Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބީއެމްއެލް

ބީއެމްއެލް މުވައްޒަފުން މާލެ ސާފުކޮށްފި

އަތޮޅުތެރޭގެ ރަށްރަށުގައި ވެސް މި ހަރަކާތް ކުރިއަށް ގެންގޮސްފައިވޭ

އާލިމް ޢަބްދުއްލަތީފް
އާލިމް ޢަބްދުއްލަތީފް | 17 މާރިޗު 2023 | ހުކުރު 15:03
ބީއެމްއެލްގެ މުވައްޒަފުން މިއަދު ވަނީ މާލެތެރެ ސާފުކޮށްފައި --

ބީއެމްއެލްގެ މުވައްޒަފުން މިއަދު ވަނީ މާލެތެރެ ސާފުކޮށްފައި --

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުން އިސްނަގައިގެން މިއަދު މާލޭގެ 12 ސަރަހައްދެއް ސާފުކޮށްފިއެވެ.

ހުކުރު ދުވަހު ބީއެމްއެލްގެ މުވައްޒަފުން ވަނީ މާލޭގެ 12 ސަރަހައްދެއް ސާފުކޮށް އަށް ޓަނުގެ ކުނި ނަގާފައެވެ. އަދި އެ މުވައްޒަފުން ވަނީ ހަ ޖަމްބޯ ބޭގްގެ ފުރާ ހުރި ޕްލާސްޓިކް އެއްކޮށް، އަލުން ބޭނުން ކުރުމަށް ޕާލޭ ޖަމިއްޔާއާ ހަވާލުކޮށްފައެވެ.

Advertisement - newsAdvertisement

ބީއެމްއެލްގެ މުވައްޒަފުން މިއަދު ސާފުކުރި ތަންތަނުގެ ތެރޭގައި، އާޓިފިޝަލް ބީޗް، ކާނިވާ ސަރަހައްދު، އިންޑަސްޓްރިއަލް ޒޯން، ރަސްފަންނުގެ އިތުރުން ލޯކަލް މާރުކޭޓު ސަރަހައްދުވެސް ހިމެނެއެވެ. އެ މަސައްކަތުގެ ތެރެއިން ބީއެމްއެލްގެ މުވައްޒަފުން ވަނީ ލޯކަލް މާރުކޭޓުގައި ކުލަ ވެސް ލައިފައެވެ.

މި ހަރަކާތުގައި ބޭންކުގެ 200އެއްހާ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. މި ހަރަކާތް ހިންގާފައިވަނީ މާލޭ ސިޓީ ކައުންސިލާއި ޑައިވް ޑެސްކްއާ ގުޅިގެން ހުކުރު ދުވަހު ހެނދުނު 6:30އިން 9:00އަށެވެ. މިއީ، މާޗު މަހުގެ 20 ވަނަ ދުވަހު ދުނިޔޭގައި ފާހަގަ ކުރާ އިންޓަނޭޝަނަލް ޑޭ އޮފް ހެޕިނަސް އާ ގުޅުވައިގެން ބީއެމްއެލްގެ މުވައްޒަފުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މާލޭގެ އިތުރުން ބީއެމްއެލްގެ ބްރާންޗުތައް ހުންނަ، ބައެއް ރަށްތަކުގައި ވެސް މި ހަރަކާތް ކުރިއަށް ގެންދިޔައެވެ. އޭގެ ތެރޭގައި ގދ. ތިނަދޫ އާއި ލ. ފޮނަދޫ އަދި ނ. ހޮޅުދޫ އާއި ށ. ފުނަދޫގެ އިތުރުން ކ. މާފުއްޓާއި ދ. ކުޑަހުވަދޫގެ ބީއެމްއެލް ބްރާންޗުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވެސް ނިކުމެ ވަނީ އެ ރަށްތައް ސާފުކުރުމުގެ ހަރަކާތުގައި ބައިވެރިވެފައެވެ.

ބީއެމްއެލް

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2025

އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!

03 ނޮވެމްބަރު 2025
އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!
02 ނޮވެމްބަރު 2025

ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

02 ނޮވެމްބަރު 2025
ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި
02 ނޮވެމްބަރު 2025

ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ނިންމާލައިފި

02 ނޮވެމްބަރު 2025
ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ނިންމާލައިފި
29 އޮކްޓޯބަރު 2025

ހައްގުތައް ހޯދަން މުޒާހަރާ ކުރާމީހުން ބިޑިއަޅުވާ އަނިޔާކޮށް ޖަލަށް، ފޭރޭ މީހުން ނަލަކޮށް ހިންގުވާފަ!

29 އޮކްޓޯބަރު 2025
ހައްގުތައް ހޯދަން މުޒާހަރާ ކުރާމީހުން ބިޑިއަޅުވާ އަނިޔާކޮށް ޖަލަށް، ފޭރޭ މީހުން ނަލަކޮށް ހިންގުވާފަ!
28 އޮކްޓޯބަރު 2025

ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!

28 އޮކްޓޯބަރު 2025
ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު