Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިއަހަރުގެ ހައްޖުގެ އަޅުކަން

ހައްޖު ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދޭނެ މީހުން ހޯދުމަށް އަނެއްކާވެސް އިއުލާންކޮށްފި

18 މާރިޗު 2023 | ހޮނިހިރު 01:47

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މާޗް 22ވާ ބުދަ ދުވަހުގެ މެންދުރު 3 ޖެހުމުގެ ކުރިން، މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ހުށަހެޅުމަށް ވަނީ އެދިފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 18 މާރިޗު 2023 | ހޮނިހިރު 01:47
ދިވެހި ހައްޖުވެރިންތަކެއް

ދިވެހި ހައްޖުވެރިންތަކެއް

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން މިއަހަރު ހައްޖު ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދޭނެ މީހުން ހޯދުމަށް އަނެއްކާވެސް އިއުލާންކޮށްފިއެވެ.

އެކޯޕަރޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ, ހައްޖު ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދޭނެ މީހުން ހޯދުމަށް މާޗް 7ގައި ކުރި އިއުލާނެއް އެކަށީގެންވާ އަދަދެއްގެ މީހުން ކުރިމަތިލާފައިނުވާތީ، އަލުން އެ ފުރުސަތު ހުޅުވާލާކަމަށެވެ. އެހީތެރިންގެ ގޮތުގައި ބޭނުންވަނީ ފިރިހެނުންނެވެ.

ފެންވަރު ނުވަތަ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ، އަސާސީ ތައުލީމު ހާސިލުކޮށްފައިވުމާއި، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ އަދި ސިއްހަތު ރަނގަޅު މީހަކު ކަމުގައިވުމެވެ. މި މަގާމްތަކަށް މީހުން ހޮވުމުގައި; އަރަބި ބަސް ނުވަތަ އުރުދޫ ބަހުން މުއާމަލާތްކުރަން އެނގޭ، ހައްޖާއި އުމްރާގެ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މީހުންނަށް އިސްކަންދެވޭނެކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.

މިކަމަށް ޝައުގުވެރިވާ މީހުން، މާޗް 22ވާ ބުދަ ދުވަހުގެ މެންދުރު 3 ޖެހުމުގެ ކުރިން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ހުށަހެޅުމަށް އެކޯޕަރޭޝަނުން އެދެއެވެ.

ސައޫދީ ސަރުކާރުން ދިވެހިރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށްޓަކައި ދޭ ރަސްމީ ކޯޓާގެ ގޮތުގައި 1000 ކޯޓާ މިއަހަރު ވަނީ ރާއްޖެއަށް ލިބިފައެވެ. ފާއިތުވި 1443 ވަނަ އަހަރު ހައްޖު ކޯޕަރޭޝަންގެ ފަރާތުން 458 މީހުން ހައްޖަށް ގެންގޮސްފައިވެއެވެ.

ހައްޖުހައްޖު ކޯޕަރޭޝަން

އިތުރަށް ކިޔާލަން

05 އޯގަސްޓު 2025

ހައްޖު ކޯޕަރޭޝަން ގެ އެމްޑީ ޝަކީލުގެ މައިންބަފައިންނާއި ކޮއްކޮ ހައްޖަށް ގެންދިޔަ މައްސަލަ އޭސީސީ ގައި ރަޖިސްޓަރީ ކޮށްފި

05 އޯގަސްޓު 2025
ހައްޖު ކޯޕަރޭޝަން ގެ އެމްޑީ ޝަކީލުގެ މައިންބަފައިންނާއި ކޮއްކޮ ހައްޖަށް ގެންދިޔަ މައްސަލަ އޭސީސީ ގައި ރަޖިސްޓަރީ ކޮށްފި
06 ޖޫން 2025

އިސްމާއީލުގެފާނު ދެއްކެވި ކިޔަމަންތެރިކަމުން މިއަދުގެ ޒުވާނުން ނަމޫނާ ލިބިގަނެ، ކިޔަމަންތެރިވާން ޖެހޭ: އީދު ޚުތުބާ

06 ޖޫން 2025
އިސްމާއީލުގެފާނު ދެއްކެވި ކިޔަމަންތެރިކަމުން މިއަދުގެ ޒުވާނުން ނަމޫނާ ލިބިގަނެ، ކިޔަމަންތެރިވާން ޖެހޭ: އީދު ޚުތުބާ
05 ޖޫން 2025

އެތައް މިލިއަން މުސްލިމުން އަރަފާތު ދުވަސް ފާހަގަ ކުރަނީ

05 ޖޫން 2025
އެތައް މިލިއަން މުސްލިމުން އަރަފާތު ދުވަސް ފާހަގަ ކުރަނީ
05 ޖޫން 2025

ދުއާއަކީ ކޮންމެ ރައްޔިތެއްވެސް ﷲގެ އޯގާވަންތަކަމުގައި ލަހައްޓަވައި ތާއަބަދުމެ ވިޔަވަތިކަން ދެއްވުން ކަމުގައި ރައީސް ވިދާޅުވެއްޖެ

05 ޖޫން 2025
ދުއާއަކީ ކޮންމެ ރައްޔިތެއްވެސް ﷲގެ އޯގާވަންތަކަމުގައި ލަހައްޓަވައި ތާއަބަދުމެ ވިޔަވަތިކަން ދެއްވުން ކަމުގައި ރައީސް ވިދާޅުވެއްޖެ
04 ޖޫން 2025

ދިވެހި ހުރިހާ ހައްޖާޖީން މިނާގައި، ހާލު ރަނގަޅު

04 ޖޫން 2025
ދިވެހި ހުރިހާ ހައްޖާޖީން މިނާގައި، ހާލު ރަނގަޅު
19 މާރިޗު 2025

ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމާއި ގުޅޭ އުސޫލު ގެޒެޓުކޮށްފި

19 މާރިޗު 2025
ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމާއި ގުޅޭ އުސޫލު ގެޒެޓުކޮށްފި
25 ޖޫން 2024

ހައްޖުކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ހުރިހާ ހައްޖުވެރިން ތިބީ މެނިންގްޖައިޓިސް ވެކްސިން ޖަހައިގެން

25 ޖޫން 2024
ހައްޖުކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ހުރިހާ ހައްޖުވެރިން ތިބީ މެނިންގްޖައިޓިސް ވެކްސިން ޖަހައިގެން
09 ޖޫން 2024

ހައްޖު ކޯޓާއަށް 150 މީހުންގެ ޖާގަ އިތުރުކުރީ މިސަރުކާރުގެ ބުރަ މަސައްކަތުން ކަމަށް ބުނެ ހަދަނީ ދޮގު

09 ޖޫން 2024
ހައްޖު ކޯޓާއަށް 150 މީހުންގެ ޖާގަ އިތުރުކުރީ މިސަރުކާރުގެ ބުރަ މަސައްކަތުން ކަމަށް ބުނެ ހަދަނީ ދޮގު
09 ޖޫން 2024

ފަގީރުންގެ ލިސްޓަކީ ބަދަލުވާ ލިސްޓެއް، ހައްޖަށް ފޮނުވީ ކުރީ ސަރުކާރުގެ ލިސްޓަކަށް ކަމަށް ބުނެ ފަރުޖައްސާލަވެން ނެތް: ކުރީގެ އިސްލާމިކް މިނިސްޓަރު

09 ޖޫން 2024
ފަގީރުންގެ ލިސްޓަކީ ބަދަލުވާ ލިސްޓެއް، ހައްޖަށް ފޮނުވީ ކުރީ ސަރުކާރުގެ ލިސްޓަކަށް ކަމަށް ބުނެ ފަރުޖައްސާލަވެން ނެތް: ކުރީގެ އިސްލާމިކް މިނިސްޓަރު
08 ޖޫން 2024

ނިކަމެތިން ހައްޖަށް ފޮނުވުމުގެ ނަމުގައި އޮޅުވާލުމުގެ ތުހުމަތު - ހައްޖު ކޯޕަރޭޝަނުން ބުނަނީ އެފަދަ ކަމެއް ހިނގާފައި ނުވާނެ ކަމަށް

08 ޖޫން 2024
ނިކަމެތިން ހައްޖަށް ފޮނުވުމުގެ ނަމުގައި އޮޅުވާލުމުގެ ތުހުމަތު - ހައްޖު ކޯޕަރޭޝަނުން ބުނަނީ އެފަދަ ކަމެއް ހިނގާފައި ނުވާނެ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް