Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

ފަހު ވަގުތު އެމްބާލާ އެންޒޮލާ ޖެހި ޕެނަލްޓީއާއެކު ސްޕެޒިއާ އިން އިންޓަ ބަލިކޮށްފި

ސްޕެޒިއާގެ ދަނޑުގައި ކުޅުނު މެޗުން އިންޓަ މިލާން ބަލިވީ 2-1 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 މާރިޗު 2023 | ހޮނިހިރު 05:12
އިންޓަ އިން ކުޅުނު މެޗުގެ ތެރެއިން

އިންޓަ އިން ކުޅުނު މެޗުގެ ތެރެއިން

އިޓާލިއަން ލީގުގައި ސްޕެޒިއާއާ ދެކޮޅަށް ކުޅުނު މެޗުން އިންޓަ މިލާން ބަލިވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ ސްޕެޒިއާގެ ދަނޑުގައި ކުޅުނު މެޗުން އިންޓަ މިލާން ބަލިވީ 2-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި އިންޓަ އަށް ވަނީ ލީޑު ނަގާނެ ތަނަވަސް ފުރުސަތެއް ލިބިފަ އެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީއެއްގައި އާޖެންޓީނާގެ ފޯވާޑް ލައުޓާރޯ މާޓިނޭޒް ފޮނުވާލި ބޯޅަ ސްޕެޒިއާގެ ގޯލް ކީޕަރު ވަނީ މަތަކޮށްފަ އެވެ. ދެ ވަނަ ހާފަށް ނިކުމެ ސްޕެޒިއާ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. މެޗުގެ 55 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ޑަނިއަލް މަލްޑީނީ އެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ނިކުމެ އޭނާ ލަނޑު ޖެހީ އެމްބާލާ އެންޒޮލާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އިންޓަ އަށް މެޗުގެ 83 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްދިނީ ޕެނަލްޓީއަކުން ރޮމެލޫ ލުކާކޫ އެވެ. އޭގެ ހަތަރު މިނެޓު ފަހުން، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށްވެފައި ވަނިކޮށް ސްޕެޒިއާ މޮޅުކޮށްދިނީ އެމްބާލާ އެވެ.

މެޗުން ބަލިވި ނަމަވެސް އިންޓަ އޮތީ ކުޅުނު 26 މެޗުން 50 ޕޮއިންޓާއެކު ތާވަލްގެ ދެ ވަނައިގަ އެވެ. އިންޓަ އަތުން މޮޅުވިި ސްޕެޒިއާ އޮތީ 24 ޕޮއިންޓާއެކު 17 ވަނައިގަ އެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

25 ޖެނުއަރީ 2017
ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު