Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީއާރްއައި 2023 ކޮންފަރެންސް

މިއަދު ފުލުހުންގެ މުއައްސަސާއަކީ، ޒަމާނީ ފުލުހުންގެ މުއައްސަސާއެއްގެ ގިނަ ކަންކަން ފުރިހަމަ ތަނެއް: ކޮމިޝަނަރ

18 މާރިޗު 2023 | ހޮނިހިރު 07:04

މިއަދުގެ ފުލުހުންގެ މުއައްސަސާއަކީ ބިނާކުރަނިވި ފާޑުކިޔުމަށް މަރުހަބާކިޔާނެ މުއައްސަސާއެއް ކަމަށް ވިދާޅުވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 18 މާރިޗު 2023 | ހޮނިހިރު 07:04
ކޮމިޝަނަރ އޮފް ޕޮލިސް، މުހައްމަދު ހަމީދު

ކޮމިޝަނަރ އޮފް ޕޮލިސް، މުހައްމަދު ހަމީދު

މިއަދު ފުލުހުންގެ މުއައްސަސާއަކީ ޒަމާނީ ފުލުހުންގެ މުއައްސަސާއެއްގައި ހުންނަންޖެހޭ ގިނަ ކަންކަން ފުރިހަމަވެފައިވާ މުއައްސަސާއެއް ކަމަށް, ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ހޮނިހިރު ދުވަހު ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ، ފުލުހުންގެ ޚިދުމަތުން ރައްޔިތުން އެދޭ އެދުންތައް ވަރަށް ބޮޑު ކަމަށެވެ. އަދި މިއަދު ފުލުހުންނަކީ ޒަމާނީ، ޑިމޮކްރެޓިވް ވެއްޓެއްގައި މަސައްކަތްކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ މުއައްސަސާއެއް ކަމަށާއި، ފުލުހުންގެ މަސައްކަތް ފުރިހަމައަށް އަދާކުރެވޭނީ އައު ވިސްނުންތަކާއެކު، ކިޔަންޖެހޭ ފާޑު ކިޔައިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމިޝަނަރ ވިދާޅުވިގޮތުގައި މިއަދުގެ ފުލުހުންގެ މުއައްސަސާއަކީ ބިނާކުރަނިވި ފާޑުކިޔުމަށް މަރުހަބާކިޔާނެ މުއައްސަސާއެކެވެ.

ފުލުހުންގެ ރިސަރޗް އެންޑް އިންވޭޝަން ކޮންފަރެންސްގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ، ޒަމާނަށް އަންނަ ބަދަލުތަކާއެކު ފުލުހުންގެ މަސައްކަތްތައް އަންނަނީ ވަރަށް ބޮޑަށް ބަދަލުވަމުންކަމަށެވެ. އެގޮތުން، ކުށުގެ ހާލަތާއި ކުށްކުރާ ގޮތްތަކާއި، ކުށްވެރިން ގެންގުޅޭ އުކުޅުތައް ޒަމާނާއެކު ބަދަލުވަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ބަދަލުތައް އެންމެ ރަނގަޅަށް ދިރާސާކޮށް، އިލްމީ މައުލޫމާތުގެ އަލީގައި ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރަމުން ދިއުމަކީ ޒަމާނީ ފުލުހުންގެ މުއައްސަސާއެއްގައި ހުންނަންޖެހޭ ސިފައެއްކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ކޮންފަރެންސްގައި އެކި މައުޟޫތަކަށް ޕެނަލް ޑިސްކަޝަންތައް ކުރިއަށްދިއުމާއި، ސެކިއުރިޓީ އެކްސްޕޯއެއް ޚާއްޞަކޮށްފައި އޮތުމުގެ ސަބަބުން މުހިންމު މަގުސަދުތަކެއް ހާސިލްވާނެ ކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި ގާއިމްކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ އޮނިގަނޑުގައި ރިސަރޗް ކުރުމުގެ މަސްއޫލިއްޔަތު ހިމެނޭއިރު، މި ކޮންފަރެންސްގައި އެ ކޮލެޖުގެ ކަރުދާހެއް ހުށަހެޅުމަކީ އުފާފުޅުވާ ކަމެއް ކަމަށާއި، ކުރިއަށް އޮތްތަނުގައި ދިރާސާތައް އިތުރުކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް, މުހައްމަދު ހަމީދުޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސް

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2025

ކުޑަކުދިން އޮންލައިންކޮށް އެކްސްޕްލޮއިޓްކުރުން: ރާއްޖޭގައި ކޮންމެ 10،000 މީހުންގެ ތެރެއިން 94 މީހަކީ މިފަދަ މައްސަލަތަކުގައި ހިމެނޭ މީހެއް

30 ނޮވެމްބަރު 2025
ކުޑަކުދިން އޮންލައިންކޮށް އެކްސްޕްލޮއިޓްކުރުން: ރާއްޖޭގައި ކޮންމެ 10،000 މީހުންގެ ތެރެއިން 94 މީހަކީ މިފަދަ މައްސަލަތަކުގައި ހިމެނޭ މީހެއް
15 ނޮވެމްބަރު 2023

ސީޕީ މުޙައްމަދު ޙަމީދު ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވައިފި

15 ނޮވެމްބަރު 2023
ސީޕީ މުޙައްމަދު ޙަމީދު ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވައިފި
04 ނޮވެމްބަރު 2023

ފަސް އަހަރު ތެރޭގައި އާންމުންގެ އިތުބާރު ފުލުހުންނަށް ވަނީ ލިބިފައި: ސީޕީ ހަމީދު

04 ނޮވެމްބަރު 2023
ފަސް އަހަރު ތެރޭގައި އާންމުންގެ އިތުބާރު ފުލުހުންނަށް ވަނީ ލިބިފައި: ސީޕީ ހަމީދު
20 ޖުލައި 2023

ފުލުހުންގެ މަސައްކަތުގައި ކުރިއަށްދެވޭނީ މަސައްކަތާމެދު ޚާއްސަ ލޯތްބަކާއި ޝައުގެއް ބަހައްޓައިގެން: ސީޕީ ހަމީދު

20 ޖުލައި 2023
ފުލުހުންގެ މަސައްކަތުގައި ކުރިއަށްދެވޭނީ މަސައްކަތާމެދު ޚާއްސަ ލޯތްބަކާއި ޝައުގެއް ބަހައްޓައިގެން: ސީޕީ ހަމީދު
26 މެއި 2023

ނައިމާގެ މަރު - މަރާލަން ބޭނުންކުރި ހަތިޔާރު ހޯދައިފި

26 މެއި 2023
ނައިމާގެ މަރު - މަރާލަން ބޭނުންކުރި ހަތިޔާރު ހޯދައިފި
26 މެއި 2023

ނައީމާގެ މަރުގެ މައްސަލައިގައި 2 މީހަކު ހައްޔަރުކޮށްފި

26 މެއި 2023
ނައީމާގެ މަރުގެ މައްސަލައިގައި 2 މީހަކު ހައްޔަރުކޮށްފި
11 މެއި 2023

ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކޮމިޝަނަރާއި ފުލުހުންގެ ސީނިއަރ އޮފިސަރުން އޭދަފުއްޓާއި މާޅޮހު ރައްޔިތުންގެ ގާތަށް!

11 މެއި 2023
ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކޮމިޝަނަރާއި ފުލުހުންގެ ސީނިއަރ އޮފިސަރުން އޭދަފުއްޓާއި މާޅޮހު ރައްޔިތުންގެ ގާތަށް!
18 މާރިޗު 2023

ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސް ފަށައިފި

18 މާރިޗު 2023
ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސް ފަށައިފި
18 މާރިޗު 2023

ޕީއާރްއައި ކޮންފަރެންސުން، ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތަށް ކުރިއެރުން ލިބޭނެ: މިނިސްޓަރު އިމްރާން

18 މާރިޗު 2023
ޕީއާރްއައި ކޮންފަރެންސުން، ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތަށް ކުރިއެރުން ލިބޭނެ: މިނިސްޓަރު އިމްރާން
18 މާރިޗު 2023

ރަނގަޅު އޮފިސަރުން ބައްޓަންކުރުމަށް ދައުލަތުން އިސްކަންދޭން ޖެހޭ: މިނިސްޓަރު އިމްރާން

18 މާރިޗު 2023
ރަނގަޅު އޮފިސަރުން ބައްޓަންކުރުމަށް ދައުލަތުން އިސްކަންދޭން ޖެހޭ: މިނިސްޓަރު އިމްރާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް