Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކުނީގެ ފީ

ކުނީގެ ފީ ދައްކަން ދެކޮޅު އެކަމަކު ޚިދުމަތް ބަރާބަރަށް ދޭންޖެހޭ!

ވެމްކޯގެ ޚިދުމަތަށް ރަޖިސްޓްރީކޮށްގެން ބަރާބަރަށް ފީ ދައްކަމުން އަންނަނީ ގާތްގަނޑަކަށް 20,000 ގޭބީސީ އިން

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 10 މާރިޗު 2023 | ހުކުރު 11:49
ވެމްކޯގެ މުވައްޒަފުން ކުނި އުކާލުމުގެ މަސައްކަތް ކުރަނީ

ވެމްކޯގެ މުވައްޒަފުން ކުނި އުކާލުމުގެ މަސައްކަތް ކުރަނީ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)އިން މާލެ ސަރަހައްދުގައި ދެމުންގެންދާ ކުނި މެނޭޖްކުރުމުގެ ޚިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ, ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ބިލުގައި ހިމަނައިގެން 1 އޭޕްރީލް 2023އިން ފެށިގެން ނެގުމަށް އެންވަޔަރަމަންޓް މިނިސްޓްރީން މިވަނީ ވެމްކޯއަށް ހުއްދަދީފައެވެ. އެހެންކަމުން އަންނަ މަހުން ފެށިގެން ކަރަންޓު ބިލަށް ވެމްކޯގެ ބިލް ވެސް އިތުރުވެގެންދާނެއެވެ. މާލޭ ސަރަހައްދުގައި ފީދައްކަން ޖެހޭ ޖުމްލަ 53,690 (ފަންސާސް ތިންހާސް ހަސަތޭކަ ނުވަދިހަ) ގޭބިސީ ހުރި ނަމަވެސް، ވެމްކޯގެ ޚިދުމަތަށް ރަޖިސްޓްރީކޮށްގެން ބަރާބަރަށް ފީ ދައްކަމުން އަންނަނީ ގާތްގަނޑަކަށް 20,000 (ވިހި ހާސް) ގޭބީސީންނެވެ. މިހާ ގިނަ އަދަދެއްގެ ރައްޔިތުން ބިލް  ނުދެއްކުމުގެ ސަބަބުން ވެމްކޯއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ ކޯޕަރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ ޚިދުމަތް ލިބިގަންނަ ބައެއް ފަރާތްތަކުން ގަވާއިދުން ނުދައްކާ މައްސަލައެވެ.

މިހެން މިކަން ދިމާވުމުން، ކުންފުނީގެ ކޭޝް ފްލޯ ދަތިވެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރަމުންދާ ބައެއް އާލާތްތައް (ކުނި އުފުލާ އުޅަނދުތަކާއި ކުނި ޕްރޮސެސްކުރުމަށް ބޭނުންކުރާ އިކުއިޕްމަންޓްތައް) އެކަށީގެންވާ ގޮތެއްގައި މަރާމާތު ނުކުރެވި، ބޭނުން ނުކުރެވޭ ހާލަތަށް އަންނަކަން ފާހަގަކުރެވެއެވެ. އަދި އެކަން ހައްލުކުރަން ކުރަންޖެހޭ ޚަރަދު އިތުރުވެއެވެ. އަދި މިކަމުގެ ސަބަބުން ގަވާއިދުން ކުނި ނަގައި މެނޭޖްކުރުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެއެވެ.

ކަރަންޓު ބިލަށް ވެމްކޯގެ ބިލް އިތުރުކުރަން ސަރުކާރަށް މި ޖެހުނީ ވެސް ބިލް ނުދައްކާ ތިބި ރައްޔިތުން ސަބަބުންނެވެ. ސަރުކާރުން ފޯރުކޮށްދޭ ހުރިހާ އަސާސީ ހިދުމަތެއް ރައްޔިތުން ބޭނުންވެއެވެ. ބައެއް މީހުން ޝަކުވާ ކުރަނީ ބޯހިޔަވާހިކަން ނުލިބެގެންނެވެ. އެހެންނަމަވެސް ފްލެޓް ލިބުމުން ފީ ދައްކާކަށް ބޭނުމެއް ނުވެއެވެ. ހިޔާ ފްލެޓްގައި ދިރިއުޅެމުންދާ ބައެއް ރައްޔިތުންގެ އަމަލުތައް ވެސް ހުރީ މިފަދައިންނެވެ. ބައެއް މީހުންގެ ފްލެޓްގެ އިންސްޓޯލްމަންޓާއި ޖޫރިމަނާ ހިމެނޭ ގޮތަށް ގާތްގަށޑަކަށް 20،000ރ. ދައްކަން އެޗްޑީސީން އަންގާފައިވެއެވެ. އެވަރުގެ އަދަދެއް އަރާނީ މިހާތަނަށް އެންމެ މަހަކު ވެސް ފައިސާ ނުދައްކާ ނަމައެވެ. އެތަނުގައި ތިބެން އޯކޭއެވެ. އެކަމަކު ފީ ދައްކާކަށް އޯކެއް ނޫނެވެ.

ކުނި މެނޭޖް ނުވުމާއި ކުނި އުކާލުމުގެ އިންތިޒާމް ރަނގަޅަށް ހަމަޖެހިފައިނުވާތީ އެކަމާ ވެސް ބައެއް ރައްޔިތުން ޝަކުވާ ކުރެއެވެ. އެހެންނަމަވެސް ކުނި އުކަން ބަޔަކު އައިސް އެ ޙިދުމަތް ދިނުމުން ފީ ދައްކާކަށް ބޭނުމެއް ނުވެއެވެ. ފީ ދައްކަން ދެކޮޅު އެކަމަކު ހިދުމަތް ބަރާބަރަށް ދޭންޖެހެއެވެ. ކުލި ދައްކަން ދެކޮޅު އެހެންނަމަވެސް ފްލެޓް ދޭން ޖެހެއެވެ. ފެން ބޭނުންވޭ އެކަމަކު ފެން ބިލް ދައްކާކަށް ބޭނުމެއް ނުވެއެވެ. 24 ގަޑިއިރު ކަރަންޓް ލިބެން ޖެހެއެވެ. އެހެންނަމަވެސް ކަރަންޓް ބިލް ދައްކާކަށް ބޭނުމެއް ނުވެއެވެ.

ފީ ދެއްކުމަކީ ފަހަރުގައި އަޅުގަނޑުމެން އެކަކުވެސް އެހާ ހިތްހަމަޖެހޭ ކަމަކަށް ނުވެދާނެއެވެ. އެމީހާގެ އަތުން އެއްވެސް ޚަރަދެއް ހިނގާކަށް އެއްވެސް މީހަކު ބޭނުމެއް ނުވެއެވެ. އެންމެން ވެސް ބޭނުންވަނީ ވެލްފެއަރއެއް ލިބުމަށެވެ. އިންސާނާގެ ދިރިއުޅުން ހަމަޖެހިފައި އޮންނަނީ ހަމައެކަނި ތިމާއަށް އެއްޗެހި ލިބޭ ގޮތަކަށް ނޫނެވެ. އޭގައި ދެކޮޅު ވެސް އޮވެއެވެ. ބައެއް މީހުން އުޅެން ބޭނުންވަނީ ވަނީ ވެލްފެއަރ ސްޓޭޓެއްގައެވެ. ހުރިހާ ކަމެއް ސަރުކާރުން ހިލޭ ކުރެވޭ ގޮތަށެވެ. ދުނިޔޭގައި ހުރިހާ ކަމެއް ހިލޭ ކޮށްދޭ ޤައުމުތައް ވެސް ވަރަށް މަދެވެ. ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އާދަޔާ ޙިލާފަށް މުއްސަނދި ބުރޫނާއި ދާރުއްސަލާމް ފަދަ ޤައުމުތަކުގައި، އާންމުންނަށް ވަރަށް ގިނަ ކަންކަން ހިލޭ ކޮށްދެއެވެ. އެހެންނަމަވެސް ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގައި ވެސް ހުރިހާ ކަމެއް ހިލޭ ކޮށްދޭގޮތަކަށް ނޯވެއެވެ.

 މި ޒަމާނުގައި ތަކެތީގެ އަގުތަކާއި އަޅާބަލާއިރު ކުނި އުކާލުމުގެ ފީއަކީ އެހާ ބޮޑު އަދަދެއް ވެސް ނޫނެވެ. ކުނި އުކާލުމަށް ވެސް ނަގަނީ އެންމެ 150 ރުފިޔާއެވެ. އެހެންނަމަވެސް ކުނީގެ ފީ ނުދައްކާ މީހުންނަށް މި އަދަދު ދެއްކުން މިވަނީ ބޮޑު ކަމަކަށްވެފައެވެ. ކުނީގެ ފީ ދައްކަމުން ދިޔަ މީހުންނަށް ވެސް އިތުރު އުނދަގުލަކާއި ކުރިމަތިލާން މި ޖެހެނީ އެއްކަލަ ފީ ނުދައްކާ ތިބި ރައްޔިތުންގެ ސަބަބުންނެވެ. މިއަށްވުރެ އަޅުގަނޑުމެން ތަންކޮޅެއް ޒިންމާދާރުވާން ވެއްޖެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮންމެ ހަރަކާތެއްވެސް "ރައީސް ޔާމީން 2018" ކެމްޕެއިނާއި ގުޅިފައި، އެކަމަކު ވަނީ "ފެއިލް"!

ކޮންމެ ހަރަކާތެއްވެސް "ރައީސް ޔާމީން 2018" ކެމްޕެއިނާއި ގުޅިފައި، އެކަމަކު ވަނީ "ފެއިލް"!

21 އޯގަސްޓު 2017
ރައީސަށް ތާއީދު ދައްކަން ބޭނުން ނަމަ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާށެވެ.؟!

ރައީސަށް ތާއީދު ދައްކަން ބޭނުން ނަމަ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާށެވެ.؟!

13 އޯގަސްޓު 2017
މަގަ ރީއްޗޭ، އެކަމަކު ބަލަހައްޓާން ބަޔަކު ނެތް، މިއޯ އަރަތެއް ؟

މަގަ ރީއްޗޭ، އެކަމަކު ބަލަހައްޓާން ބަޔަކު ނެތް، މިއޯ އަރަތެއް ؟

23 ޖުލައި 2017
ކަންކަން ވާކަން ދައްކަން އުޅެންހަދައިގެން މީޑިއާ ކައުންސިލް ގޮވީ "އަތަށް"!

ކަންކަން ވާކަން ދައްކަން އުޅެންހަދައިގެން މީޑިއާ ކައުންސިލް ގޮވީ "އަތަށް"!

23 މެއި 2017
ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

27 އެޕްރީލު 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު