Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ

ވާދަވެރިއަކު ނެތް، އަނެއްކާ ވެސް ފީފާގެ ރައީސްކަމަށް އިންފަންޓީނޯ

އޭނާ އަށް ރުހުން އޮތްތޯ ބަލާނީ އަތްޖަހައިގެން

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 16 މާރިޗު 2023 | ބުރާސްފަތި 05:31
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ: އައު ދައުރަކަށް އިންތިހާބު ކުރާނެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ: އައު ދައުރަކަށް އިންތިހާބު ކުރާނެ

ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާގެ ރައީސްކަމުގެ މަގާމަށް މިހާރު ވެސް އެ މަގާމުގައި ހުންނެވި ޖިއާނީ އިންފަންޓީނޯ އިންތިހާބު ކުރުމަށް ނިންމައިފި އެވެ.

ސަބަބަކީ އޭނާއާ ވާދަކުރާނެ އިތުރު ކެނޑިޑޭޓަކު ނެތުމުންނެވެ. ރުވާންޑާގެ ކިގަލީގައި މިހާރު ކުރިއަށްދާ ފީފާގެ 73 ވަނަ ކޮންގްރެންސްގައި 2023 އިން 2027 ވަނަ އަހަރަށް ފީފާގެ ރައީސް ކަމުގައި ހުންނަން އިންފަންޓީނޯ އަށް ރުހުން އޮތްކަން ދައްކައިދޭނީ ވޯޓަކާ ނުލަ އެވެ. އެއީ މެންބަރު 211 ގައުމުގެ މަންދޫބުން އޭނާ އަށް މަރުހަބާ ކިއުމަށް އަތްޖަހައިގެންނެވެ.

ފީފާގެ ރައީސް ކަމުގައި އެކަކަށް އެންމެ ގިނަ ދުވަހު ހުރެވޭނީ ހަތަރު އަހަރުގެ ހަތަރު ދައުރު އެވެ. އިންފަންޓީނޯ އެންމެ ފުރަތަމަ ރައީސް ކަމަށް އައީ ކުރީގެ ރައީސް ސެޕް ބްލެޓާ ކޮރަޕްޝަން މައްސަލާގައި 2015 ވަނަ އަހަރު އިސްތިއުފާ ދެއްވުމުންނެވެ. މިހެންވެ އޭނާގެ ދައުރުގެ ބާކީބައިގައި އިންފަންޓީނޯ މަގާމުގައި ހުއްޓަސް އެއީ ފުލް ދައުރެއް ކަމަށް ނުބަލަ އެވެ.

މިހެންވެ އުމުރުން 52 އަހަރުގެ އިންފަންޓީނޯ އަށް މިހާރު ކަން އޮތް ގޮތުން 2027 ވަނަ އަހަރަށް ފަހު ވެސް ފީފާގެ ރައީސްކަމުގައި ހުރުމުގެ ފުރުސަތު ވަނީ ފަހިވެފަ އެވެ. ފީފާގެ ރައީސް ކަމަށް ވަޑައިގަތުމުގެ ކުރިން އިންފަންޓީނޯ ހުންނެވީ ޔޫއެފާގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގަ އެވެ. އޭނާ މަގާމަށް އައުމަށްފަހު ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައިވާ ބްލެޓާ އާއި އޭރުގެ ޔޫއޭފާގެ ރައީސް މިޝޭލް ޕްލެޓިނީ އުމުރު ދުވަހަށް ފުޓްބޯޅައިން ސަސްޕެންޑްކޮށް ފަހުން މުއްދަތުކުރުކުރި އެވެ.

ފީފާޖިއާނީ އިންފަންޓީނޯ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

2026 ވޯލްޑް ކަޕް މެޗުތަކަށް ފަސް މިލިއަން ޓިކެޓު ގަންނަން މިހާތަނަށް އެދިފައިވާ ކަމަށް ފީފާ އިން ބުނެފި

13 ޑިސެމްބަރު 2025
2026 ވޯލްޑް ކަޕް މެޗުތަކަށް ފަސް މިލިއަން ޓިކެޓު ގަންނަން މިހާތަނަށް އެދިފައިވާ ކަމަށް ފީފާ އިން ބުނެފި
08 ޑިސެމްބަރު 2025

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް
08 ޑިސެމްބަރު 2025

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު

06 ޑިސެމްބަރު 2025
ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު