Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސީހްގެ އިތުބާރު ވޯޓު

ސޮއިކުރި މެންބަރުންނަށް ރައީސް ޔާމީން އާދޭސް ދަންނަވަނީ

މެނިފެސްޓޯގައިވާ ކަންކަން ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަރިހުން އާދޭސް ދަންނަވާފައި ވާނެ: ތަރުޖަމާން

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 4 ޖުލައި 2017 | އަންގާރަ 07:21
ރައީސް އަބްދުﷲ ޔާމީން

ރައީސް އަބްދުﷲ ޔާމީން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ސޮއިކުރި ޕީޕީއެމްގެ މެންބަރުންގެ ކިބައިން ރައީސް އަބްދުﷲ ޔާމީން އާދޭސް ދަންނަވަމުން ގެންދަވާ ކަމަށް ބައެއް މެންބަރުން ވިދާޅުވެއްޖެ އެވެ.

މައްސަލަ ހުށަހެޅުމަށް ސޮއިކުރެއްވި ޕީޕީއެމްގެ މެންބަރަކު ރާއްޖެއެމްވީ އަށް ވިދާޅުވީ އިއްޔެ އާއި ރޭ ވެސް މެންބަރުންނަށް ގުޅުއްވި ކަމަށާއި އެހެން ފަހަރުތަކާ ހިލާފަށް މި ފަހަރު މެސެޖްގެ ބަދަލުގައި ކޮންމެ މެންބަރަކަށް ވަކިވަކިން ގުޅުއްވަމުން ގެންދަވާ ކަމަށެވެ. މިހާތަނަށް ދުވަހަކު ވެސް ރައީސް އާދޭސް ނުކުރައްވާ ވަރަށް މެންބަރުންނަށް އާދޭސްކުރައްވަމުން ގެންދަވާ ކަމަށް ބައެއް މެމްބަރުން ވިދާޅުވިއެވެ.

ރާއްޖެއެމްވީއާ ވާހަކަ ދެއްކެވި މެންބަރަކު ވިދާޅުވީ ބައެއް މެންބަރުންނާ ނުގުޅުއްވިގެން ވެސް ވަރަށް ކަންބޮޑުވުން ފާޅުކުރެއްވި ކަމަށާއި ގައުމުގެ ހައްގުގައި "ތިޔައެހެން ނުހެއްދެވުމަށް" ތަކުރާރުކޮށް ރައީސް ޔާމީން އާދޭސް ދެންނެވި ކަމަށެވެ. އަދި އެއްވެސް އެ މަނިކުފާނާއި މެންބަރަކާ މެދު މައްސަލައެއް ޖެހިފައި ނުވާ ކަމަށް ރައީސް ދެންނެވި ކަމަށް ވެސް ބައެއް މެންބަރު ވިދާޅުވިއެވެ.

މެންބަރުން ވިދާޅުވީ މެންބަރުން ރުއްސުމަށްޓަކައި ރައީސް ވަރަށް ގިނަ ވާހަކަ ދެއްކެވި ކަމަށާއި ނަމަވެސް ސޮއިކުރެއްވި މެންބަރުން ތިއްބެވީ ނިންމުން ބަދަލުކުރައްވާ ގޮތަށް ނޫން ކަމަށެވެ.

"ތިމަން މަނިކުފާނާއި މެމްބަރުންނާ މައްސަލައެއް ނެތޭ ވިދާޅުވެ، މިފަހަރު ވެސް ރައީސް އެ އުޅުއްވަނީ ބޮލުގެ އެއްޗެއް ހައްދަވަން. އެކަން މެމްބަރުންނަށް ވެސް އެނގޭ،" ނަން ހާމަނުކުރަން ޝަރުތުކޮށް، މެމްބަރަކު ވިދާޅުވި އެވެ.

މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލައިގަ މީގެ ކުރިން ވެސް ޕީޕީއެމްގެ ބައެއް މެންބަރުން ސޮއިކުރެއްވުމާ ގުޅިގެން ފިއްތުންތައް ކުރިމަތިކުރުވާފައި ވެއެވެ. އޭގެ އިތުރުން ޕީޕީއެމް ދެ ފެކްޝަނަކަށް ބެހިގެން ދިޔައިރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަޅި އިހްތިޔާރުކުރެއްވި ބައެއް މެންބަރުންނަށް އެކި ގޮތްގޮތުން ހުރަސްތައް ކުރިމަތިކުރުވުމުން ބައެއް މެންބަރުން ވަނީ އެ ނިންމުން ބަދަލުކުރައްވާފައެވެ. އެ ގޮތުން އޭދަފުށީ ދާއިރާގެ މެންބަރު ރެޑްވޭވް ސަލީމާއި އޭނާއާ ގާތްގުޅުމެއް އޮންނަ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ސުޖާއު އާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ހިމެނިވަޑައިގަންނަވައެވެ. އެ ގޮތުން އެ ދުވަސްވަރު ރެޑްވޭވުން ހުޅުމާލޭގައި ހަދާފައިވާ ފިހާރައިގެ ހުއްދަ ހިފެހެއްޓުމާއި އެތަން އަތުލުމަށް ނޯޓިސް ފޮނުވުމާއި މެންބަރު ސައުދުﷲގެ ކުންފުންޏަށް ދީފައިވާ ބައެއް މަޝްރޫއުތަކުގެ އެއްބަސްވުން ކެންސަލުކުރުން ފަދަ ކަންކަން ކޮށްފައި ވެއެވެ.

މަޖިލީހުގެ ރައީސް މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މި ފަހަރު މަޖިލީހަށް ހުށަހަޅާފައި ވަނީ 45 މެންބަރުންގެ ސޮޔާ އެކުގައެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ 11 މެންބަރަކު ހިމެނިވަޑައިގަންނަވައެވެ. އޭގެ ތެރެއިން އިސްދޫ ދާއިރާގެ މެންބަރު އަހްމަދު ރަޝީދު ވަނީ ސޮއި ފޯޖްކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އެހެން ބޭފުޅަކު ސޮއިކުރެއްވި ކަމަށް އަދި މިހާތަނަށް އިންކާރުކުރައްވާފައި ނުވާ އިރު ގިނަ މެންބަރުން ވަނީ ސޮއިކުރެއްވިކަން ކަށަވަރުކޮށްދެއްވާފައެވެ.

ކުރީފަހަރެކޭ އެއްގޮތަށް މި ފަހަރު ވެސް މަޖިލީހަށް މައްސަލަ ވެއްދުމާ އެކު ބައެއް މެންބަރުންގެ މައްޗަށް ދައުވާތައް އުފުލައި އަދި ބައެއް މައްސަލަތައް ވަނީ ހަލުވިވެފައެވެ. ދައުވާތައް އުފުލާފައި ވަނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށާއި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އަދި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނުގެ މައްޗަށެވެ. އޭގެ އިތުރުން އެމްޑީޕީގެ ވެރިކަމުގައި އަބްދުﷲ ގާޒީ ބަންދުކުރި މައްސަލާގައި މީގެ ކުރިން ދައުވާ ނުކުރަން ނިންމާފައިވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށް އަލުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ.

މެންބަރުންނަށް ރައީސް އާދޭސް ދެންނެވުމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒް އަލީ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުތަކާއި އެމަނިކުފާނުގެ މެނިފެސްޓޯގައިވާ ކަންކަން ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަރިހުން އާދޭސް ދަންނަވާފައި އެބަހުރި ކަމަށެވެ. ރައްޔިތުންގެ ކަންކަން ފުރިހަމަކޮށްދެއްވުމުގައި އެހީތެރިކަން ދެއްވުމަށް މެންބަރުންގެ އަރިހުން އާދޭސް ދަންނަވަން ޖެހިވަޑައިގެންނެވި ނަމަވެސް މެންބަރުންނަށް ރިޝްވަތު ދެއްވައިގެން ކަންކަން ނުކުރައްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.

ރިޝްވަތު ދެއްވައިގެން ކަންކަން ނުކުރައްވާނެ ކަމަށް މުއާޒު ވިދާޅުވިއިރު، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބެއްސެވީ ރައީސް ޔާމީންގެ ފައިސާ ކަމަށް އެ މަނިކުފާނު ވިދާޅުވި ކަމަށް، ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު