Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކުނޫޒް ޖަލްސާ

މަސީހާ ދެކޮޅަށް ސޮއިކުރި މެންބަރުން ބަދަލުކުރަން 5 މިލިއަން ޑޮލަރާއެކު ބަޔަކު ނެރެފި:ރިޔާޒް

ރައީސް ޔާމީންގެ ފޯން ކޯލަށް ޕީޕީއެމްގެ ބައެއް މެމްބަރުން ޖަވާބު ނުދެއްވާ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 4 ޖުލައި 2017 | އަންގާރަ 18:11
މެންބަރު ރިޔާޒް: ސަރުކާރަށް ވަނީ ބޮޑު ތުހުމަތެއް

މެންބަރު ރިޔާޒް: ސަރުކާރަށް ވަނީ ބޮޑު ތުހުމަތެއް

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލައިގާ ޕީޕީއެމުން ސޮއިކުރި މެންބަރުން ބަދަލު ކުރުމަށްޓަކައި 5 މިލިއަން ޑޮލަރާއެކު ބަޔަކު ޕީޕީއެމުން ނެރެފި ކަމުގެ ތުހުމަތު ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ކުނޫޒްގައި އަންގާރަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ ޕީޕީއެމްގެ ޕީޖީ ލީޑަރ އެވިދާޅުވާ ގޭމް ޕްލޭން އެނގިއްޖެ ކަމަށާއި އެޕްލޭނަކީ 5 މިލިއަން ޑޮލަރު ހޯދައިގެން މެންބަރުން ހޯދުން ކަމަށެވެ.

Advertisement - newsAdvertisement

ގިނަ މައުލޫމާތު ތަކެއް ލިބޭތީ ކުރިންވެސް ގޯސްވެފައިވާ ކަމަށް ވިދާޅުވަމުން ރިޔާޒް ވިދާޅުވީ 5 މިލިއަން ޑޮލަރު ހޯދުމަށްފަހު މެންބަރުން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމުގެ މައުލޫމާތު ލިބިފަައިވާ ކަމަށާއި ނިހާން އެވިދާޅުވާ ގޭމް ޕްލޭން ބަދަލު ކުރުމަކީ އެއީ ކަމަށެވެ. އެގޮތަށް ހޯދާ މެންބަރުންގެ ތެރޭގައި، ބޮޑަށް ބެލުމަށް ނިންމާފައިވަނީ މަސީހު ބޭރުކުރުމަށް ހުށަހެޅި ލިސްޓްގައި ސޮއި ކުރައްވާފައިވާ ޕީޕީއެމްގެ މެންބަރުން އެމެންބަރުންގެ ސޮއި އަނބުރާ ގެންނެވުމަށް ކަމަށް ރިޔާޒު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ގޮތުގައިވެސް ހުންނެވި ރިޔާޒް ވިދާޅުވީ އެކަން ކާމިޔާބު ވުމަކީ ވާނެ ކަމެއް ނޫން ކަމަށާއި އެމެންބަރުން ސޮއިކުރައްވާފައިވަނީ ސަރުކާރާއި ރައީސް ޔާމީންވެސް ކަންކުރައްވާ ގޮތުން ކަމަށެވެ. އަދި އެއީ ރައްޔިތުންނާ ޤާއުމުގެ ޙައްޤުގައި ނިންމެވި ނިންމެވުމެއް ކަމަށާއި އެމެންބަރުން ސަރުކާރުގައި ތިއްބަވާފައި ރައްޔިތުންގެ ޙައްޤުގައި އެނިންމެވި ނިންމެވުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ރިޔާޒް ވިދާޅުވީ ރައީސް ޔާމީން އެމެންބަރުންނަށް ވަރަށް ގުޅުއްވާ ކަމަށާއި އެހެންނަމަވެސް އެއިން އެއްވެސް މެންބަރަކު އަދި ފޯނު ނުނަންގަވާ ކަމަށެވެ. އެއާއެކު ދެން ނުގުޅުއްވާނެ ކަމަށް ވިދާޅުވެ ރައީސް ޔާމީން އެމެންބަރުންނަށް މެސެޖް ފޮނުއްވާފައިވާ ކަމަށްވެސް ކުރީގެ ޕޮލިސް ކޮމިޝަނަރ ރިޔާޒް ވިދާޅުވިއެވެ.

ސާޅީސް ދެ މެމްބަރުންނަށް ވުރެ، ސޮއި ކުރެއްވި މެމްބަރުންގެ އަދަދު މަދުވެއްޖެ ނަމަ، މަސީހާ ދެކޮޅަށް ލާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ބޭރުވެގެންދާނެ އެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި 45 މެމްބަރުން ސޮއިކުރައްވާފައިވާއިރު، އޭގެ ތެރެއިން އިސްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު (ގާރީ) ވަނީ އޭނާގެ ސޮޔަކީ ވަގު ސޮޔެއް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ރިޔާޒު ވިދާޅުވީ މަސީހާ ދެކޮޅަށް ސޮއި ކުރެއްވި 45 މެމްބަރުން ވެސް ސޮއިކުރެއްވީ ވެސް، ނަން ލިޔުއްވީ ވެސް އެ މެމްބަރެއް އަމިއްލަ ފުޅަށް ކަމަށެވެ.

މެމްބަރު އަހްމަދު ރަޝީދު ކުރައްވާފައިވަނީ ސައްހަ ސޮޔެއްކަން، ފުލުހުން ތަހްގީގުކޮށްފި ނަމަ އެނގިގެންދާނެ ކަމަށާއި އަދި އެ ސޮޔަކީ ވަގު ސޮޔެއް ކަމަށް މެމްބަރު ވިދާޅުވީ، މަޖުބޫރު ކުރުވައިގެން ކަމަށް ރިޔާޒު ވިދާޅުވި އެވެ.

"ގާރީއަށް މިހާރު އެ ހުންނެވީ މަޖުބޫރު ކޮށްފައި. ގާރީ ކުރެއްވީ ސައްހަ ސޮޔެއް، އެކަމަށް ޗެލެންޖެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

ގާރީގެ ސޮޔަކީ ވަގު ސޮޔެއް ކަމަށް ސާބިތު ނުކުރެވޭނެކަން އެނގުމުން، ސަރުކާރުން މަސައްކަތް ފަށާފައިވަނީ މެމްބަރުންނަށް ރިޝްވަތު ދިންކަމަށް ބުނެ ތަހްގީގު ފެށުމަށް ކަމަށެވެ. އަދި ސަރުކާރުން މެމްބަރުންނަށް ރިޝްވަތު ދީ، ސޮއި ނެގުމަށް ކަމަށް ރިޔާޒު ވިދާޅުވި އެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ހޯދުމަށް، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ރިޝްވަތު ދީފައިވާކަމުގެ ހެކި ހުރި ކަމަށް ފުލުހުން ބުނެފައިވާއިރު، ރިޔާޒު ވިދާޅުވީ ފާރިސްއާ ދެކޮޅަށް އެއްވެސް ހެއްކެއް ނޯންނާނެ ކަމަށެވެ.

ރިޔާޒު ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން ދިޔައީ، ރައީސް އަބްދުﷲ ޔާމީން ކުރައްވަމުން ދިޔަ ކަންކަމަށް ކެތްނުކުރެވިގެން ޕީޕީއެމްގެ މެމްބަރުން ނުކުމެވަޑައިގަތުމުން ކަމަށެވެ. ސޮއިކުރެއްވި 45 މެމްބަރުންނަށް ވުރެ އިތުރަށް ވެސް މި މައްސަލައަށް ތާއީދު ކުރައްވާ މެމްބަރުން ތިއްބެވިކަން ފާހަގަ ކުރައްވައި ރިޔާޒު ވިދާޅުވީ، އެންމެ ފަހު ވަގުތާ ޖެހެންދެން ނުވަތަ އެންމެ ފަހު މީހާގެ ގޮތުގައި ކޮޅު ބަދަލު ކުރެއްވުމަށް ނުތިއްބަވައި އަވަހަށް ރައްޔިތުންގެ ފަޅިއަށް އެރުން މުހިންމު ކަމަށެވެ.

ރައީސް ޔާމީން ކުރައްވަމުންދާ އަނިޔާތައް ހުއްޓާލަންޖެހޭ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު