Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ރޯދައަށް ތަކެތީގެ އަގު ހެޔޮކުރުން

އެސްޓީއޯއިން ވިއްކާ ފިޔާ، އަލުވި އަދި ބިހުގެ އަގު ހެޔޮކޮށްފި

އަލުވި ކިލޯއެއް މިހާރު 11 ރުފިޔާއަށް ލިބޭނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 17 މާރިޗު 2023 | ހުކުރު 03:16
އެސްޓީއޯ އިންޑަސްޓްރިއަލް ވެއަރހައުސް

އެސްޓީއޯ އިންޑަސްޓްރިއަލް ވެއަރހައުސް

ރޯދަމަހަށް ޚާއްސަކޮށްގެން އެސްޓީއޯއިން ގެނައި ފިޔާ، އަލުވި އަދި ބިހުގެ އަގު ހެޔޮކޮށްފިއެވެ.

އެސްޓީއޯއިން ބުނީ މި ތަކެތީގެ ރީޓެއިލް އަދ ހޯލްސޭލް އަގުވެސް ހެޔޮކޮށްފައިވާކަމަށެވެ. މާރޗް މަސް ފެށުނީއްސުރެ އެސްޓީއޯއިން ގެންދަނީ މިތަކެތީގެ އަގުތަކަށް ބަދަލުގެންނަމުންނެވެ.

މިގޮތުން މީގެ ކުރިން 13 ރުފިޔާއަށް ވިއްކަމުންދިޔަ އަލުވި ކިލޯއެއް މިހާރު 11 ރުފިޔާއަށް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި 300 ރުފިޔާއަށް ވިއްކަމުންދިޔަ އަލުވި ބަސްތާ މިހާރު 240 ރުފިޔާއަށް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

މީގެ ކުރިން 14 ރުފިޔާއަށް ވިއްކަމުންދިޔަ ފިޔާ ކިލޯ މިހާރު 9 ރުފިޔާއަށް ވަނީ ކުޑަކޮށްފައެވެ. އަދި 300 ރުފިޔާއަށް ވިއްކަމުންދިޔަ ފިޔާ ބަސްތާ މިހާރު 160 ރުފިޔާއަށް ލިބޭނެއެވެ.

މީގެ އިތުރުން ބިސް ކޭހުގެ އަގުވެސް 300 ރުފިޔާއިން 280 ރުފިޔާއަށް ވަނީ ކުޑަކޮށްފައެވެ. އެސްޓީއޯއިން ބުނީ ބިސް ވަކިން ވިއްކާނީ ކުރިންވެސް ވިއްކި އަގު ކަމުގައިވާ 1.75 ރުފިޔާއަށް ކަމަށެވެ.

އެސްޓީއޯއިން ބުނީ މާލޭ އިންޑަސްޓްރިއަލް ޒޯން، ގްރޭޓަރ މާލެ ބަސް ޓާމިނަލުގެ ހުޅަނގުގައި އެކުންފުނީގެ ހޯލްސޭލް ކައުންޓަރެއް މިހާރު ގާއިމް ކުރެވިފައިވާނެ ކަމަށެވެ. މިއީ ރޯދަމަހަށް އެސްޓީއޯގެ މުދާ އާންމުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް އަޅާފައިވާ ފިޔަވަޅެކެވެ.

އެސްޓިއޯ ހޯލްސޭލް ސެންޓަރުގެ އިތުރުން، އިންޑަސްޓްރިއަލް ޒޯންގައި ހުންނަ އެސްޓީއޯގެ ގުދަނުން ފައިސާބަލައިގަނެ، އިންވޮއިސް ހަދާ، އަދި މުދާ ދޫކުރާނެއެވެ. މީގެ އިތުރުން ހުޅުމާލޭގައި ހުޅުވޭ ރޯދަ މާޓް އިންވެސް މި ހުރިހާ ހިދުމަތެއް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯ

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ބޭހުގެ ކަޅު ބާޒާރެއް އުފެދި ފުޅާ ވަނީ!

ބޭހުގެ ކަޅު ބާޒާރެއް އުފެދި ފުޅާ ވަނީ!

20 އޮކްޓޯބަރު 2025
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރެވުނު ހުރިހާ ކާބޯތަކެތި އެތެރެކޮށް ވިއްކަން ފަށައިފި ކަމަށް އެސްޓީއޯ އިން ބުނެފި

އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރެވުނު ހުރިހާ ކާބޯތަކެތި އެތެރެކޮށް ވިއްކަން ފަށައިފި ކަމަށް އެސްޓީއޯ އިން ބުނެފި

15 އޮކްޓޯބަރު 2025
އެސްޓީއޯއަކީ ހަމައެކަނި ބޮޑެތި އަގުގައި މުދާ ވިއްކާފައި އޭގެ ފައިދާ ނަގައިގެން ރައީސް މުއިއްޒަށް ފައިސާ ފޮނުވަން ހުރި ތަނެއް ނޫން: ރައީސް ޔާމީން

އެސްޓީއޯއަކީ ހަމައެކަނި ބޮޑެތި އަގުގައި މުދާ ވިއްކާފައި އޭގެ ފައިދާ ނަގައިގެން ރައީސް މުއިއްޒަށް ފައިސާ ފޮނުވަން ހުރި ތަނެއް ނޫން: ރައީސް ޔާމީން

10 އޮކްޓޯބަރު 2025
މި ސަރުކާރުން ބޭނުންވެއްޖެނަމަ ވަގުތުން ޑޮލަރުގެ ރޭޓު 15 ރުފިޔާއަށް ދަށްކުރެވޭނެ: އަމްރު

މި ސަރުކާރުން ބޭނުންވެއްޖެނަމަ ވަގުތުން ޑޮލަރުގެ ރޭޓު 15 ރުފިޔާއަށް ދަށްކުރެވޭނެ: އަމްރު

27 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު