Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުސާރައިގެ އޮނިގަނޑަށް ބަދަލުގެނައުން

މަތީ ތައުލީމުގެ ދާއިރާގެ މުސާރައަށް ބަދަލު ގެނައުން - އަހަރަކު 62.5 މިލިއަން ރުފިޔާ ޚަރަދުވާނެ

މި އަހަރު އެކަނި ވެސް ދައުލަތުގެ ބަޖެޓުން އިތުރަށް 52.1 މިލިއަން ރުފިޔާ ހަރަދުވާނެ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 6 މާރިޗު 2023 | ހޯމަ 08:12
ފިނޭންސް މިނިސްޓަރު އަމީރު

ފިނޭންސް މިނިސްޓަރު އަމީރު

މަތީ ތައުލީމީ ދާއިރާ އާއި ތަމްރީނުގެ ދާއިރާގެ މަސައްކަތްތެރިންގެ މުސާރައަށް ގެނައި ބަދަލުތަކާއި އަހަރަކު 62.5 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ފިނޭންސް މިނިސްޓްރީ އިން ހާމަކޮށްފިއެވެ.

ރައީސް އޮފީހުގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ އެ ދާއިރާގެ މުސާރަ އަށް ގެނައި ބަދަލަކީ އެކަށީގެންވާ ފަދަ ރަނގަޅު ބަދަލެއް ކަމަށެވެ. އެގޮތުން ބަލާ އިރު މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާއެކު އެ ދާއިރާގެ މުވައްޒަފުންނަށް ލިބޭ މުސާރަ އަކީ ދުނިޔޭގެ ފެންވަރުގައި ބަލާއިރު ވެސް ވާދަވެރި މުސާރަ އެއް ކަމަށް އަމީރު ވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުތަކާއެކު މި އަހަރު އެކަނި ވެސް ދައުލަތުގެ ބަޖެޓުން އިތުރަށް 52.1 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. އެއީ މަހެއްގެ މައްޗަށް ބަލާ ނަމަ މަހަކު އިތުރަށް 5.2 މިލިއަން ރުފިޔާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މި މަހުން ފެށިގެން ލެކްޗަރާއިންގެ މުސާރަ ބޮޑުކުރަން ނިންމާފައިވާ އިރު ބަދަލު ގެންނަން ނިންމާފައި ވަނީ ދާއިމީ މުވައްޒަފުންގެ މުސާރައަށް ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ. މުސާރަ އަށް ކުރިއެރުން ލިބުނު ނިސްބަތަށް ބަލާ އިރު މުވައްޒަފުންނަށް ގާތްގަނޑަކަށް 59 އިންސައްތަ ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވެސް އަމީރު ވަނީ ވިދާޅުވެފދައެވެ. އެގޮތުން ގައުމީ ޔުނިވަރސިޓީގެ ލެކްޗަރާއަކަށް ލިބުނު 18880 ރުފިޔަގެ ބަދަލުގައި ކުރިއަށް އޮތްތަނުގައި 29900 ރުފިޔާ ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސީނިއަރ ލެކްޗަރާއަކަށް މިހާރު ލިބެނީ 20831 ރުފިޔާ ކަމަށާއި އަލަށް ގެނައި ބަދަލާއެކު ސީނިއަރ ލެކްޗަރާއަކަށް 34000 ލިބޭނެ ކަމަށް އަމީރު ވިދާޅުވިއެވެެ. މީގެ އިތުރުން އެސިސްޓެންޓް ޕޮރޮފެސަރެއްގެ މުސާރަ 23500 ރުފިޔާ އިން 39400 އަށް އިތުރުވެގެންދާނެ ކަމަށް ވެސް އަމީރު ވިދާޅުވިއެވެެ. ހަމައެހެންމެ އެސޯސިއޭޓް ޕްރޮފެސަރެއްގެ މުސާރަ 26000 ރުފިޔާ އިން 45000 ރުފިޔާ އަށް އިތުރުވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މި ބަދަލާއެކު ގައުމީ ޔުނިވަސިޓީގެ 625 މުވައްޒަފެފުން، އިސްލާމިކް ޔުނިވަސިޓީގެ 124 މުވައްޒަފުން އަދި ޕޮލިޓެކްނިކްގެ 18 މުވައްޒަފުންގެ މުސާރަ ބޮޑުވާނެއެވެ. އެއީ ޖުމުލަ 767 މުވައްޒަފެއްގެ މުސާރައެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު