Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުލުހުންގެ ލޯންޗުގައި ރޯކޮށްލި މައްސަލަ

ފުލުހުންގެ ލޯންޗުގައި ރޯކޮށްލީ ތިމަންނައޭ އޭގެ އެހެން މިޝަންއެއްވެސް އެބައޮތް ކަމަށް އިނާސް ބުނި – ހެކިވެރިޔާ

ހުޒައިފާ ނަމަކަށް ކިޔާ ޓެލެގްރާމް އައިޑީއަކީ އިނާސްކަން އެނގޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 9 މާރިޗު 2023 | ބުރާސްފަތި 08:01
ޕޮލިސް ލޯންޗެއްގައި ގަސްދުގައި ރޯކޮށްލި މައްސަލައިގައި ދައުވާ އުފުލާފައިވާ ލ. ކަޅައިދޫ ފިނިހިޔާގެ މޫސާ އިނާސްގެ މައްސަލަ

ޕޮލިސް ލޯންޗެއްގައި ގަސްދުގައި ރޯކޮށްލި މައްސަލައިގައި ދައުވާ އުފުލާފައިވާ ލ. ކަޅައިދޫ ފިނިހިޔާގެ މޫސާ އިނާސްގެ މައްސަލަ

ލ. ގަން، ތުނޑި ބަނދަރު ސަރަހައްދުގައި އޮތް ފުލުހުންގެ ލޯންޗުގައި ރޯކޮށްލާފައިވަނީ، މި މައްސަލައިގައި ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ދައުވާ އުފުލާފައިވާ މޫސާ އިނާސް، އެކަން ކުރި ކަމަށާއި، އޭގެ އެހެން މިޝަނައެއްވެސް އެބައޮތް ކަމަށް އޭނާ ބުނެފައިވާ ކަމަށް ހެކިވެރިޔަކު ބުނެފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލޯންޗެއްގައި ގަސްދުގައި ރޯކޮށްލި މައްސަލައިގައި ދައުވާ އުފުލާފައިވާ ލ. ކަޅައިދޫ ފިނިހިޔާގެ މޫސާ އިނާސްގެ މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވެއެވެ. މި އަޑުއެހުމުގައި މި މައްސަލަ ތަހުގީގު ކުރި ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ އިންވެސްޓިގޭޝަން އޮފިސަރ އިސްމާއިލް ވިރްދާންގެ ހެކިބަސް ބުރާސްފަތި ދުވަހު ވަނީ ނަގާފައެވެ.

Advertisement - newsAdvertisement

ދައުލަތުން ހުށަހަޅާފައިވާ ހެއްކެއްގެ ގޮތުގައި ވިރްދާން ހެކިބަސް ދެމުން، ދައުލަތުން ކުރި ސުވާލުތަކަށް ޖަވާބު ދެމުން ހެކިވެރިޔާ ބުނީ ފުލުހުންގެ ލޯންޗުގައި ރޯކޮށްލި މައްސަލައިގައި އިންޓެލިޖެންސް މައުލޫމާތު ބޭރުގެ އިދާރާއަކުން ފުލުހުންނަށް ދިފައިވާ ކަމަށެވެ. އަދި އެ މައުލޫމާތަށް ބިނާކޮށް އިންޑިއާގެ ނިއުދިއްލީގައި ހުންނަ އެފްބީއައި އިން އެކަމުގެ މައުލޫމާތު ހިމެނޭ މެމޯއެއް ލިބުނު ކަމަށާއި، އެ މެމޯ ޝަރީއަތުގައި ބޭނުން ނުކުރުމަށް އެ އިދާރާއިން އެދުނު ކަމަށެވެ. އެހެންކަމުން ޝަރިއަތުގައި ބޭނުންކުރުމަށް ރިޕޯޓަކަށް އެދުމުން އެ މައުލޫމާތު ރިޕޯޓެއްގެ ސިފައިގައި ފުލުހުންނަށް ދީފައިވާ ކަމަށެވެ.

ހެކިވެރިޔާ ބުނީ ލިބިފައިވާ ރިޕޯޓުން އެނގޭ ގޮތުގައި ހުޒައިފާ_1 ކިޔާ ޓެލެގްރާމް އައިޑީއެއްގެ މައުލޫމާތު ހޯދާފައިވާ ކަމަށާއި، އެ ޓެލެގްރާމް އައިޑީ ހަދާފައިވަނީ މޫސާ އިނާޒުގެ ނަންމަތީގައި ނަގާފައިވާ ނަންބަރަކުން ކަމަށެވެ. އަދި އޭގެ ވެރިފަރާތަކީ މޫސާ އިނާޒު ކަމަށް ދިރާގުން ބުނެފައިވާ ކަމަށާއި، އޭނާގެ ފޯނުކަމަށް ބެލެވޭ ފޯނުގެ އައިއެމްއީ ނަންބަރާއި ސިމްގެ ސީރިއަލް ނަންބަރު ބެލި އިރު އެއީ މޫސާ އިނާޒުގެ ނަންބަރުކަން އެނގުނު ކަމަށެވެ. އަދި ގެ ބަލާ ފާސްކުރި އިރު ފެނުނު ފޯނަކީ އެއީ ކަމަށް ހެކިވެރިޔާ ބުންޏެވެ.

ހެކިވެރިޔާ ބުނީ ލޯންޗުގައި ރޯކޮށްލީ މޫސާ އިނާޒް ކަމަށް މައުލޫމާތު ލިބިގެން ޓެލެގްރާމުގެ މައުލޫމާތު ހޯދަން އެދުނު ކަމަށެވެ. އަދި ޓެލެގްރާމުގެ ޑީޓެއިލް ހޯދަން ޓެލެގްރާމް ހެޑްކުއާޓާއިން ރެސްޕޯންޑް ނުކުރުމުން އެފްބީއައިގެ އެހީތެރިކަމަށް އެދުނު ކަމަށާއި، ޝަރީއަތާއި ހިއްސާކޮށްފައިވަނީ އެފްބީއައި އިން ފޮނުވި ރިޕޯޓް ކަމަށެވެ.

ހެކިވެރިޔާ ބުނީ ޓެލެގްރާމް އައިޑީއިން ވާހަކަ ދައްކަނީ އިނާސް ކަމަށް މައުލޫމާތު ލިބުނީ އިންޓެލިޖެންސް އިދާރާއަކުން ކަމަށެވެ. އެ މައުލޫމާތަށް ބިނާކޮށް އެހެން އިދާރާތަކުން މައުލޫމާތު ހޯދާފައިވާ ކަމަށާއި، ރިޕޯޓުގައިވާ ނަންބަރަކީ މޫސާ އިނާޒުގެ ނަންމަތީގައި ނަގާފައިވާ ނަންބަރެއް ކަމަށެވެ.

ދިފާއުން ހެކިވެރިޔާއާއި ސުވާލުކުރުމުން ހެކިވެރިޔާ ބުނެފައިވަނީ ފުރަތަމަ އިންޓެލް މައުލޫމާތު ލިބުނު އިދާރާއަކީ ކޮން އިދާރާއެއްކަމެއް ހާމަކޮށްދެވެން ނެތް ކަމަށެވެ. އަދި މައުލޫމާތު ހިއްސާކޮށްފައިވަނީ ކޮންތަނެއްކަން ހާމަ ނުކުރާ ގޮތަށް ކަމަށާއި، އެ މައުލޫމާތުގައި ހުރީ ސައްހަ މައުލޫމާތެއްކަން ކަށަވަރުވާ ކަމަށެވެ.

އަދި އެފްބީއައި ރިޕޯޓަކީ ރިކުއެސްޓްކޮށްގެން ހޯދި ރިޕޯޓެއް ކަމަށާއި، މި ރިޕޯޓް ބުރަދަން ދެނީ ނުވަތަ ތަހުގީގުގައި ބަލާ ކަމަކީ ރިޕޯޓުގައި ވަކި ކަންކަން ހުރެދާނެތޯ ކަމަށެވެ. އެގޮތުން ފޯނު ނަންބަރާއި، އަދި އިތުރު ނަންބަރަކާއި، ސޯޝަލް މީޑިއާ އެކައުންޓާއި އެހެން ސޯޝަލް މީޑިއާގެ މައުލޫމާތު ހުރި ކަމަށާއި، ލެޕްޓޮޕުން ހޯދުނު މައުލޫމާތުގައި ވެސް ހުރި މައުލޫމާތު ދިމާވާ ކަމަށެވެ.

މީގެ އިތުރުން އެފްބީއައި މެމޯގައި ތަހުގީގު ބޭނުމަށް ބޭނުން ނުކުރަން އޮތުމުން، އެ މައުލޫމާތަކީ މުހިންމު މައުލޫމާތަކަށް ވާތީ ރިޕޯޓެއް އެފަރާތުން ފޮނުވާފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތުން ރަސްމީކޮށް އެދިގެން ކަމަށެވެ.

އެގޮތުން ހުޒައިފާ ޓެލެގްރާމް އައިޑީގެ މައުލޫމާތު ހޯދަން ޖެހުނީ، މައްސަލައިގައި ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މުހިންމު ހެކިތަކެއް ހުރުމުން ކަމަށެވެ.

އެގޮތުން ހުޒައިފާ ޓެލެގްރާމް އައިޑީން ފޮނުވާފައި ހުރި މެސެޖްތަކުގެ ތެރޭގައި ލ. އަތޮޅު ލޯންޗުގައި ރޯކޮށްލީ ތިމަންނައޭ. އޭގެ އެހެން މިޝަންއެއްވެސް އެބައޮތް ކަމަށް ބުނެ އިނާސް އެހެން މީހަކަށް މެސެޖްކޮށްފައިވާ ކަމަށެވެ.

އަދި އިނާސް ހައްޔަރުކުރި އިރު އަތުލައިގަތް 2 ނަންބަރުގެ ސިމް އޮތީ މޫސާ އިނާޒު އަތުގައި ކަމަށާއި، 2 ސިމްގް ސެލް ޑާޓާގައި ދައްކަނީ ލ. ގަމުގައި ފޯނު ބޭނުންކުރި ކަމަށެވެ. ނަމަވެސް 1 ދުވަހު ލ. އަތޮޅުގެ އެހެން ރަށެއްގައި ހުރިތަން ފެނުނު ކަމަށާއި، 6 މަސް ދުވަހުގެ ޑާޓާ ނަގާފައިވާ ކަމަށާއި، ޑާޓާ އެއްކޮށްފައިވަނީ ތުނޑީގައި ހުންނަ އެންޓަނާއިން ކަމަށް ހެކިވެރިޔާ ވަނީ ވިދާޅުވެފައެވެ.

ހެކިވެރިޔާ ބުނީ ޗެޓް ލޮގް ބަލައިފިއްޔާ މޫސާ އިނާޒް ކަން އިނގޭ ކަމަށާއި، އެއީ އޭނާގެ އަންހެނުންނާއި ދަރިންގެ ފޮޓޯ ވެސް ފޮނުވާފައި ހުރި ކަމަށެވެ. އަދި ޗެޓް ލޮގްގައި މި މިޝަންއަކީ ތިމަންނާގެ މިޝަންއެކޭ. އަދި އިތުރު މިޝަންއެއް އެބައިނޭ ބުނެ މެސެޖްކޮށްފައިވާ އިރު، އެ ޗެޓް ލޮގްގައި، ޕާސަނަލް މައުލޫމާތު ހުރި ކަމަށެވެ. ނަމަވެސް އެއީ ޕާސަނަލް މައުލޫމާތުތަކަކަށްވާތި އެ މައުލޫމާތު އިންޓެލިޖެންސް އިދާރާއިން ދިފައި ނުވާ ކަމަށެވެ.

ހެކިވެރިޔާ ބުނީ އެ ޗެޓް ލޮގުގައި ޕާސަނަލް ފޮޓޯތައްވެސް ފޮނުވާފައި ހުރި ކަމަށެވެ. އަދި ގޭގެ ވީޑިއޯ އާއި ފޮޓޯ އަދި ގޭގައި ގެންގުޅުނު ދޫނިތަކުގެ ފޮޓޯ ވިޑިއާވެސް ހުރި ކަމަށެވެ. އަދި އަމިއްލަ ޕާސަނަލް ފޮޓޯ ހުރި އިރު، އަނެއް ފަރާތުން ވެސް ޕާސަނަލް ފޮޓޯ ފޮނުވާފައި ހުރި ކަމަށެވެ.

ހެކިވެރިޔާ ބުނީ އެ މައުލޫމާތަކީ އެފްބީއައި އިންދިން މައުލޫމާތު ނޫން ކަމަށާއި، އެއީ ބޭރުގެ އެހެން އިދާރާއަކުން ދީފައިވާ މައުލޫމާތު ކަމަށެވެ. އަދި އެއީ ކޮންތަނެއްކަމެއް ހާމަ ނުކުރެވޭނީ އެގޮތަށް އެއްބަސްވެފައިވާތީ ކަމަށެވެ. މީގެ އިތުރުން އިންޓެލިޖެންސް އަދި އެފްބީއައި އިން ދިން މައުލޫމާތުގައި ލޯންޗުގައި ރޯކޮށްލާނެ ކަމުގެ ޕްލޭންކޮށްފައި އޮތް ކަމަށް ނެތް ކަމަށާއި، އެކަން ކުރިގޮތް ހޯދީ ދިވެހި ފުލުހުންގެ ހިދުމަތުން ކަމަށެވެ.

ދައުލަތުން ހުށަހެޅި އިންވެސްޓިގޭޝަން އޮފިސަރުގެ ހެކި ބަހަށްފަހު މި މައްސަލަ ބައްލަވާ ގާޒީ ސޮފްވަތު ހަބީބު ވިދާޅުވި މިހާ ހިސާބުން ދައުލަތުންގެ ހުރިހާ ހެކިންގެ ހެކިބަސް ނަންގަވައި ނިމުނީ ކަމަށެވެ.

އިތުރުކަމެއް ފާހަގަކޮށްލަން ބޭނުންވޭތޯ ސުވާލުކުރުމުން، ދައުވާ އުފުލާފައިވާ މޫސާ އިނާސް ވަނީ ޝަރީއަތް އަވަސްކޮށްދިނުމަށް އެދިފައެވެ. މިކަމާއި ގުޅިގެން ގާޒީ ވިދާޅުވި މައްސަލައިގެ ޝަރީއަތުގެ ސްޕީޑް އެހެން މައްސަލަތަކާ ބަލާއިރުގައި ދަނީ ރަނގަޅަށް ކަމަށާއި، އެގޮތަށް ކުރިއަށް ގެންދަވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2017

އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި

08 މާރިޗު 2017
އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި
03 މާރިޗު 2017

އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި

03 މާރިޗު 2017
އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި
02 މާރިޗު 2017

ފ. ނިލަންދޫން ދެ ނޫސްވެރިޔަކަށް ބިރުދެއްކުމުން ފުލުހުންގެ "ހިމާޔަތުގައި"

02 މާރިޗު 2017
ފ. ނިލަންދޫން ދެ ނޫސްވެރިޔަކަށް ބިރުދެއްކުމުން ފުލުހުންގެ "ހިމާޔަތުގައި"
28 ފެބުރުއަރީ 2017

ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ

28 ފެބުރުއަރީ 2017
ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ
26 ފެބުރުއަރީ 2017

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި

26 ފެބުރުއަރީ 2017
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު