Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލަންކާގެ ޓޫރިޒަމް މިނިސްޓަރު

ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭގޮތުން ފާޑު ވިދާޅުވި ލަންކާގެ މިނިސްޓަރު މާފަށް އެދިވަޑައިގެންފި

ލަންކާގެ ޓޫރިޒަމް މިނިސްޓަރު ރާއްޖެ ސިފަ ކުރެއްވީ ފޫހި މަންޒިލެއްގެ ގޮތުގައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 14 މާރިޗު 2023 | އަންގާރަ 02:35
ލަންކާގެ ޓޫރިޒަމް މިނިސްޓަރު އައިޓީބީ ފެއާގައި

ލަންކާގެ ޓޫރިޒަމް މިނިސްޓަރު އައިޓީބީ ފެއާގައި

ރާއްޖެއަކީ "ފޫހި މަންޒިލެއް" ގެ ގޮތުގައި ސިފަ ކުރައްވައި ވާހަކަދެއްކެވި އަވައްޓެރި ސްރީލަންކާގެ ޓޫރިޒަމް މިނިސްޓަރު ހަރިން ފެނާންޑޯ މާފަށް އެދިވަޑައިގެންފިއެވެ.

ފަތުތުވެރިކަމުގެ ދާއިރާގައި ދުނިޔޭގެ އެންމެ ބޮޑު ފެއާ ކަމަށްވާ އައިޓީބީ ބަރލިންގައި ލަންކާ އިޝްތިހާރު ކުރުމުގެ ގޮތުން ފެނާންޑޯ ވަނީ ރާއްޖެއަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، ރާއްޖޭގައި އޮތީ ހަމައެކަނި ރީތި ގޮނޑުދޮށެއް ކަމަށާއި ފަސް ވަރަކަށް ދުވަސް ރާއްޖޭގައި ހޭދަ ކުރުމަށްފަހު އުޅެން ޖެހޭނީ ފޫހިވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެއާ ޚިލާފަށް ލަންކާގައި ބައިވަރު އިތުރު ކަންކަން ކުރެވެން ހުންނާނެ ކަމަށް ވިދާޅުވެ އެ ޤައުމުގެ ފަތުރުވެރިކަމުގެ އެކި ޕްރޮޑަކްޓުތައް އިޝްތިހާރު ކުރެއްވިއެވެ.

މި ވާހަކަތަކާ ގުޅިގެން ދިވެހިންގެ އިތުރުން ލަންކާ ރައްޔިތުން ވެސް ވަނީ ފެނާންޑޯގެ އެވާހަކަތައް ކުއްވެރިކޮށްފައެވެ. އެގޮތުން، ލަންކާގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ރާއްޖެއާ ގުޅޭގޮތުން އެފަދަ ވާހަކަތައް ދެއްކިގެން ނުވާނެ ކަމަށާއި ލަންކާއާއި ރާއްޖޭގެ ފަތުރުވެރިކަމަކީ މުޅިން ތަފާތު ދެ ބާވަތެއްގެ ފަތުރުވެރިކަން ކަމަށް ގިނަ ބަޔަކު ފާހަގަކޮށްފައިވެއެވެ. އަދި ލަންކާގެ ބައެއް ރައްޔިތުން ވަނީ ސޯޝަލް މީޑިއާގައި ފެނާންޑޯގެ އެ ވާހަކަތަކަށް ރާއްޖޭގެ ރައްޔިތުންގެ ފަރާތުން މާފަށް އެދިފައެވެ.

ސޯޝަލް މީޑިއާގައި ފާޑުކިޔުންތައް އަމާޒުވުމުން ފެނާންޑޯ ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ އައިޓީބީގައި ދެއްކި ވާހަކަތައް ސޯޝަލް މީޑިއާގައި ފަތުރާފައިވަނީ މާނަ އޮޅޭ ގޮތަށް ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި ލަންކާއިން މަސައްކަތް ކުރަނީ ރާއްޖެއާ ގުޅިގެން ކަމަށް ވިދާޅުވެ އޭނާ ވަނީ މާފަށް އެދިވަޑައިގެންފައެވެ.

ފެނާންޑޯ ރާއްޖެއާ ގުޅޭ ގޮތުން އައިޓީބީގައި ދެއްކެވި ވާހަކަތަކަށް ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް ވަނީ ރައްދު ދެއްވައިފައެވެ. އެގޮތުން މައުސޫމް ކުރެއްވި ޓްވީޓެއްގައި ރާއްޖެއިން ފާއިތުވި ތިން އަހަރު ވިދިވިދިގެން ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ ލަގަބު ހޯދާފައިވާކަން ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަންސްރީލަންކާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
30 ނޮވެމްބަރު 2025

ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ

30 ނޮވެމްބަރު 2025
ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ
29 ނޮވެމްބަރު 2025

ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ

29 ނޮވެމްބަރު 2025
ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ
29 ނޮވެމްބަރު 2025

ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ

29 ނޮވެމްބަރު 2025
ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ
28 ނޮވެމްބަރު 2025

ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި

28 ނޮވެމްބަރު 2025
ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި
28 ނޮވެމްބަރު 2025

ސްރީލަންކާ އަށް ނުރައްކާތެރި މޫސުމީ ހާލަތެއް ކުރިމަތިވެ އެތައް ބަޔަކު މަރުވެއްޖެ

28 ނޮވެމްބަރު 2025
ސްރީލަންކާ އަށް ނުރައްކާތެރި މޫސުމީ ހާލަތެއް ކުރިމަތިވެ އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު