Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފިނޭންސް މިނިސްޓްރީ

ހުޅުމާލޭގައި އިމާރާތް ކުރާ 400 ހައުސިންގ ޔުނިޓު ޑިޒައިންކޮށްދޭނެ ބަޔަކު ހޯދަނީ

މި މަޝްރޫއު ކުރިއަށް ގެންދާނީ ދިވެހި ސަރުކާރުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ އެހީގައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 8 މާރިޗު 2023 | ބުދަ 13:59
ހުޅުމާލެ ދެވަނަ ފިޔަވަހި

ހުޅުމާލެ ދެވަނަ ފިޔަވަހި

ހުޅުމާލޭގައި އިމާރާތްކުރާ 400 ހައުސިންގ ޔުނިޓް ޑިޒައިންކޮށް، ސުޕަވައިޒް ކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ހައުސިންގ ޔުނިޓުތަކުގެ މަޝްރޫއު ކުރިއަށް ގެންދާނީ ދިވެހި ސަރުކާރުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ އެހީގައި އެފޯޑަބަލް ހައުސިންގ ސްކީމް ޕްރޮޖެކްޓް ހިންގުމަށް ހަމަޖެހިފައިވާ ފައިސާއިންނެވެ.

Advertisement - newsAdvertisement

މި މަޝްރޫއުގެ ޑިޒައިން ކުރުމާއި ސުޕަވައިޒް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާން ކޮށްފައިވާއިރު ކޮންސަލްޓެންސީ ޚިދުމަތުގެ ތެރޭގައި، ޓެންޑަރ ޑޮކިއުމަންޓުތައް ތައްޔާރުކުރުމާއި އީއައިއޭ ރިޕޯޓް ތައްޔާރުކުރުމާއި ޑީޓެއިލްޑް ޑިޒައިން ރިވިއުކުރުމާއި ކޮންޓްރެކްޓަރގެ މަސައްކަތް ސުޕަރވައިޒް ކުރުން ހިމެނޭނެއެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ "ގައިޑްލައިން ފޯ ޔޫސް އޮފް ކޮންސަލްޓަންޓްސް" އާއި އެއްގޮތަށް ކުއަލިޓީ އެންޑް ކޯސްޓް ބޭސްޑް ސިލެކްޝަން (ކިއުސީބީއެސް) އުސޫލުންނެވެ. އެހެންކަމުން މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ފުރުސަތު އަންނަ އޭޕްރިލް މަހުގެ 26 ވަނަ ދުވަހުގެ ނިއަލަށްވަނީ ހުޅުވާލާފައެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ގާބިލުކަން ސާބިތުކޮށް ދޭންޖެހެއެވެ. އެގޮތުން މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ އާއި މަސައްކަތަށް ހުށައަޅާ ފަރާތްތަކަށް ލިބިފައިވާ ތައުލީމީ ފެންވަރު އަދި އެހެނިހެން މައުލޫމާތު ހުށަހަޅަން ޖެހޭނެ ކަމަށް ފިނޭންސުން ވަނީ ބުނެފައެވެ.

އެ މިނިސްޓްރީން ބުނީ މި މަޝްރޫއަށް ކުރިމަތިލަނީ ޖޮއިންޓް ވެންޗަރއެއްނަމަ، އެފަރާތެއް ހޮވިއްޖެނަމަ، އެ ޖޮއިންޓް ވެންޗަރގައި ހިމެނޭ ހުރިހާ ފަރާތްތަކުން ކޮންޓްރެކްޓުގައި ބަޔާންކުރާ އެންމެހާ ޒިންމާތައް އަދާކުރަންޖެހޭނެ ކަމަށެވެ.

ސަރުކާރުން މިހާރު ވެސް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހައުސިންގ ޔުނިޓުތައް ހެދުމުގެ މަސައްކަތްތައް ކުރިއަށް އެބަގެންދެއެވެ.

އިތުރަށް ކިޔާލަން

15 މާރިޗު 2017

އަންގާރަ ދުވަހު އެކަނި 400 ބަލިމީހުން، މުޅި ޖުމްލަ 1،000 ބަލިމީހުން ފްލޫ ކްލިނިކުން ފަރުވާހޯދާފައިވޭ!

15 މާރިޗު 2017
އަންގާރަ ދުވަހު އެކަނި 400 ބަލިމީހުން، މުޅި ޖުމްލަ 1،000 ބަލިމީހުން ފްލޫ ކްލިނިކުން ފަރުވާހޯދާފައިވޭ!
07 މާރިޗު 2017

ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން

07 މާރިޗު 2017
ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން
06 މާރިޗު 2017

ދޫނިދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި

06 މާރިޗު 2017
ދޫނިދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި
28 ފެބުރުއަރީ 2017

ހުޅުމާލޭގައި ރޯހައުސެއްގެ ބެލްކަނިން ކުޑަ ކުއްޖަކު ވެއްޓިއްޖެ

28 ފެބުރުއަރީ 2017
ހުޅުމާލޭގައި ރޯހައުސެއްގެ ބެލްކަނިން ކުޑަ ކުއްޖަކު ވެއްޓިއްޖެ
22 ފެބުރުއަރީ 2017

ބީއެމްއެލްގެ އިސްލާމިކް ބޭންކުން ގެދޮރު އިމާރާތް ކުރުމަށް ފައިނޭންސް ކޮށްދެނީ

22 ފެބުރުއަރީ 2017
ބީއެމްއެލްގެ އިސްލާމިކް ބޭންކުން ގެދޮރު އިމާރާތް ކުރުމަށް ފައިނޭންސް ކޮށްދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު