Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އުރީދޫ އަހަރީ އާންމު ޖަލްސާ

އުރީދޫއިން ހިއްސާއަކަށް 3.04ރ. ބަހަން ފާސްކޮށްފި

ހިއްސާއަކަށް 3.04ރ. ބަހަން ފާސްކޮށްފައިވަނީ ހިއްސަދާރުންގެ 87.96 އިންސައްތަ ވޯޓާއެކު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 9 މާރިޗު 2023 | ބުރާސްފަތި 03:14
އުރީދޫ އަހަރީ އާންމު ޖަލްސާ

އުރީދޫ އަހަރީ އާންމު ޖަލްސާ

އުރީދޫ މޯލްޑިވްސްއިން 2022 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 3.04ރ. ބަހަން ފާސްކޮށްފިއެވެ.

2022 ވަނަ އަހަރު އެކުންފުންޏަށް ލިބުނު ފައިދާއިން ހިއްސާއަކަށް 3.04ރ. ބަހަން އެކުންފުނީގެ ބޯޑުން ނިންމާފައިވަނީ ފެބްރުއަރީ 3 ވަނަ ދުވަހު ބޭއްވި ބޯޑުގެ ބައްދަލުވުމުންނެވެ. ހިއްސާއަކަށް މި އަދަދު ދޭން ފާސްކޮށްފައިވަނީ ބުދަ ދުވަހުގެ ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި އެކުންފުނީގެ އަހަރީ އާންމު ޖަލްސާއިންނެވެ.

މި ޖަލްސާގައި އެކުންފުނީގެ 125 ހިއްސާދާރން ބައިވެރިވިއެވެ. ހިއްސާއަކަށް 3.04ރ. ބަހަން ފާސްވީ ހިއްސަދާރުންގެ 87.96 އިންސައްތަ ވޯޓާއެކުއެވެ. 2021 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި އެކުންފުނިން ބަހާފައިވަނީ 2.70ރ. އެވެ.

މީގެ އިތުރުން އެކުންފުނި އޮޑިޓު ކޮށްފައިވާ މާލީ ބަޔާންތައްވެސް ވަނީ ފާސްކޮށްފައެވެ. އަދި މިއަހަރުގެ އޮޑިޓަރުގެ ގޮތުގައި ޕްރައިޒް ވޯޓަރހައުސް ކޫޕަރސް ހަމަޖެއްސުމަށް ވަނީ ފާސްކޮށްފައެވެ. އެކުންފުންޏަށް 62،920 ޑޮލަރު ދިނުމަށް ފާސްކޮށްފައިވެއެވެ. މިދިޔަ އަހަރުވެސް އެކުންފުނި އޮޑިޓްކޮށްފައިވަނީ ޕްރައިޒް ވޯޓަރހައުސް ކޫޕަރސްއިންނެވެ.

އުރީދޫ މޯލްޑިވްސްގެ މިދިޔަ އަހަރުގެ ރިޕޯޓުތައް ދައްކާ ގޮތުގައި އަހަރު ނިމުނުއިރު އެ ކުންފުންޏަށް ވަނީ 500 މިލިއަނަށްވުރެ ބޮޑު ފައިދާއެއް ވެފައެވެ. އެގޮތުން ފުރަތަމަ ކުއާޓަރުގައި 148 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނުއިރު ދެވަނަ ކުއާޓަރުގައި 141 މިލިއަން ރުފިޔާ، ތިން ވަނަ ކުއާޓަރުގައި 127 މިލިއަން ރުފިޔާ އަދި ހަތަރުވަނަ ކުއާޓަރުގައި 143 މިލިއަން ރުފިޔާގެ ފައިދާއެއް އެ ކުންފުންޏަށް ވަނީ ލިބިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުރީދޫއިން ސެމްސަންގް ގެލެކްސީ އެސް 8 އާއި އެސް 8+ ވިއްކަންފަށައިފި

އުރީދޫއިން ސެމްސަންގް ގެލެކްސީ އެސް 8 އާއި އެސް 8+ ވިއްކަންފަށައިފި

22 މެއި 2017
އެމްޓީސީސީގެ ހިންގާ ޤަވާއިދަށް އިސްލާހުތަކެއް ހުށަހަޅައި ފާސްކޮށްފި

އެމްޓީސީސީގެ ހިންގާ ޤަވާއިދަށް އިސްލާހުތަކެއް ހުށަހަޅައި ފާސްކޮށްފި

18 މެއި 2017
ބީއެމްއެލުން ހިއްސާއަކަށް 20 ރުފިޔާ ބަހަން ނިންމައިފި

ބީއެމްއެލުން ހިއްސާއަކަށް 20 ރުފިޔާ ބަހަން ނިންމައިފި

28 އެޕްރީލު 2017
ހިއްސާ އަކަށް 51 ރުފިޔާ ބަހަން އެސްޓީއޯ ބޯޑުން ހުށަހަޅަނީ

ހިއްސާ އަކަށް 51 ރުފިޔާ ބަހަން އެސްޓީއޯ ބޯޑުން ހުށަހަޅަނީ

24 އެޕްރީލު 2017
ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ

ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ

20 އެޕްރީލު 2017

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު