Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިންޑިޔާގައި ފިޔާގެ އަގު ވެއްޓުން

ފިޔާގެ ސަބަބުން އިންޑިޔާގެ ދަނޑުވެރިންނަށް ރޮވެނީ!!

މިވަގުތު 100 ކިލޯ ފިޔައަށް ހޯލްސޭލް ބާޒާރުގައި ލިބެނީ 200ރުޕީސްއާ 400 ރުޕީސްއާ ދެމެދުގެ އަދަދެއް

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 15 މާރިޗު 2023 | ބުދަ 13:25
ފިޔާ ހައްދާ ދަނޑުވެރިންގެ ހިނގާލުން

ފިޔާ ހައްދާ ދަނޑުވެރިންގެ ހިނގާލުން

އިންޑިޔާގައި ފިޔާގެ އަގު މާބޮޑަށް ވެއްޓިގެން ދިއުމުގެ ސަބަބުން، ފިޔާ ހައްދާ ދަނޑުވެރިންގެ ކަންބޮޑުވުން ސަރުކާރާ ހިއްސާކުރުމަށް މަސައްކަތްތަކެއް ފަށައިފިއެވެ. މިގޮތުން އެމީހުން ވަނީ 200 ކިލޯމީޓަރަށް ހިންގާލުމެއް ފަށާފައެވެ. މިކަމާ ގުޅިގެން ސަރުކާރުން ވަނީ ފިޔާ ހައްދާ ފަރާތްތަކަށް ފައިސާގެ އިނާޔަތެއް ދޭނެކަން ހާމަކޮށްފައެވެ. ނަމަވެސް ދަނޑުވެރިން ބުނަނީ އެވަރުން ނުފުދޭނެ ކަމަށާއި، ފިޔާގެ އަގު އުފުލޭނެ ގޮތެއް ހަދައިދިނުމަށް އެދޭކަމަށެވެ.

އިންޑިޔާއަކީ، ޗައިނާއަށްފަހު ދުނިޔޭގައިވެސް ދެވަނައަށް އެންމެ ގިނައިން ފިޔާ ހައްދާ ގައުމަށްވާއިރު، އިންޑިޔާއިން އަހަރަކު ގާތްގަނޑަކަށް 24 މިލިއަން ޓަނުގެ ފިޔާ ހައްދައި ބާޒާރަށް ނެރޭކަމަށްވެއެވެ. މީގެ ދެބައިކުޅައެއްބައި ހައްދަނީ މަހާރަޝްތުރާގައެވެ. އިންޑިޔާގައި ހައްދާ ފިޔާގެ ތެރެއިން އެހެން ގައުމުތަކަށް އެކްސްޕޯޓްކުރަނީ 10 އިންސައްތައާ 15 އިންސައްތައާ ދެމެދުގެ އަދަދަކަށެވެ.

އެންމެ ގިނައިން ފިޔާ ހައްދާ އެއް ދަނޑުވެރިޔަކު ބުނިގޮތުގައި، ފިޔަލުގެ އަގު ވެއްޓިފައިވާވަރުން، އަގު ދީފައި މަޖޫރީން ނެރެގެން ދަނޑުތަކުން ފިޔާ ނެރުމަށްވުރެ ހުރިގޮތަށް ހުރެ ހަލާކުވާން ދޫކޮށްލަންވެސް މާރަނގަޅެވެ. އެހެނީ އެކަމަށް ހިނގާ ޚަރަދުވެސް ދެކޮޅު ނުޖެއްސޭނެތީއެވެ.

ބައެއް ދަނޑުވެރިން މައްސަލައަށް ސަމާލުކަން ހޯދައި، އެމީހުންގެ މެސެޖް ކަމާބެހޭ ފަރާތްތަކަށް ރައްދު ކުރުމަށްޓަކައި ފިޔާ ޕާރުސަލުތައް ޗީފް މިނިސްޓަރަށާއި ބޮޑުވަޒީރަށްވެސް ފޮނުވަމުން ދާކަމަށް ޚަބަރުތައް ބުނާއިރު، އަނެއްބައި ދަނޑުވެރިން ދަނޑު ތަކުގައި ރޯކުރުން ފަދަ ކަންކަންވެސް ކުރަމުން ދާކަމަށްވެއެވެ.

އިންޑިޔާގައިވެސް ފިޔާގެ އަގަކީ އެއްވަރެއްގައި ހިފެހެއްޓުމަށް ދަތި ބާވަތެކެވެ. ގިނަ ކެއުންތައް ތައްޔާރުކުރުމަށް ފިޔާ ބޭނުންކުރިކަމުގައި ވީނަމަވެސް، އަވަހަށް ހަލާކުވާއެއްޗަކަށް ވުމުން މާގިނަ ދުވަހު ރައްކާކޮށްފައިވެސް ނުބެހެއްޓެއެވެ. ފިޔާގެ އަގު ވެއްޓުމުން ދަޑުވެރިންނަށް ހިތްދަތިކަން ލިބޭއިރު، އަގު ބޮޑުވުމުން އާންމު ރައްޔިތުން ރުޅިއައިސް، ސަރުކާރުތައް ވައްޓާލުމާ ހަމައަށްވެސް ކަންތައް ގެންގޮސްފައި އެބަހުއްޓެވެ.

އޮފިޝަލުން ވިދާޅުވާގޮތުގައި މިފަހަރު މަހާރަޝްތުރާގައި ފިޔާގެ އަގު މިހާބޮޑަށް ވެއްޓިގެން މިއުޅެނީ ކައިރި އެހެން ސްޓޭޓްތައް ކަމަށްވާ، އުއްތަރު ޕްރަދޭޝް، ބިހާރު އަދި ރާޖަސްތާންފަދަ ސްޓޭޓްތަކުގައިވެސް މިފަހަރު ފިޔާ ހައްދާފައިވުމުން، ފިޔައަށް އޮތް ޑިމާންޑް ދަށްވެގެން ދިއުމެވެ. މޫސުމަށް އަންނަ ކުއްލި ބަދަލުތަކުގެ ސަބަބުންވެސް ފިޔާ ދަނޑު ތަކަށް އަސަރުކޮށް، އަގަށް ބަދަލު އާދެއެވެ.

އިންޑިޔާގައި ފިޔާ ދެމޫސުމަކަށް ހައްދާއިރު، މާޗު މެދެއްހާ ހިސާބުން ފެށިގެން ހައްދާ ފިޔާ ތަންކޮޅެއް ގިނަ ދުވަހު ބެހެއްޓޭ ކަމަށް ވެއެވެ. ނާސިކްގެ ދަޑުވެރިން ބުނާގޮތުން، މިދުވަސްކޮޅު 100 ކިލޯ ފިޔައަށް ހޯލްސޭލް މާކެޓްގައި ލިބެނީ 200ރުޕީސްއާ 400 ރުޕީސްއާ ދެމެދުގެ އަދަދަކަށެވެ. އިސް ދަނޑުވެރިޔަކު ބުނިގޮތުގައި 100 ކިލޯ 1200އަށް ވިކިގެން މެނުވީ 400 ރުފިޔާގެ ފައިދާއެއްވެސް ނުލިބޭނެއެވެ.

ބޮޑަށް ވެއްޓިފައިވަނީ ފިޔާގެ ހޯލްސޭލް އަގު ކަމަށް ވާއިރު، ރީޓެއިލް އަގު ގިނަ ހިސާބުތަކުގައި މާ ބޮޑުތަން ހެޔޮނުވާ ކަމަށް ވެއެވެ. މިއިން އެނގެނީ މެދުވެރިންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބޮޑު ފައިދާއެއް ނަގަމުންދާކަމެވެ.

އިންޑިޔާގައި ފިޔައަށް ބޮޑު ޑިމާންޑެއް އޮތްނަމަވެސް، އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށް ސަރުކާރުގެ ޕޮލިސީއެއް ނެތްކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.  

އިންޑިއާދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

17 ނޮވެމްބަރު 2025
އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ

އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ

15 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު