Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނޫމަޑި މައްސަލަ

މުއިއްޒުގެ މައްޗަށް ކުރާ، ދޮގު ބަޔާން ދިނުމުގެ ދައުވާގެ މައްސަލަ: ޚުލާޞާ ބަޔާން އިއްވުން ރޯދަ މަހު

19 މާރިޗު 2023 | އާދީއްތަ 11:13

މުއިއްޒުގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނީ 2019 ވަނަ އަހަރު ޖޫން މަހުގެ 25 ވަނަ ދުވަހު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 19 މާރިޗު 2023 | އާދީއްތަ 11:13
ކުރީގެ ހައުސިންގ މިނިސްޓަރު އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު

ކުރީގެ ހައުސިންގ މިނިސްޓަރު އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު

ނޫމަޑި މައްސަލާގައި ކުރީގެ ހައުސިންގ މިނިސްޓަރު އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުއިއްޒުގެ މައްޗަށް، ދޮގު ބަޔާން ދެއްވިކަމަށް ތުހުމަތުކޮށް ކޮށްފައިވާ ދައުވާގެ ޚުލާޞާ ބަޔާން އިއްވުން އަންނަ ރަމަޟާން މަހުގެ ދުވަހެއްގައި ބާއްވާނެ ކަމަށް، އެ މައްސަލަ ބަައްލަވާ ފަނޑިޔާރު ސަފްވަތު ހަބީބް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު މި މައްސަލާގައި ދިފާއީ ވަކީލު އާދަމް ޝަމީމް އެދިފައިވަނީ، ޚުލާޞާ ބަޔާން އިއްވުމުގެ މަރުހަލާ އަވަސްކޮށްދިނުމަށެވެ.ދައުލަތުން 2019 ވަނަ އަހަރު ޖޫން މަހުގެ 25 ވަނަ ދުވަހުމުއިއްޒުގެ މައްޗަށް އުފުލާފައިވާ، ދޮގު ބަޔާން ދިނުމުގެ މައްސަލާގައި ދައުލަތުން ވަނީ އާދިއްތަ ދުވަހު ގިނަ ކަންތައްތަކެއް ފާހަގަކޮށްފައެވެ.

Advertisement - newsAdvertisement

އާދިއްތަ ދުވަހު އޮތީ ހެތްކާ ގުޅޭގޮތުން ފާހަގަކުރަން ހުރި ކަންކަން ފާހަގަކުރުމެވެ. ހެތްކާ ގުޅޭގޮތުން ފާހަގަކުރަން ހުރި ކަންކަމަށް ވާހަކަދައްކަން ވަކި އަޑުއެހުމެއް ބާއްވަން އެދިފައިވަނީ ދައުލަތުންނެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ، މި މައްސަލައާ ގުޅޭގޮތުން ހުށަހަޅާފައިވާ ކިތާބީ ހެކިން، ނޫމަޑި މައްސަލާގައި ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕަރމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލާގައި، އެކުންފުނީގެ ހެކިވެރިއަކަށްވެ، ހައުސިންގ ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011ވަނަ އަހަރު ވެފައިވާ ފޭސް 1ގެ އެއްބަސްވުމާއި، 2013ގައި ވެފައިވާ ފޭސް 2ގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް ވިދާޅުވެފައިވާކަން އެނގޭކަމަށެވެ. އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ، ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާކަމަށް ބުނެ، ދޮގު ބާޔަނެއް ދެއްވާފައިވާކަންވެސް އެނގޭކަމަށެވެ.

އެގޮތުން ނޫމަޑިން ޝެޑިއުލަށްވުރެ އަވަހަށް މަސައްކަތް ކުރިއަށް ދާކަމަށް އާބިޓްރޭޝަނަށް ދެއްވި ސްޓޭޓްމެންޓްގައި ފާހަގަކޮށްފައިވާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ދައުލަތުން ވަނީ ބުނެފައެވެ. އަދި ނޫމަޑި މައްސަލާގައި، މަސައްކަތް ލަސްވެގެން ރައީސް އޮފީހާއި އެޓަރނީ ޖެނެރަލްގެ އޮފީހާ ކޮށްފައިވާ މުއާމަލާތްތަކާ ގުޅުންހުރި ސިޓީތަކަށް ބެލުމުން އެކަން އެނގޭކަން ދައުލަތުން ވަނީ ފާހަަގަކޮށްފައެވެ. ހަމައެހެންމެ އީވައިސީ ޔައުމިއްޔާއިން ސަރުކާރުގެ ބޭނުމަށް ޅ. ދިއްފުށިމާދޫ ނަގަން އުޅޭކަން އެނގޭއިރު، އެ ބައްދަލުވުމުގައި ޑރ. މުއިއްޒު ބައިވެރިވެވަޑައިގެންފައި ވާކަމަށް ދައުލަތުން ބުނެއެވެ.

މި މައްސަލާގައި ދިފާއީ ވަކީލު ބުނީ، ހެތްކާ ގުޅޭގޮތުން ވާހަކަދެއްކުމަށް ވަކި އަޑުއެހުމެއް ބާއްވައިދިނުމަށް އެދުނީ ދައުލަތުންކަމަށް ވުމާއެކު، ދިފާއުން ހެތްކާ ގުޅޭގޮތުން ވާހަކަދައްކާނީ ޚުލާޞާކޮށްކަމަށެވެ. އަދި ޚުލާޞާ ބަޔާނުގައި އެކަމުގެ އިތުރު ތަފްސީލް ހިއްސާކުރާނެކަމަށް ބުނެފައިވެއެވެ. ދިފާއުން ބުނީ މި މައްސަލާގައި ހުށަހަޅާފައިވާ ބައެއް ލިޔުންތައް ހުށަހަޅާފައިވަނީ ހެކީގެ ގޮތުގައި ނޫންކަމަށެވެ. އޭގެތެރޭގައި މުއިއްޒުގެ ދެ ބަޔާން ހިމެނޭކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން ދިއްފުށިމާދޫ އެގްރީމެންޓާ އެއްގޮތަށް މަސައްކަތް ނުދާތީ، އެއްބަސްވުން އުވާލަން މަޝްވަރާކުރި ބައްދަލުވުމެއްގައި މުއިއްޒު ހުންނެވިކަން ސާބިތުވާ ވަރަށް ހެކިވެސް ހުށަހަޅާފައި ނުވާކަމަށް ދިފާއުން ބުނެއެވެ.

މީގެ އިތުރުން މި މައްސަލާގައި ހެކިބަސް ދިން ހެތްކެއް، މުއިއްޒުގެސޮޔާ ބެހޭގޮތުންހެކިބަސް ދީފައިވާއިރު، އެ ހެކިބަހުން، މި މައްސަލައާ ގުޅުންހުރި ބައެއް ލިޔުންތަކުގައި ވަނީ މުއިއްޒުގެ ސޮއި ނޫންކަން އެނގޭކަމަށްވެސް ދިފާއުން ވަނީ ބުނެފައެވެ.

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި)ން ދިވެހި ސަރުކާރުގެ މައްޗަށް އާރބިޓްރޭޝަން މައްސަލަ ހުށަހެޅިއިރު، އޭރު ޑރ. މުހައްމަދު މުއިއްޒު ހުންނެވީ ހައުސިންގ މިނިސްޓަރުގެ މަގާމުގައެވެ. އޭރު ޑރ. މުއިއްޒު ދޮގު ބަޔާން ދެއްވުމާ ގުޅިގެން ދައުލަތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް