Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއުރީދޫ

އުރީދޫއިން ކޮންމެ ހުކުރު ދުވަހަކު އާއްމުންނަށް ރޯދަ ވީއްލުމެއް ދެނީ

ފުރަތަމަ ރޯދަވީއްލުން މިދިޔަ ހުކުރު ދުވަހު ސަލްމާން މިސްކިތުގައި ވަނީ ބާއްވާފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 26 މާރިޗު 2023 | އާދީއްތަ 03:45
އުރީދޫ އިން ބޭއްވި ފުރަތަމަ ކޮމިއުނިޓީ ރޯދަ ވީއްލުމުގެ ތެރެއިން

އުރީދޫ އިން ބޭއްވި ފުރަތަމަ ކޮމިއުނިޓީ ރޯދަ ވީއްލުމުގެ ތެރެއިން

އުރީދޫ މޯލްޑިވްސް އިން މި ރޯދަމަހު ކޮންމެ ހުކުރު ދުވަހަކު އާއްމުންނަށް ރޯދަ ވީއްލުމެއް ދޭން ނިންމައިފިއެވެ.

އެ ކުންފުނިން ވަނީ"ކޮމިއުނިޓީ އިފްތާރު" ގެ ފުރަތަމަ ރޯދަވީއްލުން މިދިޔަ ހުކުރު ދުވަހު ސަލްމާން މިސްކިތުގައި ބާއްވާފައިފައެވެ.

“ކޮމިއުނިޓީ އިފްތާރު” އަކީ ރޯދަމަހަށް ހާއްސަކޮށްގެން ބާއްވާ "ހަދިޔާ" ދިނުމާއި ބަދަލުކުރުމުގެ ކެމްޕެއިންގެ ދަށުން އާއްމުންނަށް ހުޅުވާލައިގެން އުރީދޫން ބާއްވާ ހަރަކާތެކެވެ. އެ ކުންފުނިން ނިންމާފައި ވަނީ މި ރޯދަމަހުގެ ކޮންމެ ހުކުރު ދުވަހެއްގައި އާންމުންނަށް ހުޅުވާލައިގެން ރޯދަވީއްލުމެއް ބާއްވައި ދިނުމަށެވެ.

މި ރޯދަ ވީއްލުން އުރީދޫ އިން ބާއްވަނީ އިސްލާމިކް މިނިސްޓްރީއާ ގުޅިގެންނެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޯދަ ވީއްލުން ވަރަށް ކާމިޔާބު ކަމަށް އުރީދޫއިން ބުންޏެވެ. އެގޮތުން އެ ރޯދަވީއްލުމުގައި 200 އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް އެ ކުންފުނިން ބުންޏެވެ.

އުރީދޫއިން ބުނީ ރޯދަމަހަކީ އެކަކު އަނެކަކަށް އެހީތެރިވެ، މުޖުތަމައަށް ވީ ވަރަކުން އެހީތެރިވެ، ސޮދަގާތް ކުރުން ފަދަ އަޅުކަންތައްތައް އިތުރު ކުރަން ޖެހޭ މަހަކަށް ވާއިރު، އެއީ އެ ފަދަ ކަންތައްތައް ކުރުމުގައި މިސާލު ދައްކައި، އެ ފަދަ ކަންތައްތައް ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.

މި އަހަރުގެ "ހަދިޔާ" ތީމްގެ ދަށުން އުރީދޫން ވަނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ މީހުންނަށް ފަސޭހަކަމާ އެކު އެމް-ފައިސާ މެދުވެރިކޮށް އިފްތާރް ޕެކް ހަދިޔާ ކުރެވޭނެ އިންތިޒާމު ވެސް ހަމަޖައްސައި ދީފައެވެ.

މިއީ އުރީދޫން މިޝަން ފޯރ މައިގްރެންޓް ވޯކާސް މޯލްޑިވްސްއާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

އުރީދޫރަމަޟާން 1444

އިތުރަށް ކިޔާލަން

18 ނޮވެމްބަރު 2025

ގޫގުލް އިން ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާން ކޮށްފި

18 ނޮވެމްބަރު 2025
ގޫގުލް އިން ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާން ކޮށްފި
15 އޮކްޓޯބަރު 2025

އުރީދޫ ފިންޓެކް އިން 2026 ވަނަ އަހަރު ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ

15 އޮކްޓޯބަރު 2025
އުރީދޫ ފިންޓެކް އިން 2026 ވަނަ އަހަރު ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ
27 ފެބުރުއަރީ 2025

އުރީދޫ އާއި އެކު މި ރޯދަމަހު ކަރާފަޅައިގެން އެޕަލް ޕްރޮޑަކްޓްސްގެ ބޮޑު ބިޔަ ބަންޑަލް އެއް

27 ފެބުރުއަރީ 2025
އުރީދޫ އާއި އެކު މި ރޯދަމަހު ކަރާފަޅައިގެން އެޕަލް ޕްރޮޑަކްޓްސްގެ ބޮޑު ބިޔަ ބަންޑަލް އެއް
17 ޑިސެމްބަރު 2024

އުރީދޫ އަށް 2023 ވަނަ އަހަރު 2.1 ބިލިއަން ރުފިޔާގެ އާމްދަނީ އެއް

17 ޑިސެމްބަރު 2024
އުރީދޫ އަށް 2023 ވަނަ އަހަރު 2.1 ބިލިއަން ރުފިޔާގެ އާމްދަނީ އެއް
12 ޑިސެމްބަރު 2024

އުރީދޫ އާއެކު ހައްޖު ކޯޕަރޭޝަންގެ ކަސްޓަމަރ ސާވިސް ޚިދުމަތަށް އިންގިލާބީ ބަދަލެއް

12 ޑިސެމްބަރު 2024
އުރީދޫ އާއެކު ހައްޖު ކޯޕަރޭޝަންގެ ކަސްޓަމަރ ސާވިސް ޚިދުމަތަށް އިންގިލާބީ ބަދަލެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު