Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާނާއި ސައުދީން ސިޔާސީ ގުޅުން ގާއިމުކުރުން

އިރާނާއި ސައުދީގެ ގުޅުން ގޯސްވެ އަލުން ގާއިމުވެގެންދިޔަ ގޮތުގެ ޓައިމްލައިން

11 މާރިޗު 2023 | ހޮނިހިރު 02:36

އިރާނާއި ސައުދީ އަރަބިއްޔާ އާ ދެމެދު ސިޔާސީ ގުޅުން ކަނޑާލީ 2016 ވަނަ އަހަރު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 11 މާރިޗު 2023 | ހޮނިހިރު 02:36
ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއި އިރާނުގެ ރައީސް އިބްރާހީމް ރައީސީ

ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއި އިރާނުގެ ރައީސް އިބްރާހީމް ރައީސީ

ހަތް އަހަރު ފަހުން އިރާނާއި ސައުދީ އަރަބިއްޔާ އާ ދެމެދު އަލުން ސިޔާސީ ގުޅުން ގާއިމުކުރުމަށް އެއްބަސްވުމަކާ ހަމައަށް އާދެވިފައިވާކަމަށް އިރާނާއި ސައުދީ އަދި ޗައިނާއިން ނެރުނު ބަޔާނުގައި ވަނީ ހާމަކޮށްފައެވެ.

އިރާނާއި ސައުދީ އަރަބިއްޔާ އާ ދެމެދު ސިޔާސީ ގުޅުން ކަނޑާލީ 2016 ވަނަ އަހަރުއެވެ. މިލިޔުމުގައި, ސައުދީ އަރަބިއްޔާ އާއި އިރާނާއި ދެމެދު ގުޅުން ކެނޑިގެން ދިޔަގޮތާއި އޭގެފަހުން ދެ ގައުމުގެ ދޭތެރޭ ހިނގާދިޔަ ކަންތައްތަކާއި ދެ ގައުމުގެ ގުޅުން އަލުން ގާއިމުވެގެންދިޔަ ގޮތަށް ބަލާލަމެވެ.

ސައުދީ އަރަބިއްޔާއިން އިރާނުގެ 50 މީހުން ދަންޖައްސާ މަރާލިއެވެ. އޭގެތެރޭގައި ޝީއީންގެ އިސް ދީނީ އިލްމުވެރިއެއްކަމުގައިވާ ނިމްރު އަލް-ނިމްރު ހިމެނެއެވެ. އެއާއެކު ތެހެރާނުގައި ހުންނަ ސައުދީ އެމްބަސީގެ ތެރެއަށް އިރާނުގެ މުޒާހަރާކުރާ މީހުން ވަދެގަތެވެ. އަދި ޝީއީންގެ އެންމެ އިސް ލީޑަރ އާޔަތުﷲ އަލީ ޚާމަނާއީ، ނިމްރު މަރާލުމުގެ ބަދަލު ސައުދީގެ ކިބައިން ވޭންދެނެވި ގޮތަކަށް ހިފާނެކަމަށް ވައުދުވެވަޑައިގެންނެވިއެވެ.

ސައުދީ އަރަބިއްޔާއިން އިރާނާއި އޮތް ސިޔާސީ ގުޅުން ކަނޑާލިއެވެ.

ޔަމަނުގައި ހުރި އިރާނުގެ އެމްބަސީއަށް ވައިގެ މަގުން ދިން ހަމަލާތަކަކީ ސައުދީ އަރަބިއްޔާއިން ދިން ހަމަލާތަކެއްކަމަށް އިރާނުން ތުހުމަތުކުރިއެވެ. ނަމަވެސް ސައުދީގެ އޮފިޝަލުން ވަނީ އެއީ އިރާނުން ފަތުރާ ޕްރޮޕަގެންޑާއެއްކަމަށް ބުނެ އެކަން ދޮގުކޮށްފައެވެ.

އިރާނުގެ ހައްޖުވެރިންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ސައުދީ ފެއިލްވެފައިވާކަމަށް ބުނެ އިރާނުގެ ހައްޖާޖީން ސައުދީއަށް ހައްޖުވާން ދިޔުން އިރާނުން މަނާކުރިއެވެ.

ސައުދީ އަރަބިއްޔާއަށް ތެޔޮ ލިބޭ މުހިންމު ތެޔޮވަޅުތަކުގެ ދެބައިކުޅަ އެއްބައި ތެޔޮވަޅަށް ހަމަލާތަކެއް ދީ އެތަންތަން ހަލާކުކޮށްލިއެވެ. ސައުދީން ތުހުމަތުކުރާ ގޮތުގައި އެހަމަލާތައް ދިނީ އިރާނުންނެވެ. އިރާނުން ވަނީ އެކަމުގައި އިރާނުގެ އެއްވެސް އަތެއް ނުވާކަމަށް ބުނެފައެވެ. ޔަމަނުގައި ހަރަކާތްތެރިވާ އިރާނުން ވާގިވެރިވާ ހޫޘީން ހަމަލާތައް ދިނީ އެމީހުންކަމަށް ބުނެ އެކަމުގެ ޒިންމާ ނެގިއެވެ.

އީރާންގެ އެންމެ ވަރުގަދަ ލަޝްކަރު ގުދުސް ފޯސްގެ ވެރިޔާ އަދި އެ ގައުމުގެ ސަލާމަތީ ބާރުތަކުގެ އިސްވެރިޔާ ގާސިމް ސުލައިމާނީ އިރާގުގެ ބަޣްދާދަށް އެމެރިކާއިން ދިން ޑްރޯން ހަމަލާތަކެއްގައި އަވަހާރަކޮށްލިއެވެ.

ދެ ގައުމުގެ ގުޅުން ގޯސްވިފަހުން ދެގައުމުގެ މެދުގައި ފުރަތަމަ ފަހަރަށް ސީދާ ވާހަކަތައް ބަޣްދާދުން އިސްނަގައިގެން ކުރިޔަށްގެންދިޔައެވެ. 2021 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ސެޕްޓެމްބަރ މަހުގެ ނިޔަލަށް ހަތަރު ބުރަކަށް ދެ ގައުމުގެ ދެމެދު ވާހަކަތައް ކުރިޔަށްގެންދިޔައެވެ. ވާހަކަތައް ކުރިޔަށް ގެންގޮސްފައިވަނީ އިރާގާއި އޮމާނުން މެދުވެރިވެގެންނެވެ.

ފަސް ވަނަ ބުރުގެ ވާހަކަތައް ފެށުމަށް ތައްޔާރުވެފައިވަނިކޮށް އިރާނުން އެއްވެސް ސަބަބެއް ބަޔާންކުރުމެއް ނެތި ވާހަކަތަކުން އެއްފަރާތްވިއެވެ. އިރާނުން މިނިންމުން ނިންމާފައިވަނީ ސައުދީ އަރަބިއްޔާއިން ގިނަ އަދަދެއްގެ ބަޔަކު ދަންޖައްސާ މަރާލިތާ އެއް ދުވަސް ފަހުންނެވެ. އެމީހުންގެ ތެރޭގައި 41 ޝީއީންވެސް ހިމެނެއެވެ.

އިރާނާއި ސައުދީ އާ ދެމެދު ފަސް ވަނަ ބުރުގެ ވާހަކަތައް ކުރިޔަށްގެންދިޔައެވެ.

ދެ ގައުމުގައި އެމްބަސީ އަލުން ހުޅުވުމަށް ޚާމަނާއީގެ އިސް އެޑްވައިޒަރ ގޮވާލެއްވިއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގ ސައުދީއަށް ވަޑައިގެން ސައުދީގެ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން އާއެކު ވާހަކަތައް ބޭއްވެވިއެވެ.

އިރާނުގެ ރައީސް އިބްރާހީމް ރައީސީ ޗައިނާއަށް ވަޑައިގެން ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާ ބައްދަލުކުރެއްވިއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

05 ޖޫން 2017

ހަތަރު ގައުމަކުން ގަތަރާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލައިފި

05 ޖޫން 2017
ހަތަރު ގައުމަކުން ގަތަރާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލައިފި
20 މެއި 2017

ސައުދީގެ ވެރިރަށާ 200 ކިލޯމީޓަރުން ހޫސީންގެ މިސައިލެއް ވައްޓާލައިފި

20 މެއި 2017
ސައުދީގެ ވެރިރަށާ 200 ކިލޯމީޓަރުން ހޫސީންގެ މިސައިލެއް ވައްޓާލައިފި
04 މެއި 2017

ސައުދީގެ އަމީރު މިޝާލް އުމުރުފުޅުން 93 އަހަރުގައި އަވަހާރަ ވެއްޖެ

04 މެއި 2017
ސައުދީގެ އަމީރު މިޝާލް އުމުރުފުޅުން 93 އަހަރުގައި އަވަހާރަ ވެއްޖެ
24 އެޕްރީލު 2017

މަޝްވަރާތައް އަލުން ކުރިއަށް ގެންދިޔުމަށް މަޑޫރޯ ގޮވާލައްވައިފި

24 އެޕްރީލު 2017
މަޝްވަރާތައް އަލުން ކުރިއަށް ގެންދިޔުމަށް މަޑޫރޯ ގޮވާލައްވައިފި
24 އެޕްރީލު 2017

އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި

24 އެޕްރީލު 2017
އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި
19 މާރިޗު 2017

ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް

19 މާރިޗު 2017
ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް
15 މާރިޗު 2017

ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި

15 މާރިޗު 2017
ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި
15 ފެބުރުއަރީ 2017

ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު

15 ފެބުރުއަރީ 2017
 ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް