Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑީއެންއާރު

ނެޝަނަލް އައިޑީ ކާޑުގެ ޑިޒައިން ބަދަލުކުރަން ހަވާލުކޮށްފި

11 މާރިޗު 2023 | ހޮނިހިރު 06:33

މި މަސައްކަތް ހަވާލު ކޮށްފައިވަނީ "އެންކްރިއާ ޕްރައިވެޓް ލިމިޓެޑް" އާ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 11 މާރިޗު 2023 | ހޮނިހިރު 06:33
ޑީއެންއާރު

ޑީއެންއާރު

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (ނެޝަނަލް އައިޑެންޓިޓީ ކާޑް) ނުވަތަ އައިޑީ ކާޑުގެ ޑިޒައިނަށް ބަދަލު ގެނައުމަށް ހަވާލުކޮށްފިއެވެ.

އައިޑީކާޑުގެ ޑިޒައިނަށް ބަދަލު ގެނައުމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން ހަވާލުކޮށްފައިވަނީ އައިޑީ ކާޑު ފަރުމާ ކުރުމަށް ހުޅުވާލި ފުރުސަތުގައި ހުށަހެޅި ޑިޒައިންތަކުގެ ތެރެއިން އެއްވަނަ ހޯދި "އެންކްރިއާ ޕްރައިވެޓް ލިމިޓެޑް" އާއެވެ. ޑީއެންއާރުން ވަނީ ޑިޒައިނަށް ބަދަލު ގެނައުމަށް "އެންކްރިއާ ޕްރައިވެޓް ލިމިޓެޑް" ހަވާލު ކުރުމަށް އެއްބަސްވުމުގައި މިހާރު ސޮއި ކޮށްފައެވެ.

Advertisement - newsAdvertisement

ޑީއެންއާރުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އައިޑީ ކާޑު ފަރުމާކުރާނެ ފަރާތެއް ހޮވާނީ އެފަރާތެއްގެ ފަންނީ ޤާބިލުކަމާއި ހުށަހަޅާ ކޮންސެޕްޓްގެ ފުރިހަމަކަމަށް ބެލުމަށްފަހުގައެވެ. އެގޮތުން މި މަސައްކަތް ހަވާލު ކުރާ ކުންފުނި ހޮވާފައިވަނީ ފަރުމާކުރާ ފަރާތުން ކޮށްފައިވާ މަސައްކަތްތަކުގެ ޕޯޓްފޯލިއޯއަކާއި، ފަރުމާގައި ބޭނުންކުރާ ކޮންސެޕްޓަށް ބެލުމަށްފަހުއެވެ.

އައިޑީ ކާޑުގެ އައު ޑިޒައިނުގައި ބޭނުން ކުރާ ކޮންމެ ކުރެހުމަކާ ކުލައަކުން ވެސް ދިވެހިރާއްޖެއާއި ދިވެހިންގެ ސަގާފަތް އަދި ދިވެހިންގެ އައިޑެންޓިޓީ ރަމްޒު ކޮށްދޭންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އައިޑީ ކާޑު ފަރުމާކުރުމުގައި ގެންގުޅޭ ފިކުރުގެ އަސާސްތައް ބިނާކުރަންވާނީ ދިވެހިންގެ މާއްދީ އަދި މަޢުނަވީ ތަރިކައާއި މާއްދީ އަދި މަޢުނަވީ ސަގާފަތުގެ މައްޗަށް ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ޑީއެންއާރުން އައިޑީ ކާޑުގެ ޑިޒައިން ބަދަލުކުރަން ނިންމާފައިވަނީ ސަލާމަތީ ގޮތުން ފުރިހަމަ އިތުބާރާއި ޔަގީންކަން އޮންނަ ޒަމާނީ ސެކިއުރިޓީ ފީޗާސްތަކާ އެކީ ސްމާޓް އައިޑީ ކާޑެއް ތައާރަފް ކުރުމުގެ ބޭނުމުގައެވެ. އައިޑީ ކާޑުގެ ޑިޒައިން ބަދަލުކޮށް ސްމާޓް އައިޑެންޓިޓީ ކާޑެއް އުފެއްދުމަށް ޑީއެންއާރުން ނިންމާފައިވަނީ ވަޒީރުންގެ މަޖިލީހުން މިދިޔަ ފެބްރުއަރީ މަހު ރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ގާއިމުކުރުމަށް ނިންމުމާއި ގުޅިގެންނެވެ.

އައިޑީ ކާޑުގެ ޑިޒައިން ބަދަލު ކުރުމަށް ހަވާލުކޮށްފައިވާ އެންކްރިއާއަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޑިޒައިނިން ފަދަ މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ. އަދި ގައުމީ ފެންވަރުގައި ފާހަގަ ކޮށްލެވޭ ވަރަށް ގިނަ މަސައްކަތްތަކެއްވެސް މި ކުންފުނިން ވަނީ ކޮށްފަ އެވެ.

މިހާރު ރާއްޖޭގައި ބޭނުން ކުރަމުން އަންނަ އައިޑީ ކާޑަކީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި 1984 ވަނަ އަހަރު ތައާރަފު ކުރި ކާޑެކެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

04 ޖުލައި 2017

މަސީހާ ދެކޮޅަށް ސޮއިކުރި މެންބަރުން ބަދަލުކުރަން 5 މިލިއަން ޑޮލަރާއެކު ބަޔަކު ނެރެފި:ރިޔާޒް

04 ޖުލައި 2017
މަސީހާ ދެކޮޅަށް ސޮއިކުރި މެންބަރުން ބަދަލުކުރަން 5 މިލިއަން ޑޮލަރާއެކު ބަޔަކު ނެރެފި:ރިޔާޒް
29 މެއި 2017

ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް އައިޑީބީން 117 މިލިއަން ރުފިޔާ ދެނީ

29 މެއި 2017
ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް އައިޑީބީން 117 މިލިއަން ރުފިޔާ ދެނީ
17 މެއި 2017

ކާޑުގެ ބާވަތްތަކުން ލާރިކޮޅެއް އަގު ހެޔޮކޮށް، ކޮންޓްރޯލް އަގަށް ބަދަލުތަކެއް ގެނެސްފި

17 މެއި 2017
ކާޑުގެ ބާވަތްތަކުން ލާރިކޮޅެއް އަގު ހެޔޮކޮށް، ކޮންޓްރޯލް އަގަށް ބަދަލުތަކެއް ގެނެސްފި
20 އެޕްރީލު 2017

ރައުދާގެ ކޮލެޖު މީހުންގެ ހާޒިރުގައި ސީއައިޑީގެ ޓީމުން ތަހުގީގު ކުރިއަށް ގެންގޮސްފި

20 އެޕްރީލު 2017
ރައުދާގެ ކޮލެޖު މީހުންގެ ހާޒިރުގައި ސީއައިޑީގެ ޓީމުން ތަހުގީގު ކުރިއަށް ގެންގޮސްފި
13 މާރިޗު 2017

ޖުމްހޫރީ ޕާޓީގެ ދިދަ ބަދަލުކުރަން އަންގައިފި

13 މާރިޗު 2017
ޖުމްހޫރީ ޕާޓީގެ ދިދަ ބަދަލުކުރަން އަންގައިފި
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް