރުމުން ފެކްޝަން އުފެދި ބަޔާން ފަނިވެއްޖެ

28 މާރިޗު 2023 | އަންގާރަ 08:30

ނާގެލްސްމަންއާމެދު އެންމެ ބޮޑު ހިތްހަމަނުޖެހުމެއް ގެންގުޅެނީ ކެޕްޓަން މެނުއަލް ނޯޔާ

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 28 މާރިޗު 2023 | އަންގާރަ 08:30
ބަޔާންގެ ކުޅުންތެރިންނާއެކު ކުރީގެ ކޯޗު ނާގެލްސްމަން (މ): ޓީމު ވަނީ ދެބައިވެފައި

ބަޔާންގެ ކުޅުންތެރިންނާއެކު ކުރީގެ ކޯޗު ނާގެލްސްމަން (މ): ޓީމު ވަނީ ދެބައިވެފައި

ކޯޗުކަމުން ހޫލިއަން ނާގެލްސްމަން ވަކިކުރި މައްސަލާގައި ބަޔާން މިއުނިކްގެ ކުޅުންތެރިންގެ މެދުގައި ފެކްޝަން އުފެދި ޓީމު ފަނިވެއްޖެ އެވެ.

ޖަރުމަނުގެ ނޫސްތަކުން ބުނާ ގޮތުގައި މީގެ ދޮޅު އަހަރު ކުރިން ގެނައި ކޯޗު ނާގެލްސްމަން އަށް ނާންގައި، އޭނާ ވަކިކުރުމުގެ ކުރިން އައު ކޯޗަކަށް ވަޒީފާ ދިނުމަކީ ކުޅުންތިންގެ ވަރަށް ބޮޑު ހިތްހަމަނުޖެހުމެކެވެ.

ނާގެލްސްމަންއާމެދު އެންމެ ބޮޑު ހިތްހަމަނުޖެހުމެއް ގެންގުޅެނީ ޖަރުމަނާއި ބަޔާންގެ ވެސް ކީޕަރު އަދި ކެޕްޓަން މެނުއަލް ނޯޔާ އެވެ. މީގެ އެންމެ ބޮޑު ސަބަބަކީ އޭނާ އަށް ކޯޗުކޮށްދުން އައި ގޯލްކީޕަރު ޓްރޭނަރު 12 އަހަރަށް ފަހު ކުލަބުން ވަކުވުމުގައި ނާގެލްސްމަންގެ ދައުރެއް އޮތުމެވެ. މީގެ އިތުރުން ސާގް ގެނެބްރީ އާއި ލެރޯއީ ސާނޭ އަދި ޖަމާލް މުސިއާލާ އާއި ޔާއޯ ކަންސެލޯގެ އިތުރުން ސާދިއޯ މާނޭ އަކީ ނާގެލްސްމަން ކުޅުވާ ސްޓައިލާމެދު ހިތްހަމަނުޖެހޭ ކުޅުންތެރިންނެވެ.

މީގެ އެންމެ ބޮޑު ސަބަބަކީ އަރިމަތިން ދެ ވިންގަށް ބަރޯސާ ވެގެން ބަޔާން ކުޅެމުން އައި ސްޓައިލް ބަދަލުކޮށް ބޯޅަ ހިފަހައްޓައިގެން މެދުތެރެއިން ބޮޑަށް އެޓޭކް ކުރަން ނާގެލްސްމަން މަސައްކަތް ކުރުމެވެ.

ނަމަވެސް މި ސްޓައިލާމެދު ހިތްހަމަޖެހޭ ކުޅުންތެރިން ވެސް މަދެއްނޫނެވެ. އޭގެ ތެރެއިން ނާގެލްސްމަންއަށް އެންމެ ބޮޑަށް ތާއީދު ކުރަނީ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ހޯޝުއާ ކިމިޗެވެ. އަދި ލިއޯން ގޮރެޓްޒްކާ އަކީ ވެސް ނާގެލްސްމަނަށް ވަރަށް ބޮޑަށް ތާއީދުކުރާ ކުޅުންތެރިއެކެވެ. މީގެ އިތުރުން މަތިއަސް ޑިލިޓާއި ބެންޖަމިން ޕަވާޑް އަދި ޑަޔަޓް އުޕަމެނާކޯ ވެސް އޭނާ އަށް ތާއީދުކުރެ އެވެ.

ވަކިކޮޅަށްނުޖެހި މެދުގައި ހުރީ ތޯމަސް މުލާއެވެ. އޭނާ ދަނީ ނާގެލްސްމަން ވަކިކުރުމާއި ކުރިން ވެސް ކުރީގެ ކޯޗަށް އެއްވެސް އެއްޗެއް ނުބުނެ ޓީމު އިސްކުރަމުންނެވެ.

އުމުރުން 36 އަހަރުގެ ނާގެލްސްމަން ކޯޗުކަމުން ވަކިކުރީ ޓީމަށް ކުރިއެރުން ނާންނަ ކަމަށް ބުނެ އެވެ. ހާއްސަކޮށް ވޯލްޑްކަޕަށްފަހު ލީގު އަލުން ފަށައިގެން، ސްޓައިލް ބަދަލުކުރުމުގެ އޮއިވަރުގައި 12 ޕޮއިންޓް ގެއްލުމަކީ އޭނާ އަށް ކުރިމަތިވި އެންމެ ބޮޑު މައްސަލަ އެވެ.

މިހާރު އޮތް އެންމެ ބޮޑު ސުވާލަކީ އައު ކޯޗު ތޯމަސް ޓުޗެލް އަށް މިހުރިހާ ކުޅުންތެރިން އެކުވެރިކޮށް ގެންގުޅެވިދާނެތޯ އެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ

15 ފެބުރުއަރީ 2017
ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ
07 ފެބުރުއަރީ 2017

ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު

07 ފެބުރުއަރީ 2017
ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
05 ފެބުރުއަރީ 2017

ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ

05 ފެބުރުއަރީ 2017
ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ
03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
17 ޖެނުއަރީ 2017

ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި

17 ޖެނުއަރީ 2017
ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި
14 ޖެނުއަރީ 2017

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
04 ޖެނުއަރީ 2017

ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު

04 ޖެނުއަރީ 2017
ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް