Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެއިންގެ ޤައުމީ ޓީމު

ސްޕެއިންގެ ސްކޮޑުގައި ހިމެނުމާއެކު ކެޕާ އަށް ބޮޑު އުފަލެއް

ކެޕާ ބުނީ އޭނާ އައީ ލިބެމުން އައި ފުރުސަތުތަކުގެ ބޭނުން ހިފަމުން، ކުރިއަށް ދިޔުމުގެ އަޒުމުގައި ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 މާރިޗު 2023 | ބުދަ 05:28
ސްޕެއިންގެ ގޯލް ކީޕަރު ކެޕާ

ސްޕެއިންގެ ގޯލް ކީޕަރު ކެޕާ

ސްޕެއިންގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ސްކޮޑުގައި ހިމެނުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ކެޕާ ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީގެ ގޯލް ބަލަހައްޓަމުން އަންނަ އުމުރުން 28 އަހަރުގެ ކެޕާ އަށް ސްޕެއިންގެ ޤައުމީ ޓީމުން ޖާގަ ލިބުނީ މެދު ކެނޑުމަކަށްފަހު އެވެ. އެންމެ ފަހުން މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް މުބާރާތަށް ސްޕެއިން އިން އެކުލަވާލި ސްކޮޑުން ކެޕާ އަށް ޖާގަ ލިބިފައެއް ނުވެ އެވެ. ކެޕާ އަށް އަލުން ސްޕެއިންގެ ސްކޮޑުން ޖާގަ ލިބުނީ އައު ކޯޗު ލުއިސް ޑެ ލާ ފުއެންޓޭ ޓީމާ ހަވާލުވި ފަހުންނެވެ. އެކަމާ ގުޅިގެން ކެޕާ ބުނީ، އޭނާ ހޭދަ ކުރަން ޖެހުނީ ވަރަށް ދަތި، އުނދަގޫ ދުވަސްތަކެއް ކަމަށެވެ. އޭނާ ބުނީ ތަފާތު ގޮތްގޮތަށް ފުޓުބޯޅަ ތަޖުރިބާ ކުރަން ޖެހުނު ކަމަށާއި، އެ ހާލަތަށް ހޭނިގެން ކުރިއަށް ދާން ޖެހުނު ކަމަށެވެ. ކެޕާ ބުނީ އޭނާ އައީ ލިބެމުން އައި ފުރުސަތުތަކުގެ ބޭނުން ހިފަމުން، ކުރިއަށް ދިޔުމުގެ އަޒުމުގައި ކަމަށެވެ. އައު ކޯޗާ ގުޅޭ ގޮތުން ކެޕާ ބުނީ، ޓީމުގެ އެންމެހާ ކުުޅުންތެރިންގެ އަޒުމަކަށް ވާން ޖެހޭނީ އައު ކޯޗު ބޭނުންވާ ގޮތަށް ޓީމު ގެންދިޔުމަށް ކަމަށެވެ. އެކަމުގައި ޑިފެންސްގައި ތިބޭ ކުޅުންތެރިންނާއި، ޚާއްސަކޮށް ގޯލް ކީޕަރުންގެ ދައުރު ވަރަށް ބޮޑު ވާނެ ކަމަށް ކެޕާ ބުންޏެވެ. އިތުރަށް ކެޕާ ބުނީ ސްކޮޑުގައި ހިމެނުމާއެކު ދެން ބޭނުންވަނީ މެޗުތައް ކުޅެން ކަމަށާއި. ނަމަވެސް އެކަން ނިންމާނީ ކޯޗު ކަމަށެވެ. އޭނާ ބުނީ ޓީމުގެ ފުރަތަމަ 11 ގައި ހިމެނިގެން ކުޅޭނީ ކޮން ކުޅުންތެރިންނެއްތޯ ކަނޑައަޅާނީ ކޯޗު ކަމަށެވެ.

ކެޕާ އަށް ސްޕެއިންގެ ޤައުމީ ޓީމުން އެންމެ ފުރަތަމަ ޖާގަ ލިބުނީ 2017 ވަނަ އަހަރު އެވެ. މިހާތަނަށް އޭނާ ވަނީ ޤައުމީ ޓީމަށް 11 މެޗެއް ކުޅެދީފަ އެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު