Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ތިން ފުރޮޅުލީ އުޅަނދަށް ހުއްދަ ދިނުމާއި ގުޅޭ

ގަވާއިދަށް ގެނައި އިސްލާހުން "އޮޓޯ ރިކްޝާ" އަދި "އޮޓޯ" އަށް ހުއްދައެއް ނުދޭ: ޓްރާންސްޕޯޓް މިނިސްޓްރީ

ކުރިޔަށް އޮތްތާގައިވެސް މި ބާވަތުގެ އުޅަނދު ރަޖިސްޓަރީ ކުރުމަށް ހުއްދަކުރެވިގެން ނުދާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 17 މާރިޗު 2023 | ހުކުރު 02:07
ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ

އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދަށް ގެނައި އިސްލާހާއެކު "އޮޓޯ ރިކްޝާ" އަދި "އޮޓޯ" ގެ ގޮތުގައި ބެލެވޭ އުޅަނދުފަހަރު ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ނެތްކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ގަވާއިދަށް ގެނައި އިސްލާހުގައި ތިން ފުރޮޅުލީ އުޅަނދު ދުއްވުމުގެ ހުއްދަދެވޭ ގޮތަށް ޚާއްސަ ކެޓަގަރީއެއް ވަނީ އިތުރުކޮށްފައެވެ. އެކަމާއި ގުޅޭގޮތުން ޓްރާންޕޯޓް މިނިސްޓްރީން ބުނީ 3 ފުރޮޅުލީ އުޅަނދުގެ ގޮތުގައި "އޮޓޯ ރިކްޝާ" އަދި "އޮޓޯ" ގެ ގޮތުގައި ބޭނުންކުރާ އުޅަނދުތައް ދިވެހިރާއްޖޭގެ އެއްވެސް ރަށެއްގައި މިހާތަނަށް އޮޕަރޭޓް ކުރުމަށް ހުއްދަ ދީފައި ނުވެއެވެ. އަދި ކުރިޔަށް އޮތްތާގައިވެސް މި ބާވަތުގެ އުޅަނދު ރަޖިސްޓަރީ ކުރުމަށް ހުއްދަކުރެވިގެން ނުދާނެކަމަށް އެމިނިސްޓްރީން ބުނެއެވެ.

Advertisement - newsAdvertisement

މީގެއިތުރުން 15 ޖުލައި 2021 ގައި ގެޒެޓްކޮށް އަމަލުކުރަމުންދާ އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދުގެ 14 ވަނަމާއްދާގައި ބަޔާންކޮށްފައި ވަނީ ލައިސަންސް ކެޓަގަރީތައް ކަމަށް މިނިސްޓްރީން ބުނެއެވެ. މި ކެޓަގަރީ ތަކުގައި B3 ، B4 ، C3 އަދި C4 އުޅަނދު ބަޔާންކޮށްފައި ވުމާއި އަދި މި އުޅަނދުތަކުގެ ކެޓަގަރީތައް ރަޖިސްޓްރޭޝަން ގަވާއިދުގައި ބަޔާންކޮށްފައި ނެތުމުގެ ސަބަބުން ރަށްރަށުގައި ބޭނުންކުރާ 3 ފުރޮޅުލީ މީހުން އުފުލާ "ބަގީ" ތަކާއި ރަށު ޕިކަޕް ރަޖިސްޓަރީ ކުރުމުގައި ދަތިތައް ދިޔައީ ކުރިމަތިވަމުންކަމަށް އެމިނިސްޓްރީން ބުނެއެވެ.

ލައިސަންސްއިން ގަވާއިދުގައި B3 ކެޓަގަރީގައި ހިމެނޭނީ، މީހުން އުފުލުމަށް ބޭނުންކުރާ، އިށީނުމުގެ ޖާގަ ތިން މީހުންނަށް ވުރެ އިތުރުނުވާ، ފަސިންޖަރުން އުފުލާ، 3 ތިން ފުރޮޅުލީ އުޅަނދެވެ. އެގޮތުން މި އުޅަނދުތަކަކީ މިހާރުވެސް މީހުން އުފުލާ "ބަގީ" ގެ ގޮތުގައި ފަސިންޖަރުން އުފުލުމަށް ރާއްޖޭގެ ރިޒޯޓުތަކުގައާއި ބައެއް ރަށްރަށުގައި ބޭނުންކުރާ އުޅަނދުތަކެވެ.

މި ގަވާއިދަށް މި ގެނެ ވުނު އިސްލާހުގެ މައިގަނޑު ބޭނުމަކީ ލައިސަންސް ކެޓަގަރީގައި 3 ފުރޮޅުލީ އުޅަނދުފަހަރަށް ލައިސަންސް ދެމުންގެންދާއިރު މި އުޅަނދުތަކަކީ ކޮބައިކަން ރަޖިސްޓްރޭޝަން ގަވާއިދުން ބަޔާންކޮށް އެ ކެޓަގަރީތައް ރަޖިސްޓަރީތަކުން ފެންނާނެގޮތަށް ކެޓަގަރައިޒު ކުރުމެވެ. މިކަން މިގޮތަށް ކަނޑައެޅުމުގެ ކުރިން ލައިސަންސް ގަވާއިދާއި ރަޖިސްޓްރޭޝަންގަވާއިދާއި ފުށުއެރުންތައް ހުރުމާއި އަދި 3 ފުރޮޅުލީ މީހުން އުފުލާ "ބަގީ" އުޅަނދު ރަޖިސްޓަރީ ކުރުމުގައި ބޮޑެތި ފުށުއެރުންތަކެއް ރަޖިސްޓްރޭޝަން ސިސްޓަމުގައިވަނީ ފާހަގަކުރެވިފައިކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ. ހަމައެހެންމެ ގަވާއިދުން 3 ފުރޮޅުލީ "ބަގީ" ތަކަށް ވަކި ކެޓަގަރީއެއް ނެތި އޮތް އޮތުމުގެ ސަބަބުން ރިޒޯޓުތަކުގައާއި ރަށްރަށުގައި މިހާރުވެސް ބޭނުންކުރަމުންދާ މިފަދަ އުޅަނދުތައް ވަނީ ރަޖިސްޓަރީ ނުކުރެވިއެވެ. މިގެނެވުނު ބަދަލާއެކު މިކަމަށް ހައްލެއް ގެނެވިގެން ދާނެއެވެ.

ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން ގަރާޖުގެ ގޮތުގައި ޕާމިޓު ދޫކުރަމުންދާނީ 4 ފުރޮޅު ލީ އުޅަނދު ފަހަރަށެވެ. އަދި މިހާރު މިނިސްޓްރީއިން އުޅަނދުތައް ރަޖިސްޓަރީ ކުރާއިރު އެ އުޅަނދުގެ ފޮޓޯ ބަލައި އެ އުޅަނދަކީ ކޮންކަހަލަ އުޅަނދެއްކަން ޔަގީން ކުރަމުންދެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

27 ނޮވެމްބަރު 2025
ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

07 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު