Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަލިފާނުގެ ހާދިސާ

މިދިޔަ އަހަރު އެކަނި ވެސް ކައްކާ ގޭހުގެ ސަބަބުން 49 އަލިފާނުގެ ހާދިސާ ހިނގާފައިވޭ: އެމްއެންޑީއެފް

12 މާރިޗު 2023 | އާދީއްތަ 06:14

އަލިފާނުގެ ގިނަ ހާދިސާތައް ހިނގާފައިވަނީ މާލެ ސަރަހައްދުން

އަމްނާ އިމާދު
އަމްނާ އިމާދު | 12 މާރިޗު 2023 | އާދީއްތަ 06:14
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގެ ތެރެއިން

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގެ ތެރެއިން

މިދިޔަ އަހަރު އަލިފާނުގެ ގިނަ ހާދިސާތައް ހިނގާފައިވާ ކަމަށާއި، ކައްކާ ގޭހުގެ ސަބަބުން އެކަނި ވެސް 49 ހާދިސާއެއް ހިނގާފައިވާ ކަމަށް މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީގެ ޕްރޮގްރާމްގައި ފަސްޓް ލެފްޓިނެންޓް އިސްމާއީލް ރަޝީދު ވިދާޅުވީ ވޭތުވެދިޔަ އަހަރު ހިނގާފައިވާ އަލިފާނުގެ ހާދިސާތައް ގިނަ ކަމަށާއި، ކައްކާ ގޭހުގެ ސަބަބުން އެކަނި ވެސް ވަރަށް ގިނަ އަލިފާނުގެ ހާދިސާތައް ހިނގާފައިވާ ކަމަށެވެ. އެގޮތުން 49 ހާދިސާއެއް ރިކޯޑު ކުރެވިފައިވާއިރު، ފުރާނައަށް ނުރައްކާތެރި ހާދިސާތައް ހިނގާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

އިސްމާއީލް ވިދާޅުވީ އަތޮޅުތެރެއަށްވުރެ މާލެ ސަރަހައްދުން ހިނގާފައިވާ އަލިފާނުގެ ހާދިސާތައް ގިނަ ކަމަށެވެ. އަދި ބައެއް ހާދިސާތައް ހިނގާފައިވަނީ ގޭސް އުނދުން ބަހައްޓަން ނުވާވަރުގެ ކުދިކުދި ތަންތަނުގައި ގޭސްފުޅިއާއި އުނދުން ބަހައްޓައި ބޭނުންކުރުމުގެ ސަބަބުން ކަމަށް އިސްމާއީލް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރަމަޟާން މަހަށް އިޝާރާތް ކުރައްވައި ވޮރަންޓް އޮފިސަރ3 އާސިމް ރަޝީދު ވިދާޅުވީ ގޭބިސީތަކުން ރޯދައަށް ޚާއްސަކޮށް ގެންގުޅޭ ސާމާނުތައް އައު ކުރާ ކަމަށެވެ. އެގޮތުން ބަދިގެ ސާމާނު އައު ކުރާއިރު، ގޭސްފުޅިއާއި، ގޭސްއުނދުނަށް މައްސަލައެއް ދިމާވެފައިވޭތޯ ނުބަލާކަން ފާހަގަކުރެވޭ ކަމަށް އާސިމް ވިދާޅުވިއެވެ.

އާސިމް ވިދާޅުވީ ގޭތެރެއިން ގޭސްވަސް ދުވާކަމަށް ޝައްކުކުރެވޭނަމަ ވެސް ފަޔަރ އެންޑް ރެސްކިއުގެ 118 ނަންބަރަށް ގުޅައި އެހީތެރިކަން ހޯދަންޖެހޭ ކަމަށެވެ. މީގެ އިތުރުން އާސިމް ވިދާޅުވީ ހިނގާފައިވާ ބައެއް އަލިފާނުގެ ހާދިސާތަކުގައި ގޭސްފުޅީގެ ހޮޅިއަށް ވަރަށް އާދައިގެ ހޮޅި ބޭނުންކޮށްފައިވާކަން ފާހަގަކުރެވޭ ކަމަށާއި، ގަހަށް ފެން ޖެހުމަށް ބޭނުން ކުރާ ހޮޅިވެސް ބޭނުންކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިފަދަ ކަންކަމުގެ ސަބަބުން ގިނަ ބަޔަކު ނުރައްކަލަށް ހުށަހެޅިގެންދާ ކަމަށާއި، ކުރިއަށް އޮތްތަނުގައި މިފަދަ ކަންކަމުން ދުރުވެ ސަލާމާތާއި ރައްކާތެރިކަން އިސްކުރުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް