Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ފުޓްބޯޅަ

ރާއްޖޭގައި ފުޓްބޯޅަ ނުކުޅޭތާ 200 ދުވަސްވެއްޖެ!

އެންމެ ފަހުން ފުރަތަމަ ޑިވިޝަނުގެ މެޗެއް ކުޅުނީ މިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހު

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 9 މާރިޗު 2023 | ބުރާސްފަތި 03:49
މިދިޔަ އަހަރުގެ އެންމެ ފަހު މެޗު ކަމަށްވާ އެފްއޭކަޕް ފައިނަލްގައި ވެލެންސިއާ އާއި މާޒިޔާ ކުޅެނީ

މިދިޔަ އަހަރުގެ އެންމެ ފަހު މެޗު ކަމަށްވާ އެފްއޭކަޕް ފައިނަލްގައި ވެލެންސިއާ އާއި މާޒިޔާ ކުޅެނީ

ދިވެހިރާއްޖޭގައި އެންމެ މަތީ ފެންވަރުގެ ފުޓްބޯޅަ މުބާރާތްތައް ނުކުޅޭތާ މިއަދަށް 200 ދުވަސްވެއްޖެ އެވެ.

ރާއްޖޭގައި އެންމެ ފަހުން ފުރަތަމަ ޑިވިޝަނުގެ އަށް ޓީމުކުޅޭ މުބާރާތެއްގެ މެޗެއް ކުޅުނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 21 ވަނަ ދުވަހު އެވެ. އެއީ އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި މާޒިޔާ ސްޕޯޓްސް އާއި ކްލަބް ވެލެންސިއާ ކުޅުނު މެޗެވެ.

މިހެންވެ މިއަދާ ހަމައަށް ފުރަތަމަ ޑިވިޝަނުގެ މެޗެއް ނެތި ކުޅުންތެރިންނާއި ކުލަބުތަކުގެ ހަރަކާތް ހުއްޓިފައިތިބޭތާ 200 ދުވަސްވީ އެވެ. މިއީ 6 މަހާއި 19 ދުވަހުގެ މުއްދަތެކެވެ. އަހަރަކު އޮންނަނީ 12 މަސްދުވަހަށް 365 ދުވަހެވެ.

ގައުމީ ފުޓްބޯޅަ އިދާރާއިން މިދިޔަ މަހު ނެރެފައިވާ ޝެޑިއުލްގައިވާ ގޮތުން ރާއްޖޭގެ އާ އަހަރުގެ ފުޓްބޯޅަ ސީޒަން ފަށާނީ މި މަހުގެ 27 ވަނަ ދުވަހު އެވެ. ނަމަވެސް މިއަދާ ހަމައަށް ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުގެ ތެރެއިން ޕްރެކްޓިސް ފަށާފައިވަނީ މާޒިޔާ އާއި އީގަލްސް އެކަންޏެވެ. މިދިޔަ އަހަރުގެ ޗެރިޓީ ޝީލްޑާއި، ދިވެހި ލީގް އަދި އެފްއޭކަޕް ކާމިޔާބުކުރި ޓީމުން އެފްއޭއެމްގެ އެހީތެރިކަމާއެކު ފޯރީގައި ފަރިތަކުރަމުންދަނީ ސައޫދީ އަރަބިއާގަ އެވެ. ނަމަވެސް އެހެން ޓީމުތަކުން އުޅެނީ އަދި ކުޅުންތެރިން ހަމަނުވެގެންނެވެ. ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕުގެ ދިފާއީ ޗެމްޕިއަން ވެލެންސިއާގެ އެއްވެސް ހަރަކާތެއްނެތްއިރު، ގްރީން ސްޓްރީޓްސް އާއި ޔުނައިޓެޑް ވިކްޓަރީ އަދި ޓީސީގެ އިތުރުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ހާލަތަކީ ވެސް މިއީ އެވެ. އަލަށް ޕްރޮމޯޓްވި ބުރު ސްޕޯޓްސް ކުލަބުގެ ތައްޔާރީތައް ވެސް މި ޓީމުތަކަށްވުރެ ރަނގަޅު ކަމަށް ފެނެ އެވެ.

މި އަހަރުގެ ފުޓްބޯޅަ ސީޒަން ފެށުން "ނޭނގުމެއްގެ" ތެރޭގައި އޮތްއިރު މިދިޔަ އަހަރު ވެސް ބޭއްވި ހަތަރު މުބާރާތް ބާއްވަން ވަނީ ޝެޑިއުލްކޮށްފަ އެވެ.

ފުޓްބޯޅައިގެ ވަރަށް ތަޖުރިބާކާރަކު ނަން ނުޖަހާ ގޮތަށް ބުނީ ގާތްގަނޑަކަށް ހަތް މަސް ދުވަހު ފުޓްބޯޅަ ނުކުޅެތިބުމުން ދޭހަކޮށްދެނީ "ހުރިހާ އެންމެންގެ ވެސް ފުޓްބޯޅައާމެދު އިހުމާލު" ވެފައިވާ މިންވަރު ކަމަށެވެ.

ފުރަތަމަ ޑިވިޝަނުގެ ހަރަކާތް ހުއްޓިފައި އޮތުމުން މިދިޔަ ދުވަސްތަކުގައި ގަލޮޅު ދަނޑު ފަޅުފިލުވައިދީފައިވަނީ އިންޓަ ސްކޫލް މުބާރާތްތަކާއި ޔޫތު މުބާރާތްތަކުންނެވެ. އަދި މި މަހު ދިވެހި ގައުމީ ޓީމާއެކު އެކުވެރިކަމުގެ މެޗެއް ކުޅެން މަސައްކަތްކުރާ ވާހަކަ ޕާކިސްތާން ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ ބުނެފަ އެވެ. މިކަމާމެދު އެފްއޭއެމުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

އިތުރަށް ކިޔާލަން

13 މާރިޗު 2017

އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

13 މާރިޗު 2017
އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
10 ފެބުރުއަރީ 2017

ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ނިއު ރޭޑިއަންޓް ހއ ކެލައަށް

10 ފެބުރުއަރީ 2017
ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ނިއު ރޭޑިއަންޓް ހއ ކެލައަށް
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
02 ފެބުރުއަރީ 2017

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް
31 ޖެނުއަރީ 2017

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
30 ޖެނުއަރީ 2017

ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް

30 ޖެނުއަރީ 2017
ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު