Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ވެލާ ނެގުމުގެ މައްސަލަ

ވެލާހިފުމާއި މެރުން، ގާނޫނަކުން ނުހުއްޓުވުނު

ފާޅުގައި ވެލާ މަސް ކާނަމޭ ބުނާމީހުން މުޖުތަމައުގައި އުޅޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 24 މާރިޗު 2023 | ހުކުރު 06:41
ގަމު އަތިރިމަތީގައި މަރާލާފައިވާ ވެލާތައް

ގަމު އަތިރިމަތީގައި މަރާލާފައިވާ ވެލާތައް

ރާއްޖޭއަކީ ގުދުރަތީ ގޮތުން އެންމެ މުއްސަންދި އެއްގައުމެވެ. ގުދުރަތީކަމުން އެއްގަމާއި ކަނޑުގެ ދިރުންތައް މުއްސަންދިވެފައިވަނީ ހިތަށްވެސް ތަސައްވުރު ނުކުރެވޭ މިންވަރަށެވެ. މި ގުދުރަތީ ރީތިކަމާއެކު އިގްތިސާދީގޮތުން ގިނަ ފައިދާތަކެއް ވެސް ދަނީ ކުރަމުންނެވެ. އެކަން ހަމައެކަނި ފަތުރުވެރިކަމުގެ ސިނާއަތަށް ބަލާލުމުން ވެސް ފުދެއެވެ. އެއީ ފަތުރުވެރިކަމުގެ ސިނާއަތުގައި އެހެން ގައުމުތަކަށްވުރެ ރާއްޖެ ކުރިއަރާފައިވަނީ ގުދުރަތީ ރީތިކަމުންނޭ ބުނިކަމުގައި ވިޔަސް ދޮގަކަށް ނުވާނެއެވެ. ކަނޑުފަޅުގެ ދިރުންތަކާއެކު، ރީތި ދޮންވެލިގަނޑެއެވެ. އެންމެ ހިތްއެދޭ މޫސުމެވެ. ފެހިގަސްތަކާއި ސާފުވަޔަކީ ފެތުރުވެރިން ރާޢްޖެއަށް އެންމެ އަންނަން ބޭނުންވާ އެއްސަބެބެވެ.

ކަނޑުގެ ދިރުންތަކަށް ބަލާއިރު، ރާޅުޖަހާފެނުކައިރި ވެލާކަހަނބު، މަސްމަހާމެހި ފެނުމަކީ ފެތުރުވެރިން އަޖައިބު ކުރުވާ އެއްކަމެވެ. ސްނޯކްލިންގަށް ގޮސް، ކަނޑުގެ ރީތި ބަގީޗާއިން ފެންނަ އަޖައިބު ކުރަނިވި މަންޒަރަކީ ފަތުރުވެރިން ތަކުރާރުކޮށް ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައުމަށް މަޖުބޫރުކުރުވާ އެއްސަބަބެވެ.

ރާއްޖެއަށް ލިބިފައިވާ މި އަގުބޮޑު ރައުސުލްމާލް ހިމާޔަތްކުރުމުގެ ގޮތުން ގާނޫނާއި ގަވާއިދުތައް ވަނީ ހަދާފައެވެ. އެގޮތުން ރާއްޖޭގެ ކަނޑަށް ޕްލާސްޓިކް ކުނިއެޅުމައި، މުރަކަ ނެގުމާއި ގޮނޑުދޮށުން ވެލި ނެގުމަކީ މަނާކަމެކެވެ. އަދި ދުނިޔޭއިން ނެތިދިޔުމުގެ ބިރުބޮޑުވެފައިވާ ވެލާކަހަނބު ވަނީ ހިމާޔަތްކޮށްފައެވެ. ނަމަވެސް ގާނޫނާއި ގަވާއިދާ އެއްގޮތަށް އަމަލުކޮށް، މިކަންކަން ތަންފީޒު ކުރެވިގެންދަނީ ކިހައި މިންވަރަކަށްތޯ މިއީ އުފެދޭ ސުވާލެކެވެ.

އެއީ މިފަހުން ގިނަ ބައެއްގެ ސަމާލުކަން ދިޔައީ ވެލާތަކެއް މާރާލި މައްސަލައަކަށެވެ. ދޭތެރެ ދޭތެރެއިން ވެލާ މަރާ މައްސަލަ ބޮޑުވެ، މިކަމާއި ދެކޮޅަށް ގިނަ ބަޔަކު ވާހަކަ ދައްކައެވެ. އަދި އެކަމަށް ތަރުހީބުދީ ވެސް ވާހަކަ ދައްކާ އުޅޭމީހުން މަދެއް ނޫނެއެވެ. ވެލާ މަހަކީ ހަލާލު މަހެއް ކަމަށާއި، ފާޅުގައި އެމަރާ ކާނަމޭ ބުނާމީހުން ވެސް މި މުޖުތަމުގައި އުޅެއެވެ.

މިފަހުން މީޑިއާތަކުގެ ސަމާލު ކަމަށް އައި އެއް މައްސަލައަކީ ބ. ކެޔޮދޫގައި، ވެލާ ހިފައި އެ އެއްޗެހި މަރާލި މައްސަލައަށެވެ. އެ މައްސަލާގައި ބަޔަކު ފެބްރުއަރީ މަހުގެ ތެރޭގައި އަތުލައިގަނެފައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ބ.އަތޮޅުގެ ފަޅުރަށްތަކުން ވެލާ މަރައި، އެކައްކާ ކެއުމަކީ ވަރަށް ގިނައިން މީހުން ކުރަމުންދާ ކަމެކެވެ. އެކަން ހުއްޓުވުމަށް ބ އަތޮޅު ބަޔޮސްފިއަރ ރިޒަރވް އިން ދިޔައީ އެކި ގޮތްގޮތަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މިކަމަށް އާއްމު ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް ވެސް ކޮށްފައިވެއެވެ. ނަމަވެސް ވެލާ މަރާ، އެކައްކާ ކަމަށް ތަކުރާރުކޮށް ލިބޭ ރިޕޯޓުތަކާއި ގުޅިގެން، ފުލުހުންނާއި ގުޅިގެން ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދިޔައީއެވެ. މި އޮޕަރޭޝަންގައި ހައްޔަރުކުރި ކެންދޫގެ ފަސް ފިރިހެނުންގެ ބަޔާން ނެގުމަށްގަހު މިހާރު ވަނީ ދޫކޮށްލާފައެވެ. ނަމަވެސް ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ފުލުހުންގެ އިދާރާއިން ބުނެއެވެ.

މީގެ އިތުރުން ލ. ގަމުގެ އަތިރިމަތީގައި ވެލާތަކެއް މެރި މައްސަލަ ވެސް އީޕީއޭއިން ދަނީ ބަލަމުންނެވެ. ދެ ވެލާ މަރާލާއި، އޭގެ ބޮލާއި ތޮށިގަނޑުފިޔަވައި އެހެން ހުރިހާ މަހެއް ނަގާފައިވާއިރު، މިމައްސަލާގައި ތަހުގީގަށް އެކަށީގެންވާ މިންވަރަށް މައުލޫމާތު ލިބިފައިނުވާ ކަމަށް އީޕީއޭއިން ބުނެއެވެ. މި މައްސަލާގައި ރިޕޯޓު އީޕޭއަށް ލިބިފައިވަނީ މާރިޗް މަހުގެ 11 ވަނަ ދުވަހުއެވެ.

އޮލިވް ރެޑްލީ ޕްރޮޖެކްޓުން މައުލޫމާތުދޭ ގޮތުގައި ލާމު އަތޮޅަކީ މިހާރު ވެލާ އެންމެ ގިނައިން ފެންނަ އެއް އަތޮޅެވެ. އަދި ލ.ގާދޫއަކީ ވަރަށް ކުރިއްސުރެ ވެލާ އަރާ ރަށެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ. ނަމަވެސް މިގޮތަށް ވެލާމަރާ އޭގެ ބިސް ނަގާނަމަ މިއީ ވަރަށް ނުރައްކާތެރި ރަނގަބީލެއް ކަމަށް އޮލިވް ރެޑްލީ ޕްރޮޖެކްޓުން ބުނެއެވެ.

އޮލިވް ރެޑްލީ ޕްރޮޖެކްޓުން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، 2018 ވަނައަހަރުން ފެށިގެން އެރަށުން ވެލާ ބިސް ނަގާކަން ވަނީ ފާހަގަކުރެވިފައިވެއެވެ. އަދި މިހާރު އެދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ. 23 ޑިސެމްބަރު 2021 ސަރުކާރުން ގާދޫ ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ ރަށެއްގެ ގޮތުގައި ކަނޑައެޅީ ވެސް ވެށި ހިމާޔަތްކޮށް، ވެލައަށް ފާރަލައި އޭގެ ބިސް ނެގުން އިތުރުވާތީ އެކަން ހުއްޓުމުގެ މަގުސަދުގައެވެ. ނަމަވެސް މިކަމަށް ނިންމުމެއް ނާންނަ ކަމަށާއި، އާއްމު ރައްޔިތުންގެ އެއްބާރުލުމާނުލައި މިކަން ނުހުއްޓުވޭނެ ކަމަށް އޮލިވް ރެޑްލީ ޕްރޮޖެކްޓުން ވެސް ބުނެއެވެ.

ޒަމާންވީ މި މައްސަލައަށް މިއަދާ ހަމައަށް އައިރު ވެސް ހައްލެއް ލިބިފައިނުވަމަކީ ވެލާކަހަނބު ހިމާޔަތްކޮށް، އެފަދަ ދިރުންތަކުގެ ދިރާސާ ހަދަމުންދާ ބޭފުޅުންގެ ނުހަނު ކަންބޮޑުވެސްވާ ކަމެކެވެ. އެއީ ވެލާ ދަރިމައިވާ އުމުރަށް ބޮޑުވާން 25-50 އަހަރު ނަގައެވެ. އަދި ވެލާ ރާއްޖެއަށް ބިސްއަޅާ މިންވަރު 1980ގެ އަހަރުތަކާއި އަޅާކިޔާއިރު ދަށްވެފައިވާކަން ފާހަގަކުރެވެއެވެ. ވެލާގެ ބިސްނެގުމާއި، މަސްކެއުމަކީ ރާއްޖޭގެ ވެލާގެ އާބާދީ ދަށްވަމުންދާ ސަބަބެކެވެ. 2016 ވަނަ އަހަރުއްސުރެ ވެލާކަހަނބަށް ގާނޫނީ ގޮތުން ފުރިހަމަ ހިމާޔަތްކަން ދެވިފައިވެއެވެ. ނަމަވެސް މިކަން ވެލާމަރައި އޭގެ މަސް ކާނަމަ ވެލާ ރާއްޖެއިން ނެތިދުމަކީ ދުރުގައި އޮތް ކަމެއް ނޫނެއެވެ. އެހެންކަމުގެ އެއީ ރާއްޖޭގެ ގުދުރަތީ ރީތިކަމަށް ލިބޭ ވަރަށް ބޮޑު އުނިކަމެކެވެ.

ވެލާ

ކޮމެންޓް

އިތުރަށް ކިޔާލަން

ޙޫޘީންނަށް ޖަރީމާތައް ނުހުއްޓުވުނު ނަމަވެސް، ހުޅަނގުގެ އަމިއްލަ އެދުން ބޮޑު މުނާފިޤުކަން ފަޅާ އަރުވާލައިފިއެވެ.

ޙޫޘީންނަށް ޖަރީމާތައް ނުހުއްޓުވުނު ނަމަވެސް، ހުޅަނގުގެ އަމިއްލަ އެދުން ބޮޑު މުނާފިޤުކަން ފަޅާ އަރުވާލައިފިއެވެ.

07 ފެބުރުއަރީ 2024
"ޕޭޝަންޓުން މެރުން ހުއްޓުވައިދީ": ޣައްޒާގެ ޑޮކްޓަރު ބައިނަލްއަޤުވާމީ މުޖުތަމަޢުއަށް ގޮވާލީ އަމަލުން ކަންކަން ބަދަލު ކުރަން!

"ޕޭޝަންޓުން މެރުން ހުއްޓުވައިދީ": ޣައްޒާގެ ޑޮކްޓަރު ބައިނަލްއަޤުވާމީ މުޖުތަމަޢުއަށް ގޮވާލީ އަމަލުން ކަންކަން ބަދަލު ކުރަން!

19 ނޮވެމްބަރު 2023
ވެލާ ހިމާޔަތްކޮށްފައި: ނަމަވެސް ވެލާ މަހުގެ ބޭނުމުގައި އިހާނެތިކޮށް މަރާއިރު ފިޔަވަޅެއް ނޭޅޭ

ވެލާ ހިމާޔަތްކޮށްފައި: ނަމަވެސް ވެލާ މަހުގެ ބޭނުމުގައި އިހާނެތިކޮށް މަރާއިރު ފިޔަވަޅެއް ނޭޅޭ

08 ޑިސެމްބަރު 2022

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު