Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފުޓްބޯޅަ ގަވާއިދު

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ

ފީފާ ބޭނުންވަނީ ޕެނަލްޓީ ޖަހާ ކުޅުންތެރިޔާ އަށް އެޑްވާންޓޭޖް ބޮޑުކުރަން

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 26 މާރިޗު 2023 | އާދީއްތަ 07:21
ވޯލްޑްކަޕް ފައިނަލްގައި މާޓިނޭޒް ބޯޅަ ދުރައް އެއްލާލަނީ: މިކަން އައު ގަވާއިދުގައި މަނާކުރާނެ

ވޯލްޑްކަޕް ފައިނަލްގައި މާޓިނޭޒް ބޯޅަ ދުރައް އެއްލާލަނީ: މިކަން އައު ގަވާއިދުގައި މަނާކުރާނެ

ޕެނަލްޓީ ޖަހާއިރު ކީޕަރުގެ އަމަލުތައް ހުއްޓުވަން ފުޓްބޯޅައިގެ ގަވާއިދަށް ބަދަލު ގެންނަން ނިންމައިފި އެވެ.

ފުޓްބޯޅަ ގަވާއިދު ތައްޔާރު ކުރާ މީހުން މިހާރު ނިންމަން އުޅެނީ އަންނަ ޖުލައި މަހުން ފެށިގެން ޕެނަލްޓީ ޖަހާއިރު ކީޕަރަށްވުރެ ޕެނަލްޓީ ޖަހާ ކުޅުންތެރިޔާ އަށް އެޑްވާންޓޭޖް ބޮޑުކޮށްދިނުމަށެވެ.

މި ގޮތުން ޕެނަލްޓީ ޖެހުމުގެ ކުރިން ޕެނަލްޓީ ސްޕޮޓް ކީޕަރާއި އޭނާގެ ޓީމުން ހިސާރުކުރުން ނިމުމަކަށް ގެންނާނެ އެވެ. އަދި ގޯލުގެ އަރިމަތީ ދެ ދަނޑީގައި ތެޅުމާއި ހުރަސް ދަނޑީގައި އެލިގަތުމާއި ގޯލް ދާގަނޑާ ކުޅުން ފަދަ ކަންކަން ކީޕަރަކަށް މަނާކުރާނެ އެވެ.

މީގެ އިތުރުން ބޯޅަ އަތަށް ނަގައި ޕެނަލްޓީ ޖަހަންދާ ކުޅުންތެރިޔާއާ ދުރަށް އެއްލާލުން ފަދަ ކަންކަން ހުއްޓުވާނެ އެވެ. އައު ގަވާއިދުގައި އޮންނާނީ ކީޕަރު ބޯޅަ އަތަށް ނެގިނަމަވެސް ބޯޅަ ދޭން ޖެހޭނީ ޕެނަލްޓީ ޖަހަންދާ ކުޅުންތެރިޔާ އަށް ކަމަށެވެ. މި ގޮތަށް ގަވާއިދު ބަދަލު ކުރަން ޖެހުނު އެންމެ ބޮޑު ސަބަބަކީ އެންމެ ފަހުގެ ވޯލްޑްކަޕުގައި އާޖެންޓީނާގެ ކީޕަރު އެމެލިއާނޯ މާޓިނޭޒްގެ އަމަލުތައް ހުރި ގޮތުން އޭނާ އަށް މާގިނަ އެޑްވާންޓޭޖްތަކެއް ލިބުމެވެ.

ފައިނަލް މެޗުގައި ފްރާންސްގެ ކުޅުންތެރިން ޕެނަލްޓީ ޖަހަންދާއިރު ބޯޅަ އެމީހުންނާ ދުރަށް މާޓިނޭޒް ވަނީ އުކާފަ އެވެ. އަދި ޖަހާ ކުޅުންތެރިޔާ އަށް "ޖެއްސުން" ކުރުމަށް ގޯލްތެރޭގައި އޭނާ އަމަލުކުރި ގޮތަކީ އިދިކޮޅު ކުޅުންތެރިޔާ އަށް އިހްތިރާމް ނުކުރުން ކަމަށް ގަވާއިދު ދިރާސާކުރާ މީހުން ގަބޫލުކުރެ އެވެ.

ގަތަރުގައި ޑިސެމްބަރު މަހު ނިމުނު ވޯލްޑްކަޕް އާޖެންޓީނާ ކާމިޔާބުކުރުމުގައި މާޓިނޭޒް ދިފާއުކުރި ޕެނަލްޓީތައް މުހިންމު ދައުރެއް އަދާކުރި އެވެ.

ފީފާ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް
08 ޑިސެމްބަރު 2025

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު

06 ޑިސެމްބަރު 2025
ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު
06 ޑިސެމްބަރު 2025

ވޯލްޑް ކަޕް ގެ ގުރު ނަގައިފި

06 ޑިސެމްބަރު 2025
ވޯލްޑް ކަޕް ގެ ގުރު ނަގައިފި
30 އޮކްޓޯބަރު 2025

މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް

30 އޮކްޓޯބަރު 2025
މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް
25 އޮކްޓޯބަރު 2025

ފީފާގެ ރައީސްއާ ދެކޮޅަށް އަޑު އުފުލި މީހުން ދަނޑުން ބޭރު ކުރުމުން ފާޑު ކިޔުން އަމާޒުވެއްޖެ

25 އޮކްޓޯބަރު 2025
ފީފާގެ ރައީސްއާ ދެކޮޅަށް އަޑު އުފުލި މީހުން ދަނޑުން ބޭރު ކުރުމުން ފާޑު ކިޔުން އަމާޒުވެއްޖެ
25 އޮކްޓޯބަރު 2025

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން
24 އޮކްޓޯބަރު 2025

"ފީފާގެ ރައީސްއާއެކު ރައީސް މުއިއްޒު ކުޅުއްވި މެޗަކީ މުޅި އިސްލާމީ އުއްމަތަށް ކުރި ޖެއްސުމެއް"

24 އޮކްޓޯބަރު 2025
"ފީފާގެ ރައީސްއާއެކު ރައީސް މުއިއްޒު ކުޅުއްވި މެޗަކީ މުޅި އިސްލާމީ އުއްމަތަށް ކުރި ޖެއްސުމެއް"
24 އޮކްޓޯބަރު 2025

ފަލަސްތީނުގެ ހައްގުގައި ފީފާ އާ ދެކޮޅަށް ޝުއޫރު ފާޅު ކުރި މުސްލިމު ދިވެހި ރައްޔިތުން ގަލޮޅު ދަނޑުން ނެރުނީ ޔަހޫދީން ރުއްސަން؟

24 އޮކްޓޯބަރު 2025
ފަލަސްތީނުގެ ހައްގުގައި ފީފާ އާ ދެކޮޅަށް ޝުއޫރު ފާޅު ކުރި މުސްލިމު ދިވެހި ރައްޔިތުން ގަލޮޅު ދަނޑުން ނެރުނީ ޔަހޫދީން ރުއްސަން؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު